ރެޕިންގެ ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ ޑެޝްވަން ރޮބާޓްސަން ނުވަތަ ރެޕިންގެ ދުނިޔޭގެ ނަމުން ނަމަ ލިލް ލޯޑެޑް އުމުރުން 20 އަހަރުގައި މަރުވެއްޖެއެވެ. ލިލް ލޯޑެޑްގެ މި މަރުގެ ހަގީގަތެއް އަދި ހާމައެެއް ނުވެއެވެ.

ލިލް ލޯޑެޑްގެ ވަކީލް އަޝްޚާން މެހްރްޔާރީ ބުނެފައިވަނީ ރޮބާޓްސަން އަމިއްލައަށް މަރުވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. ނަމަވެސް ރޮބާޓްސަންގެ މަރާ ގުޅޭ ގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް އަންގާފައެއް ނެތެވެ.

ޓެކްސަސްގެ ޑަލަސް ކައުންޓީގައި މަރުވި ލިލް ލޯޑެޑް ވަނީ މީގެ ހަފުތާއެއް ކުރިން އޭނާގެ މީސް މީޑިއާ އެކައުންޓުގައި އަސަރުގަދަ ޕޯސްޓްތަކެއް ހިއްސާކޮށްފައެވެ.

ރޮބާޓްސަންއަކީ އެންމެ ފުރިހަމަ މީހެއް ނޫން ކަމަށާއި އެކަމަށްޓަކައި މައާފަށް އެދިފައިވެއެވެ. އަދި ހެއްދެވި ފަރާތް ފަޚުރުވެރިވާ ފަދަ އުޅުމެއް އުޅެވިފައި ނެތް ކަމަށް ވެސް އޭނާގެ ޕޯސްޓެއްގައިވެއެވެ.

އެހެން ޕޯސްޓެއްގައި ބުނެފައިވަނީ ކުރެވިފައިވާ ހުރިހާ ކުށަކާއެކު ވެސް މި ދުނިޔެ ދޫކޮށް ދިޔުމަށް ތައްޔާރަށް ހުރި ކަމަށެވެ. އަދި އޭނާގެ ހިތާއި ފުރާނަ ވެސް އެކަމަށް އެދެމުންދާ ކަމަށް މި ޕޯސްޓުގައި އޭނާ ލިޔެފައިވެއެވެ.

ލިލް ލޯޑެޑް މަޝްހޫރުވެފައިވަނީ ބްލޮކް ބޭބީ ލަވައިންނެވެ. ޔޫޓިއުބުގައި 29 މިލިއަން ވިއުސް ހޯދައި އެމެރިކާގެ ރިކޯޑިން އިންޑަސްޓްރީ އެސޯސިއޭޝަން އިން ހުށަހަޅާ ރަންވަނަ އޭނާ ހާސިލުކޮށްފައިވެއެވެ. އެއަށްފަހު ލިލް ލޯޑެޑްގެ ''ގޭންގް ޔުނިޓް'' ވަނީ ޔޫޓިއުބުގައި 39 މިލިއަން ވިއުސް ހޯދާފައެވެ.

މައިކަލް ޖެކްޝަންގެ ލަވަތައް އަޑުއަހަމުން ބޮޑުވަމުން އައި ލިލް ލޯޑެޑް ލަވަކިޔުމަށް ޝައުގުވެރިވީ ލިލް ވޭނީއާއި ސުނޫޕް ޑޯގް އެންޑް ދަ ގޭމް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު