އިންޑިއާގައި މަޝްހޫރު ކަމެއް ހޯދަމުން އަންނަ ތަރި އަޔުޝްމަން ޚުރަންނާއާއެކު ޑްރީމްގާލް އިން ފެނިގެންދިޔަ ކޯ ސްޓަރ ރިންކޫ ސިންގް ނިކުމްބް ކޮވިޑް-19 ބަލީގައި މަރުވެއްޖެއެެވެ.

ރިންކޫ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ހެލޯ ޗާލީންނެވެ. އޭނާއާއެކެ ހެލޯ ޗާލީން އާދަރް ޖައިން އާއި ޖެކީ ޝްރޮފްވެސް ފެނިގެން ގޮސްފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ރިންކޫ އަށް ކޮވިޑް ޖެހި އޭނާ އޮތީ ފަހުން އައިސީޔޫގައެވެ. އެކަން އޭނާގެ އާއިލާ މީހެއް ކަމަށްވާ ޗަންދާ މީޑިއާ ތަކަށް މައުލޫމާތުދެމުން ބުނެފައި ވެއެވެ.

އޭނާ ބުނެފައިވާގޮތުގައި، ރިންކޫ ކޮވީޑަށް ފައްސިވެފައި ވަނީ މެއި 25 ވަނަ ދުވަހު އެވެ. ދެން ފަހުން އޭނާ ހުރީ ގޭގައި އެކަހެރިވެގެންނެވެ. އޭނާ ގޭގައި ހުއްޓާ ސިއްހީ މައްސަލަތަކެއް ދިމާވެގެން އޭނާ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫއަށް ލިއެވެ.

ރިންކޫ ހުރީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒްވެސް ޖަހާފައެވެ.

ޗަންދާ ބުނެފައިވާގޮތުގައި، ރިންކޫ ހުރީ ޝޫޓިންގއަކަށް ގޯއާ އަށް ދިއުމަށްވެސް ވިސްނައިގެންނެވެ. އެހެން ނަމަވެސް ކޮވިޑާއި ގުޅިގެން މައިންބަފައިންގެ އެދުމުގެ މަތިން އޭނާ މަޑުކުރީއެވެ.

އެ ފިލްމްތަކުގެ އިތުރުން، ރިންކޫ ވަނީ މަޝްހޫރު ސީރީސްތަކުންވެސް ފެނިގެން ގޮސްފައެވެ. އޭގެ ތެރޭގައި ޗިޑިޔަގަރް އާއި ހާނިކަރަކް ބިވީ ހިމެނެއެވެ.

އިންޑިއާކީ ކޮވިޑްގެ ނުރައްކާބޮޑު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. އެ ގައުމުގައި ކޮވިޑްގައި އެތައް ބަޔަކު މިހާރުވެެސް ވަނީ މަރުވެފައެވެ،

ކިޔުންތެރިންގެ ހިޔާލު