ފުރަބަންދުގެ ވަގުތު ގޭގައި ތިބެން ޖެހުމުން އެތައް ބައެއްގެ ދިރިއުޅުމަށް ދަތިކަން އަތުވެއްޖެ އެވެ. އެތައް ބަޔަކު ގޭގައި ތިބެން ޖެހުމުން އުޅޭނީ ވަރަށް ދަތިހާލުގައެވެ. އެހެން ނަމަވެސް ކޮވިޑް-19އިން އަރައިގަތުމަށް ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުން ކުރާ މޮޅު އުކުޅަކީ މިއީއެވެ. މީހުން ގޭގައި ބަންދު ކުރުމެވެ. ބޭރަށް ނުނެރި ގޭގައި ތިބުމެވެ.

އެކަމަކު މިފަދަ ވަގުތުތަކުގައި ވެސް ބޭރަށް ނުކުމެ އުޅޭ މީހުން އުޅެ އެވެ. މިއީ ވެސް އެގޮތަށް ބޭރަށް ނުކުތް މީހެކެވެ. ބަހަނާ ދައްކާފައެވެ.

އިންޑިއާގެ ކަރަނަޓަކާގެ ގަޑަގް ޑިސްޓްރިކްޓަށް ނިސްބަތްވާ މި މީހާ ފުރަބަންދު ވަގުތުގައި ބޭރަށް ނުކުތީ އޭނާ ގެންގުޅޭ ހާ ޑޮކްޓަރަށް ދެއްކުމަށް ބުނެއެވެ. އޭނާ ބުނެފައިވާގޮތުން އޭނާ ހާ ޑޮކްޓަރަށް ދައްކަން ދަނީ، ހާ ބޮޑުކަމުނުދެވިގެން އުޅޭތީއެވެ. އޭނާ ވަނީ އެކަމާއި ގުޅުގެން މީހަކާއި ޒުވާބު ވެސް ކޮށްފައެވެ. އަދި އެ ހާ ޑޮކްޓަރަށް ދައްކަން ގެންދަން ޖެހޭ ކަމަށް ބުނެފައެވެ.

އެހެން ނަމަވެސް ފުލުހުންނަށް އޭނާ ދެއްކި ބަހަނާއަކީ ރަނގަޅު ބަހަނާއަކަށް ނުވިއެވެ. އޭނާ ޖެހުނީ ދާން ބޭނުންވާ ތަނަށް ނުގޮސް އަނބުރާ ގެއަށް ދާށެވެ.

އޭނާގެ މި ބަހަނާ އެތައް ބަޔަކަށް މަޖާ ވިއެވެ. އެއްބަޔަކު ބުނީ، އިންސާނުންހެން އެފަދަ ޖަނަވާރުންނަށް ވެސް މިފަދަ މައްސަލަތައް ދިމާވާނެ ކަމަށެވެ. އަދި އޭނާއަށް ޑޮކްޓަރަށް ދައްކަން ދާން ފުރުސަތު ދޭން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަދީފް

    ހެހެހެހެހެ 🤣🤣🤣 ކޮހުންގެ ގައުމު.

    10
    1
  2. Anonymous

    ހާލަށް ކުޑަކަމު ދެވޭތޯ އެހިނަމަ ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ

    10
  3. ޝިޔާމް

    އެއީ ހާލެއްތަ؟ ފެންނަ ފެނުމަށް ކުކުޅެއްހެން ހީވަނީ.