ދުނިޔޭގެ އެންމެ އަގުބޮޑު މަތިންދާބޯޓު ޓިކެޓްގެ އަގަކީ ކޮބަކަން އެނގެން ބޭނުންވާ މީހުންވެސް އުޅޭނެކަން ޔަގީނެވެ. ދަތުރުކުރާހިތްވާ އަދި އާ ތަޖުރިބާއެއް ކޮށްލަން ބޭނުންވާ ފަރާތްތަކަށް މިއީ ފައިދާހުރި މައުލޫމާތަކަށް ވާނެކަން ޔަގީނެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު މަތިންދާބޯޓު ޓިކެޓް ވިއްކަނީ އިއްތިހާދް އެއާލައިނުންނެވެ. މި ޓިކެޓުގެ އަގު އުޅެނީ އެއްލައްކަ ރުފިޔާއިން މަތީގައި އެވެ. ދުނިޔޭގެ ވައިގެ އުދުހުމެއްގައި ލިބޭނެ އެންމެ ފުރިހަމަ ހިދުމަތެއް މި އެއާލައިނުން ދަތުރުކޮށްގެން ލިބޭއިރު މި ބަލާލަނީ މި ޓިކެޓް ބޭނުންކޮށްގެން ދަތުރުކޮށްގެން ލިބޭނެ ހިދުމަތްތަކަށެވެ.

އަގުބޮޑު ޓިކެޓެއް ގަތުމުން ހިދުމަތްތައްވެސް ވަރަށް ފުރިހަމަވާންޖެހޭނެ ކަން ޔަގީނެވެ. އަދި އެއީ އެހެން ޓިކެޓެއް ގަތުމުން ނުލިބޭނޭ ފެންވަރުގެ ފުރިހަމަ އަދި ހަނދާނުން ނުފިލާނޭ ހިދުމަތަކަށް ވާންޖެހޭނޭކަން ގިނަބަޔަކު ގަބޫލު ކުރާނެ އެވެ.

އިއްތިހާދުގެ މި ޓިކެޓް ގަނެގެން ދަތުރުކުރާ ފަރާތްތަކަށް ނިދުމާއި މަތިންދާ ބޯޓުތެރޭގައި ހުރުން ވަރަށް ތަފާތުވެފައި ފުރިހަމަ ވާނެ އެވެ. އެގޮތުން މި ޓިކެޓް ނަގައިގެން ދަތުރުކުރާއިރު، 123 އަކަ ފޫޓުގެ ތިން ކޮޓަރީގެ ރެސިޑެންސް އެއް ލިބޭއިރު މި ތަނުގައި ބޭނުންކުރަން ހުންނާނީ ލަކްސަރީ ފެންވަރުގެ ފަރުނީޗަރެވެ.

ލެދަރު ސޯފާ އާއި ހާއްސަ ބަޓްލަރ އެއް އަދި މުނިފޫހިފިލުވުމަށް ބޮޑު ސްކްރީނެއްގެ ޓީވީއެއް ހުންނާނެ އެވެ. ހަތަރުގަޑިއިރުގެ ކެއުން ފްލައިޓުން ލިބޭއިރު ފްލައިޓް ފުރުމުން ކެޕްޓަންގެ ފަރާތުން ހާއްސަ ސިޓީއެއްވެސް ލިބެ އެވެ.

މި ފްލައިޓަށް ޓިކެޓް ނަގާ ފަރާތްތަކުން ޗެކިން ކުރެވޭނީ ވަކި ހާއްސަ ތަނަކުންނެވެ. އަދި ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބޭއިރު އެކި ކަންކަމުގެ އެހީތެރިވުމަށް ހާއްސަ މީހަކުވެސް ހުންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޮލް

    ދެއަ އާ ބެޓާ ވަނސް

    6
    2
  2. ސާމާނުބެ

    އެއްލައްކަ ރުފިޔާއިންމަތީގަ އެއީ ރާއްޖޭން ލަންކާއަށް ދާއިރުވެސް ނަގާވަރުތަ؟ ޢަދި ސިންގަޕޯއިން ނިއުޔޯކަށްވެސް ހަމަ އެވަރުތަ؟

    15