ގޭގައި ކުރާނެ ކަމެއް ނެތިފައި ތިބި ޒަމާން ނިމުމަކަށް އައިސް، އިންޓަނެޓުގެ ޒަރިއްޔާ އިން ފިލްމުތައް ބެލުމުގެ ފުރުސަތު މިހާރު މިއޮތީ ފަހިވެފައެވެ. އެގޮތުން ނެޓްފްލިކްސް އަކީ ފިލްމު ބެލުމަށް ދިވެހިންގެ ތެރޭގައި ވެސް އެންމެ މަޝްހޫރު އެއް އެޕްލިކޭޝަން އޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ރާއްޖޭގެ ކޮންމެ ހިސާބަކަށް ބެލިޔަސް ކުދި ބޮޑު އެންމެންނާ ގުޅޭ އެތައް ފިލްމަކާއި ސީރީސްއެއް ނެޓްފްލިކްސް އިން ގެނެސްދެއެވެ.

މި ބަލާލަނީ މިހާރު ނެޓްފްލިކްސް އިން ދިވެހިންނަށް އެންމެ ކަމުދާ ދިހަ ފިލްމަށެވެ.

10 ވަނަ

އޯފެން: މިއީ ދެ ގަޑިއިރުގެ އިނގިރޭސި ބިރުވެރި ފިލްމެކެވެ. މިއީ ދެ ގަޑިއިރުގެ އިނގިރޭސި ބިރުވެރި ފިލްމެކެވެ. މި ފިލްމުގައި ފެނިގެންދަނީ މައިންބަފައިން މަރުވެފައި ހުންނަ ކުޑަ ކުއްޖަކު ގެއަކަށް ގެންގޮސް އުޅުމުގެ ތެރޭގައި އެކުއްޖާގެ ފަރާތުން އެ އާއިލާ އާއި ކުރިމަތިލާންޖެހޭ ބިރުވެރި އަދި އާދަޔާހިލާފު ކަންތައްތަކެވެ.

9 ވަނަ

ފިފްޓީ ޝޭޑްސް އޮފް ގްރެއި: މި ފިލްމަކީ 2015 ވަނަ އަހަރު ނެރުނު ދެ ގަޑިއިރާއި ފަސް މިނެޓުގެ ދިގު ފިލްމެކެވެ. މި ފިލްމުގައި ފެނިގެންދަނީ މުއްސަނދި މަހުޖަނަކާއި ކޮލެޖް އަންހެން ކުއްޖަކު ލޯބީގެ ގޮތުން ގުޅި އަންހެން ކުއްޖާގެ ހަޔާތަށް އަންނަ ބަދަލުތަކުގެ ވާހަކައެވެ.

8 ވަނަ

ސަރްދާރްކާ ގްރޭންޑްސަން: މި ފިލްމަކީ މި އަހަރު ނުކުތް ދެ ގަޑިއިރާއި 19 މިނެޓުގެ ދިގު ފިލްމެކެވެ. މި ފިލްމުގައި ފެނިގެންދަނީ ފިރިހެނަކު އޭނާގެ މާމަ އިންޑިއާއަށް ބަދަލުވާން ބޭނުންވާތީ މާމައަށްޓަކައި ކޮށްދޭ ކަންކަން މަޖާ ކަންކަމަށް ވާ މަންޒަރެވެ. މިއީ އާއިލާ އާ އެކު ބަލަންވެސް ރަނގަޅު ފިލްމެކެވެ.

7 ވަނަ

ބްލޫ މިރަކަލް: މި ފިލްމަކީ މި އަހަރު ނެރެފައިވާ އެއްގަޑިއިރާއި 36 މިނެޓުގެ ދިގު ފިލްމެކެވެ. މި ފިލްމުގައި ފެނިގެންދަނީ އޯފެނޭޖްއެއްގައި ހުންނަ ކުއްޖަކާއި ފިރިހެނަކާއި ގުޅިގެން މަސްރޭހެއްގައި ބައިވެރިވެ އޯފެނޭޖް އަށް ދިމާވެފައިވާ ލާރީގެ ދަތިކަމުން ސަލާމަތްވާން މަސައްކަތް ކުރާ މަންޒަރެވެ. މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ފިލްމެކެވެ.

6 ވަނަ

މައި ހީރޯ އެކެޑޭމިޔާ: މިއީ މި އަހަރު ނެރެފައިވާ ފަސް ސީޒަން ހިމެނޭ ޖަޕަނީސް އެނިމޭ ސީރީސްއެކެވެ. މި ސީރީސް އަކީ އެނިމޭ ބަލާހިތްވާ ފަރާތްތަކަށް ވަރަށް ކަމުދާނެ ސީރީސްއަކަށް ވާނެއެވެ.

5 ވަނަ

ވިންސެންޒޯ: މިއީ މިއަހަރު ނެރެފައިވާ ސީރީސްއެކެވެ. މި ސީރީސްގައި މިހާތަނަށް ނެރެފައިވަނީ އެންމެ ސީޒަނެކެވެ. މިއީ ކޮރިއަން ޑްރާމާ ސީރީސް އެކެވެ.

4 ވަނަ

ރަގްނަރޮކް: މިއީ މިއަހަރު ނެރެފައިވާ ދެ ސީޒަން ހިމެނޭ ސީރީސްއެކެވެ. މި ސީރީސް އަކީ ފެންޓަސީ ޓީވީ ޝޯއެކެވެ.

3 ވަނަ

އާމީ އޮފް ދަ ޑެޑް: މިއީ މި އަހަރު ނެރެފައިވާ ދެ ގަޑިއިރާއި 28 މިނެޓުގެ ދިގު ފިލްމެކެވެ. މި ފިލްމުގައި ފެނިގެންދަނީ އެމެރިކާގެ ލޮސް އެންޖެލިސް އަށް ޒޯންބީސް އަރައި އެންމެން ޒޯންބީސްއަށް ބަދަލުކޮށް އެ ސިޓީ ހަލާކުކޮށްލާފައިވާ މަންޒަރެވެ. އަދި އެ ސިޓީގައި ހުރި ކަސީނޯ އަކުން ގިނަ ޢަދަދެއްގެ ފައިސާ ނެގުމަށް ބަޔަކު ހިންގާ މިޝަންއެއްވެސް ފެނިގެންދެއެވެ.

2 ވަނަ

ފްރެންޑްސް: މިއީ 2003 ވަނަ އަހަރު ނެރެފައިވާ ސީރީސްއެކެވެ. މި ސީރީސްގެ ދިހަ ސީޒަން މިހާތަނަށް ނެރެފައިވާއިރު މިއީ ދުނިޔޭގައިވެސް އަދި ރާއްޖޭގައިވެސް އެންމެ މަގުބޫލު އެއް ސީރީސްއެވެ.

މި ލިސްޓުގެ އެއްވަނައިގައި އޮތީ މަޝްހޫރު ސީރީސްއެއް ކަމަށްވާ ލޫސިފާއެވެ. މިހާތަނަށް މި ސީރީސްގެ ފަސް ސީޒަ ން ނެޓްފްލިކްސް އިން ވަނީ ގެނެސްދީފައެވެ. މި ސީރީސްގައި އެންމެ ގިނަ އެޕިސޯޑް ހިމެނިފައި ވަނީ ސީޒަން ތިނެއްގައެވެ. އެގޮތުން އެ ސީޒަންގައި 26 އެޕިސޯޑް ހިމެނެއެވެ.