އިންޑިޔާގެ މަހަރާޝްތުރާގެ ނާގަޕޫރުގައި އަންހެނަކު އޭނާގެ ހަތް މަހުގެ ފިރިިހެން ދަރިފުޅަށް އަނިޔާ ކުރާ ވީޑިއޯއެއް މީސް މީޑިޔާގައި ވަނީ އާއްމުވެފައެވެ.

މި ވީޑިއޯއަށް އެތައް ބައެއްގެ ފާޑުކިޔުންތައް ލިބިފައިވާ އިރު ފުލުހުން މިހާރު މިވަނީ މި ކުއްޖާ ސަލާމަތް ކޮށްފައެވެ. އަދި މި ކުއްޖާގެ މަންމަ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އަމްބަޒަރީ ޕޮލިސް ސްޓޭޝަންގެ އިންސްޕެކްޓަރ ނަރެންދުރަ ހިންވޭ މިދިޔަ މެއި މަަހުގެ 24 ވަނަ ދުވަހު ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ ނާގަޕޫރުގައި ކަމަށާއި އަދި ޗައިލްޑް ވެލްފެއަރ ޑިޕާޓްމަންޓުން މި މައްސަލަ އިތުރަށް ބަލައިދިނުމަށް އެދިފައިވާނެ ކަމަށެވެ.

މެއި 24 ވަނަ ދުވަހު މި ހާދިސާ ހިނގި ގޮތް ކިޔައިދެމުން އިންސްޕެކްޓަރ ބުނެފައިވަނީ އާއިލާގެ މީހުންނާއި އެކު އުޅުމުގެ ތެރޭގައި މި ހަތް މަހުގެ ކުއްޖާގެ މަންމަ ވަރަށް އިހާނެތިކޮށް އެ ކުއްޖާއަށް އަނިޔާ ކުރި ކަމަށެވެ. އަދި އެތަނުގައި ހާޒިރުވެ ހުރި އާއިލާގެ އެހެން މެމްބަރެއް މި މަންޒަރު ވީޑިއޯ ކުރުމަށް ފަހު އޭނާގެ ކޮންޓެކްޓް ލިސްޓުގައި ހުރި ގިނަ ބަޔަކަށް މި ވީޑިއޯ ފޮނުވާފައިވާ ކަމަށެވެ. އެއަށްފަހު މީސް މީޑިޔާ އުތުރި އަރަންފެށީ މި ވީޑިއޯއިންނެވެ.

މި ވީޑިއޯއާއި އެކު އެ ސަރަހައްދުގެ ބައެއް މީހުން ވަނީ މިކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ. އެހެންކަމުން އިންސްޕެކްޓަރ ނަރެންދުރައާއި އޭނާގެ ޓީމުން އެ ގެއަށް ގޮސް ވަނީ އެ ކުޑަ ކުއްޖާ ސަލާމަތް ކޮށްފައެވެ. އަދި އެ ކުއްޖާގެ މައިންބަފައިންވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާއި

    ކޮންކަހަލަ ބައެއް މިއީ؟ ދަރިން ނުބެލެންޔާ ނުހޯދާ! އެ ކުޑަކުޑަ މައުސޫމް ކުއްޖާ ގެ އެއްވެސް ކުށެއް ނެތް.... ފުރަތަމަ ތި ކަހަލަ މީހުން ޖެހޭނީ އިންސާނިއްޔަތު ދަސްކުރަން...

    22
    1