ޓެކްސީ އަކަށް އެރި މީހަކު، މުސްލިމުން ގިނަ ސަރަޙައްދަކަށް ދިއުމަށް އެދުމުން ގެންގޮސް ނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ. މިކަން ހިނގާފައިވަނީ އަވަށްޓެރި އިންޑިޔާގެ ވެރިކަން ކުރާ ދިއްލީގައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ދިއްލީގެ މުސްލިމުން ގިނަ ސަރަޙައްދެއްކަމަށްވާ ޖަމިއާ އަށް ދިއުމަށް ޓެކްސީ އަށް އަރާފައިވަނީ ނޫސްވެރިއެކެވެ. އަދި، އެނޫސްވެރިޔަކީވެސް މުސްލިމެއްކަމަށާއި އޭނާގެ ނަމަކީ އަސަދުކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

"އޮލާ" ނަމަކަށް ކިޔާ މޯބައިލް އެޕްލިކޭޝަން އެއްގެ ޒަރީއާއިން މި ޓެކްސީ ހޯދިކަމަށް އަސަދު ބުނާއިރު، އޭނާ ބޭނުންވިތަނަށް ނުގެންގޮސް ދިން މައްސަލަ، އޭނާވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

އަސަދު ބުނެފައިވާ ގޮތުގައި ޓެކްސީ ދުއްވަން އިން ޑްރައިވަރު ބުނެފައިވަނީ އެތަނަށް ނުދެވޭނެކަމަށާއި، އެއީ މީހުން ގޮސް އުޅެން "ހެޔޮވާވަރުގެ ތަނެއް ނޫން" ކަމުގައެވެ. އަދި، ގެންގޮސް ދޭން އެދުމުންވެސް އެކަމަށް އެއްބަސް ނުވިކަމަށާއި އަދި މަގު މެދަށް އޭނާ ބޭލިކަމަށްވެސް، މީސް މީޑިޔާ މެދުވެރިކޮށް އަސަދު ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ޓްވިޓަރ މެދުވެރިކޮށް އޮލާ ކުންފުނިން ވަނީ އަސަދަށް މަޢާފަށް އެދިފައެވެ. އަދި، އެ ޓެކްސީ ޑްރައިވަރު މަޤާމުން ވަކިކޮށްފައިވާކަމަށްވެސް ބައެއް ނޫސްތަކުން ބުނެފައިވެއެވެ.

މިފަދަ ކަންކަމަކީ އިންޑިޔާގައި އައު ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސިނެކް

    އަހަންނަށް އޮޅިގެން ރަސްލީ ސުޕާރީއެއް ކޮރޮޅި ޑުރައިވަރ އަށް ދިއްކޮލެވިގެން ހުރިޕޯރިއެއް ޕާކިސްތާނޯ ކިޔާފަ