ފުރާންސްގެ ޕެރިސްގައި ރޭލެއްގެ ތެރެއަށް ވިހޭ ކުއްޖަކަށް ހަދިޔާއެއްގެ ގޮތުން އެކުއްޖާ 25 އަހަރުވަންދެން އެރޭލެން ދަތުރު ކުރެވޭނެ ގޮތް ހަދައިފިއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ މިކުއްޖާ ވިހާފައިވަނީ ރޭލުގެ ތެރެއަށް ކަމަށާއި މިކުއްޖާގެ މަންމަ ބަނޑަށް ތަދުވާން ފެށުމުން އެމެޖެންސީގައި ރޭލް މަޑު ކުރެވިފައިވާ ކަމަށެވެ. އަދި ކައިރި ހިސާބެއްގައި ހަސްފަތާލެއް ނެތުމުން ރޭލު ތެރެއަށް ވިހުމަށް ނިންމީ ކަމަށެވެ.

ފުރެންޗް ކެޕިޓަލް ޓްރާންސްޕޯޓްއިން ބުނެފައިވަނީ މިކުއްޖާއަށް 25 އަހަރުވަންދެން އެކޮންޕެނީއިން އޮޕަރޭޓް ކުރާ ހުރިހާ ރޭލަކުން ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.

މިކުައްޖާ ވިހޭއިރު، އެހީތެރިންގެ ގޮތުގައި 15 ވަރަކަށް މީހުން ހަރަކާތްތެރިވިއިރު، ރޭލުގައި އެއްވެސް ޑޮކްޓަރެއް ނެތެވެ. އެހީތެރިންގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ ރޭލު އޮޕެރޭޓަރުންނާއި ރޭލު ސުޓޭޝަންގައި ތިބި މުވައްޒިފުންނެވެ.

މިކުއްޖާ ވިހޭ ވަގުުތު މުޅި ރޭލު ހުސްކޮށްލި އިރު، މިރޭލް ވޭ އިން ޚިދުމަތް ދެވެން ފެށުނީ ގާތްގަނޑަކަށް 45 މިނެޓްގެ މެދު ކެޑު މަކަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޫހހގ

    ????