ކައިވެނި ކޮށްގެން އުޅޭ ބަައިވެރިޔާ އެހެން މީހަކާއި ކައިވެނި ކުރާ ތަން ފެނުމުން ވާނީ ކިހިނެއް ހެއްޔެވެ؟ ވަރަށް ވެސް ހިތަދަތި އަސަރެއް ކުރުވާނެއެވެ.

މިފަދަ ހިތްދަތި އަސަރުތަކެއް ޗައިނާގެ އިނާ މޮންގޯލިއާގެ ބަޔަންނުރުގެ އުމުރުން 35 އަހަރުގެ ފިރިހެނަކަށް ވެސް ތަހައްމަލު ކުރަން ޖެހިއްޖެއެވެ.

އުމުރުން 35 އަހަރު ފުރުމުން ކައިވެނި ކުރުމަށް އާއިލާއިން މަޖުބޫރު ކުރުމުން ކައިވެނި ކުރުމަށް އަންހެނަކު ހޯދައިދިނީ ކައިވެނި ކޮށްދޭ މީހެކެވެ. މިއީ ގަންސުއަށް ނިސްބަތްވާ އަންހެނެކެވެ.

ކައިވެނީގެ ކުރިން މި އަންހެން މީހާ ވަނީ ފިރިހެން މީހާގެ އަތުން 148،000 ޔުއާން އަތުލައިފައެެވެ. އަދި ޖެނުއަރީ މަހުގައި ކައިވެނި ކުރުމަށްފަހު އަމިއްލަ ގެޔަށް ދިޔުމަށް އެތައް އުޒުރެއް ދައްކާފައިވާ ކަމަށެވެ. އަންހެން މީހާގެ ގެއަށް ގޮސްފައިވަނީ ގޭގެ މީހުންގެ މަތިން ހަނދާންވާ ކަމަށް ބުނެފައެވެ.

އޭގެ މަސްތަކެއް ފަހުން މާރޗު މަހުގައި ފިރިހެން މީހާ މީސް މީޑިޔާ ބަލަމުން ދަނިކޮށް އޭނާގެ އަންހެނުންނާއި ވަރަށް ވައްތަރު މީހެއް އެހެން ފިރިހެނަކާއި ކައިވެނި ކުރާ ވީޑިއޯއެއް ފެނުމުން އެ ކައިވެނި ކުރި ތަނަށް ދިޔައެވެ. ދިޔުމުން އެނގުނީ އެއީ އޭނާގެ އަންހެނުން ކަމެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅައި ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި މި އަންހެން މީހާއަކީ ކައިވެނީގެ ނަމުގައި މީހުން އަތުން ފައިސާ ހޯދުމަށް މަސައްކަތް ކުރާ މީހެއް ކަމެވެ. މި އަންހެން މީހާ ވަނީ ދޮށީ އުމުރުގެ ފިރިހެނުންނާއި ބޮޑަށް އާބާދު ނުވާ އަވަށްތަކުގެ 19 ފިރިހެނަކާއި ކައިވެނިކޮށް 2 މިލިއަން ޔުއާން ހޯދާފައެވެ.

މި އަންހެން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބިލީސް

    ތިއަށްވުރެ ހިއްދަތި މަންޒަރު ރާއްޖޭގައި ފެނުމަކީ އާންމުކަމެއް. ކައިވެނި ކުރިތަންތާ ތިފެނުނީ އަދި.

    15
    1
  2. އަލީ

    ތިޔާއީ އަދިކުޑަކަމެއް ތީއަދި އެއްމެ ފިރިހ ހެނަކާއި އިންނަ ވީޑިއޯއެއްތާ! 3 ފިރި ހެނުންނާ އެއްފަ ހަރާ އިނދެގެންވެސްއުޅޭ އެމީ ހުންވީޑިއޯ ނުކުރާތީ ނުފެންނަނީތާ. ދޮށީ ފިރިވެސް އޯކޭ !!!!

    9
    1
    • ހޭބަލި

      އަންހެނުން ބައިވަރު ފިރިން އެއްފަހަރާ ގެންގުޅުނީމަ ކުރާނެ އަސަރު އެބަ އެނގޭތާ؟ ދެން ކޮބާ ފިރިން ތިންހަތަރު އަނބިން ގެންގުޅުނީމަވެސް ދޮށީއަބިންނަށް ކުރާނީ ކުރާނީ ކޮންއަސަރެއް އަދި އެއްބަޔަކު ރުހުނަސް ދީނުގައިއޮތެއް ކަމަކު.

      5
      2