ބޮލީވުޑުގެ ދެ ފަންނާނުން ކަމުގައިވާ ޓައިގާ ޝްރޯ ފްއާއި އޭނާގެ ލޯބިވެރިޔާގެ ގޮތުގައި އަޑު އަރާފައިވާ ބަތަލާ ދިޝާ ޕަޓާނީ، ކޮވިޑް 19 ގެ އާ އާއްމު އުސޫލުތަކާއި ހިލާފަށް މުމްބާއީގައި ކާރު ދުއްވާލުމަށް ނިކުމެ އުޅެނިކޮށް ފުލުހުން އެމީހުންގެ ކާރު ހުއްޓުވައިފިއެވެ.

މުމްބާއީ ފުލުހުންގެ ޓުވިޓާ އެކައުންޓުގައި މި ވާހަކަ ހިއްސާކޮށްފައިވަނީ ވަރަށް ތަފާތު ގޮތަކަށެވެ. ދެ ފަންނާނުންގެ ނަން ބޭނުން ނުކޮށް އެ ކަން ހިނގިކަމަށް ބުނެދީފައިވަނީ ދެ ފަންނާނުންގެ ފިލުމު ނަންތަކުންނެވެ.

''ވައިރަހާއި ދެކޮޅަށް ކުރިއަށްދާ މި ''ވަރ'' ގައި ބެންޑްރާގެ މަގުތަކުގައި ''މަލަންގް'' ކުރަމުން ދިޔަ ދެ ފަންނާނެއް ސެކްޝަން 188، 34 ގެ ދަށުން ބެންޑްރާ ޕޮލިސް ސްޓޭޝަނުން ކުށްވެރި ކުރަން. މުމްބާއީގެ ހުރިހާ ފަރާތްތަކަށް ވެސް ބޭކާރު ގޮތުގައި މަގުމަތީގައި ހީރޯޕަންތީ ނުދެއްކުމަށް އިލްތިމާސް ކުރަން. އެއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި'' މުމްބާއީ ޕޮލިސްގެ ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓުވީޓުގައިވެއެވެ.

މިދިޔަ ބުދަ ދުވަހު ޓައިގާ އާއި ދިޝާ މެންދުރު ފަހު ޖިމް ނިންމާލުމަށް ފަހު ދެ މީހުން ދަތުރު ކުރަމުން ދިޔަ ކާރު އެއް މަގަކުން ދެވަ ނަ ފަހަރަށް ދިޔުމުން ފުލުހުން ވަނީ އެމީހުންގެ ކާރު ހުއްޓުވައިފައެވެ. އަދި އައިޑީ ކާޑު ބެލުމަށް ފަހު ބަލަންޖެހޭ ކަންތައްތައް ބަލާފައި އެމީހުން ދޫކޮށްލިއެވެ.

މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި މިއީ ޖޫރިމަނާ ދައްކައިގެން ނިންމާލެވޭ ވަރުގެ މައްސަލައެއް ކަމަށް މުމްބާއީ ފުލުހުންގެ ފަރާތުން ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު