އަޅުގަނޑުމެންގެ ތެއެރެއިން ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އަންހެންނަށް "އެންމެ" ކަމުދަނީ ލޫޅާފަތިކޮށް ތިބޭ ފިރިހެނުންނެވެ. ނަމަވެސް ފަހުގެ ހޯދުންތަކުން މިވާހަކަތައް ދޮގުކުރެއެވެ.

އެގޮތުން ޔޭލް ޔުނިވާސިޓީގެ ރިސާޗަރުންގެ ޓީމަކުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އަންހެނުންނަށް ޗަބީކޮށް ތިބޭ ފިރިހެނުން މާ ބޮޑަށްވެސް ކަމުދެއެވެ.

ސަބަބެއްކަމުގައި މި ޓީމުން ބުނެފައިވަނީ ޗަބީކޮށް ތިބުމުގެ ސަބަބުން ފިރިހެން މީހާގެ ހަރުދަނާކަން ދައްކުވައިދެއެވެެ. އަދި ޗަބީކޮށް ހުރުމުގެ ސަބަބުން މީހާގެ ފިރިހެންވަންތަކަމާއި ޒިންމާދާރުވެރިކަން ދައްކުވައިދޭކަމަށް އެ ޓީމުން ބުނެއެވެ. މި ކަންކަމުގެ ސަބަބުން  ޗަބީކޮށް ތިބޭ މީހުންނަށް އަންހެނުންގެ ސަމާލުކަން ހޯދަން ވަރަށް ވެސް ފަސޭހަ ކަމަށް އެ ޓީމުން ދެކެއެވެ.

މި ދިރާސާވެރީންގެ ޓީމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވި އެންތްރޮޕޮލިޖީ ޕްރޮފެސަރެއް ކަމަށްވާ ރިޗާޑް ބްރިބިސްކަން ބުނިގޮތުގައި، ފިރިހެނެއް އިހުތިޔާރު ކުރުމުގައި އަންހެނުން ބަލަނީ މައިގަނޑު ހަތަރު ކަމަކަށެވެ. އެއީ ރީތި ކަމާއި، ޒިންމާދާރުވެރިކަމާއި ފިރިހެންވަންތަ ކަމުގެ އިތުރުން ތަނަވަސް ކަމަށެވެ. ކަން މިހެން ހުރުމުގެ ސަބަބުން ޗަބީ ފިރިހެނުނަކީ އިސްވެ ދިޔަ ކަންކަމުގެ ތެެެރެއިން ގިނަ ކަންކަން ފުރިހަމަވާ ބައެއްްގެ ގޮތުގައި އަންހެނުން ދެކޭ ކަމަށް ވެސް ރިޗާޑް ވަނީ ބުނެފައެވެ.

މި ދިރާސާގެ ސައްހަކަން ސާބިތުކުރުމަށް މި ޓީމުން ވަނީ ދުނިޔޭގެ ހުރިހާ ބައްރުތަކުގެ ކޮންމެވެސް އެއް ގައުމަކަށް ޒިޔާތަށްކޮށް އެ ގައުމުތަކުގެ މީހުންގެ ދިރިއުޅުމުގެ އާދަތަށް ދެނެގަނެފައެވެ. އެގޮތުން ކައިވެނިކޮށްގެން އުޅޭ މީހުންގެ 60 އިންސައްތަ މީހުން ކައިވެނިކޮށްގެން އުޅެނީ ޗަބީކޮށް ތިބޭ ފިރިހެނުންނާކަން ދިރާސާގެ އަލީގައި ހާމަވެފައިވާ ކަމަށް ދިރާސާ ކުރިއަށްގެންދިޔަ ޓީމުން ބުނެފައިވެއެވެ.

ADS BY SHEESHA

 

9 ކޮމެންޓް

 1. ބުރުގާ އަޅައިގެން ބޮޑީ ޓައިޓް ހެދުންލައިގެން އުޅޭ އަންހެންކުދިންނަށް، ބޯދިގުކޮށްފަ، މުޅިގައިގަ މުދި އެލުވާފަ އަތުންފައިން މަސައްކަތެއް ނުކުރާ ފިރިހެން ބިޓެއްގެ ސައިކު ފަހަތަށް ނޫނީ އެރޭ ކަމަކަށް ނުވޭ! މި ހިސާބު ގަނޑުގެ ޤައުމެއްގަވެސް ނޫޅޭނެ މިފާޑަށް އުޅޭ ބަޔެއް!

 2. ޢަޖައިބު މީޜޭ ދަންވަރު އަހަރެން ކޮމެންޓު ކުރި ހަބަރެއް އަދި ކޮމެންޓު ޖަހާވެސްދިން 3 ކޮމެންޓު އޭރުވެސް އިން ..އަނެއްކާމިއޮތީ 4އަވާ ކުރިން ޕޯސްޓުކޮއްފަ 1 ކޮމެންޓު ....މީ ކޮންކަމެއްތަ ވަގުތު މޮޔަވީތަަ

 3. ރާއްޖޭގައި އުޅޭ އަންހެންކުދިން ބަލަނީ، ވަޒީފާ އަކަށް ނުގޮސް ބޯދިގުކޮށްގެން، ވީހާވެސް ހިކިތޮޅިކޮށް ތިބޭ ފިރިހެންކުދިންނަށް އެކަން މިރާއްޖޭން އެބަ ފެނޭ، ޒިންމާދާރު ރަނގަޅު ފިރިހެންކުދިން ތިބެނީ ލޯބީގައި ނާކާމިޔާބު ވެފައި

  • ތެދު ވާހަކައެއް މީ!

  • އާނ ފޫކޮޅުގަ ފަޓުލޫނު ހަރުނުލާ މުޅި ގައިގަ މުދި އެލުވާއިގެން ބަޯދިގުކޮށްގެން އުޅޭ ފިރިހެނެއްގެ ސައިކަލު ފަހަތަށް ނޫނީ މި ބޮޑީ ޓައިޓު އެއްޗެހި ލައިގެން ބުރުގާ އަޅައިގެން އުޅޭ އަންހެންވެރިން އެރޭ ކަމަކަށް ނުވޭ! ސަހަރޯ އޭ ހީވޭ!

  • 👍👍👍👍👍👍

 4. 😂😂😂😂😂😂😂😂😂😂

 5. މިކަހަލަ އަންހެނުން ވަގުފިރިންގެންގުޅޭ ޒުވާން ފިރިހެނުހޯދާ ދިރާސާ

 6. 😂😂😂😂