އުޖާލާ މޫނަކަށް ބުމަ މުހިއްމު ރޯލެއް އަދާކުރާއިރު ބުމައިން އިސްތަށި ފައިބާ ބުމަ ތުނި ވުމަކީ މީހާގެ ރީތިކަން ގެއްލޭ ކަމެކެވެ. ބުމައިން އިސްތަށި ފައިބަން ދިމާވާ ސިއްހީ މައްސަލަތައް ހުންނައިރު އެއީ އަމިއްލައަށް ކުރެވޭ ކަންތައްތަކުގެ ސަބަބުން ވެސް ދިމާވާ ކަމެކެވެ.

ކަންކަމާ ވިސްނާ ހާސްވުމަކީ ބުމައިން އިސްތަށި ފޭބުމަށް ދިމާވާ ސަބަބެކެވެ. ކަންކަމާ ވިސްނުމަކީ ބޮލުންވެސް އިސްތަށި ފައިބާ ކަމެކެވެ. އަދި އެކަމުން ސަލާމަތްވުމުގެ ގޮތުން ހިތްހަމަ ޖައްސާލަން ކަސްރަތުކުރުމަކީ އެދެވިގެންވާ ކަމަކެވެ. އެގޮތުން ޔޯގާ ކުރުން، ކަސްރަތުކުރުން، ލަވަ އަޑުއެހުން ނުވަތަ ސްޕާގައި ހޭދަކުރުމަކީ ވިސްނުންތަކުން ދުރުކޮށްދޭ ކަންކަމެވެ.

ރީތި ހަށިގަނޑެއް ލިބުމަށްޓަކައި މަސައްކަތްތަކެއް ކުރެވެންޖެހެއެވެ. އެއީ ހަފްތާއަކުން ކުރެވޭނެ ކަމެއް ނޫނެވެ. ބަރުދަން އިތުރު ނަމަ އަވަހަށް ބަރުދަން ލުއިކުރުމަށް ފާޑު ފާޑުގެ ޑައިޓްތައް ކުރެއެވެ. އޭގެ ތެރޭގައި ހަފްތާއަކުން ނުވަތަ 10 ދުވަހުން 5 ކިލޯ ހިއްކާލާފަދަ ޑައިޓްތައް ހުންނައިރު އެފަދަ ޑައިޓްތަކަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މީހާ ކުރީގެ ބަރުދަނަށް ބަދަލުކޮށްލޭ އެއްޗެއްސެވެ. އަދި އެއީ ހަށިގަނޑަށް ގެއްލުންހުރި ޑައިޓްތަކަށްވާއިރު ކެއުމަށް ގެނެވޭ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ބުމައިން އިސްތަށި ފައިބަން މަގުފަހިވެއެވެ.

ހަމަށް ޖެހޭ އިންފެކްޝަން އެއްގެ ސަބަބުން ބުމައިން އިސްތަށި ފައިބަން މަގުފަހިވެއެވެ. އެންމެ އާންމުކޮށް ޖެހޭ އިންފެކްޝަންގެ ތެރޭގައި ހިމެނެނީ ފަންގަސް އިންފެކްޝަނެއެވެ. އަދި ބުމައިން އިސްތަށި ފައިބަން ދިމާވަނީ އިންފެކްޝަންގެ އަސަރު މޫނަށް ކުރަން ފެށުމުންނެވެ. އެހެންކަމުން އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ނަމާދު ކޮށް ގުރުއާން ކިޔެވުމުމްން އެންމެ ފަސޭހައުިން ފުިކުރާ ދުރުވާނީ..

  2. ކަނބުލޮ

    ޤުރުއާން ކިޔެވުމުގެ ވާހަކަ ނުބުނީ ކީއްވެގެންބާ!