ބުރުގާ އެޅި އެންމެ ފުރަތަމަ ސުޕާ މޮޑެލްގެ ގޮތުގައި މަޝްހޫރުވި ހަލީމާ އޭޑެން ފެޝަން އިންޑަސްޓްރީއާއި ދުރަށް ދިޔުމަށް ފަހު އަނބުރާ އެ ދާއިރާއަށް ނުކުމެއްޖެއެވެ.

2016 ވަނަ އަހަރު ބޭއްވި އެެމެރިކާގެ "މިސް މިނެސޯޓާ" ގައި ބައިވެރިވި ފުރަތަމަ ބުރުގާ އަޅައިގެން ހުރި މޮޑެލްގެ ގޮތުގައި މަޝްހޫރުކަން ހޯދި ހަލީމާ ވަނީ ދީނީ ގަބޫލުކުރުންތަކަށް ހުރަސްއެޅޭ ކަމަށް ބުނެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މޮޑެލް ކުރުން ހުއްޓާލައިފައެވެ.

24 އަހަރުގެ ހަލީމާ އޭނާ ފެޝަން އިންޑަސްޓްރީއާާއި ދުރަށްދާން ނިންމި ސަބަބު ކިޔާދީފައިވަނީ އިންސްޓަގްރާމް މެދުވެރިކޮށެވެ.

ހަލީމާ މޮޑެލްކުރުން ހުއްޓާލައިފައިވަނީ އެދާއިރާއިން ކުރިޔަށް ދިޔުމުގެ ތެރެއިން އޭނާ އަކީ ކާކުކަން އަމިއްލަ ނަފްސައް ވެސް އޮޅުން ކަމަށެވެ. އަދި މޮޑެލްކޮށް ކާމިޔާބީ ހޯދަން ކުރި މަސައްކަތުގެ ތެރޭގައި ދުވަހަކުވެސް ނުކުރަން އަޒުމު ކަނޑައަޅައިގެން ހުރި ބައެއް ކަންކަން ކުރެވިފައިވާ ކަމަށާއި، އެދާއިރާއިން އިތުރަށް ކުރިއަށްދާން ވެއްޖެނަމަ ބުރުގާ ނަގާ ހިސާބަށް ގޮސްދާނެ ކަމުގެ ބިރު އޮތުމުން ދާއިރާ ދޫކޮށްލަނީ ކަމަށް ހަލީމާ ބުނެފައިވެއެވެ.

ނަމަވެސް، މިދިޔަ ހަފްތާގައި 1.3 މިލިއަން ފޮލޯވާސް އޮންނަ އޭނާގެ އިންސްޓަގްރާމް އެކައުންޓުން ހަލީމާއަށް އެންމެ ކަމުދާ ޑިޒައިނަރު، ޓޮމް ހިފްލިގާއާއި އެއްކޮށް ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާ ކުރުމުން ހަލީމާ އެނބުރި ފެޝަން އިންޑަސްޓްރީއަށް އައީކަމަށް ފޭނުން ބުނަން ފަށައިފިއެވެ.

މަގްބޫލު ކަން ހާސިލްކޮށްފައިވާ ހަލީމާ އަނެއްކާ ވެސް މޮޑެލިންގް ދާއިރާއިން ކުރިޔަށްދާން ފަށަނީ ކަމަށް ބުނާ އަޑުތައް ގަދަވެފައިވަނީ މަޝްހޫރު ޑިޒަައިނަރު ޓޮމް ހިފްލިގާއާއި އެކު ނަގާފައިވާ ފޮޓޯ ހިއްސާކުރުމުންނެވެ. އެ ފޮޓޯގެ ކެޕްޝަންގައި ލިއެފައިވަނީ އެންމެ ކަމުދާ ޑިޒައިނަރާއި އެކު ވަރަށް ހާއްސަ ޕްރޮޖެކްޓެއްގެ ޝޫޓު ކުރަމުން އަންނަ ކަމަށެވެ.

މި ޕޯސްޓާއި އެކު ގިނަ ބަޔަކު އަންނަނީ ހަލީމާ އެނބުރި ފެޝަން އިންޑަސްޓްރީއަށް އަންނާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެ، ތަރުހީބުދީ މަރުހަބާ ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަލީމާ ދައިތަގެ ބޯ

    ހެޔޮ ވިސްނުން ދެއްވާށި އާމީން

    17
    2
  2. ރަނަވޭ

    އަލްހަމްދްﷲ ވ.އުފާވެއްޖެ ހަލީމާ އެނބުރި އައީމަ.

    9
    17
  3. ސަކީ

    ދިވެހި މޮޑެލުން ކީއްވެބާ ބުރުގާ ނާޅަނީ.