ކެނެޑާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެސްޔޫވީ އަކާއި ސައިކަލެއް ޖެހި ސައިކަލް ދުއްވަން އިން މީހާ އަށް ނުރައްކާތެރި ޒަހަމްތަކެއް ލިބުނު ނަމަވެސް އެސްޔޫވީ ދުއްވަން އިން މީހާ މަޑުވެސް ކޮށްނުލާ ހިނގައްޖެއެވެ.

މިހާރު އާންމުވެފައިވާ ވީޑިއޯ އަކުން ފެންނަނީ އެސްޔޫވީ ދުއްވަމުން ދިޔަ ލޭންގައި ޓްރެފިކް ބާރުބޮޑުވުމުން ކުއްލިއަކަށް ކައިރީގައި އޮތް ލޭނަށް ބަދަލުވާ މަންޒަރެވެ. އެވަގުތު އެލޭނުން ދުއްވާފައި އައި ސައިކަލެއް އެސްޔޫވީގައި ޖެހި އެކްސިޑެންޓްވެއެވެ.

https://www.youtube.com/watch?v=6hRCuq9ak8g

ސައިކަލް ދުއްވަން އިނީ އަންހެކެވެ. ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އަންހެން މީހާ މިހާރު ވަނީ މަރުވެފައެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގި އިރު އެސްޔޫވީގައި ޑްރައިވަރާއި އިތުރު މީހަކު ވެސް އިން ކަމަށެވެ.

މިހާރު ފުލުހުން ވަނީ އެދެމީހުން ވެސް ހޯދާފައެވެ. އަދި ޑްރައިވަރު ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީީ ނުރައްކާތެރިކޮށް ދުއްވި މައްސަލައިގައި ޑްރައިވަރުގެ މައްޗަށް ދައުވާ އުފުލަން ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާސިމު

    ސައިކަލް ކޮންޓްރޯލް ނުވެގެން އެސްޔޫވީގައި ޖެހުނީ. އެސްޔޫވީ ދުއްވަން އިންމީހާއަށް ކުރެވޭނެ ކަމެއް ނެތް.

  2. ހަމަދު ބިން ހަލީފާ

    ރާއްޖޭގެވެސް ހާލަތު