ލޯތްބައްޓަކައި ބައެއް މީހުންނަކީ ކޮންމެ ފަދަ ކަމެއް ކޮށްލާނެ ބައެކެވެ. އެފަދަ ކަމެއް އެމީހުން ނުކުރާނެއެކޭ އެއްވެސް މީހަކަށް ނުބުނެވޭނެއެވެ. ސަބަބަކީ ލޯތްބަކީ އެހާވެސް ބާރުގަދަ އެއްޗަކަށް ވާތިއެވެ. ލޯބި ވެގެން މޮޔަ ކަންތައް ކުރާ މީހުން ވެސް ތިބޭކަން ފާހަގަވެއެވެ. އެގޮތުން މިއީ ރައްޓެހިވެގެން އުޅޭ ކުއްޖާއާއި ބައްދަލު ކުރުމަށް މޮޅު ގޮތެއް ހަދައިގެން ދިޔަ މީހަކަށް ލިބުނު ލަނޑެއްގެ ވާހަކައެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ދިރިއުޅެމުން އަންނަ މި ފިރިހެން ކުއްޖާއަކީ އޭނާގެ ލޯބިވެރިޔާ ދެކެ އިންތިހާއަށް ލޯބިވާ އެކުއްޖާ ދެކެ މޮޔަވެފައިވާ މީހެކޭ ބުނެވިދާނެއެވެ. ސަބަބަކީ އެކުއްޖާ އާއި ބައްދަލު ކުރުމަށް އޭނާ މޮޔަ ކަމެއް ކޮށްފައިވާތިއެވެ.

ފުރަބަންދުގެ ސަބަބުން ލޯބިވެރިޔާއާއި ބައްދަލު ނުވެ ގިނަ ދުވަސްވުމުން އޭނާ ގަސްތު ކުރީ ކައިވެނި ޕާޓީތަކުގައި އަންހެން ކުއްޖާ ހެދުން އަޅާ ގޮތަށް ހެދުން އަޅައިގެން އޭނާގެ ލޯބިވެރިޔާ ދިރިއުޅެމުން އަންނަ ގެއާއި ދިމާލަށް ދިއުމަށެވެ. މޮޅު ރޭވުމަކާއި އެކީ އޭނާ ދިޔަނަމަވެސް ކަންތައް ދިޔައީ އޭނާގެ ރޭވުމާއި އެއްގޮތަކަށް ނޫނެވެ.

އަންހެން ކުއްޖާގެ ދިރިއުޅޭ ގެ ކައިރިއަށް ދެވުނު ހިސާބުން އެތަނުގައި ތިބި ބަޔަކު އޭނާ އާއި ބެހެން ފެށިއެވެ. އަދި ވަކި ހިސާބަކުން އޭނާ އެއީ ފިރިހަނެއްކަން އެމީހުންނަށް އެނގި ޖެއްސުން ކޮށް އަނިޔާ ކުރިއެވެ.

މި ހާދިސާ ހިނގި ވީޑިއޯ މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ގިނަ ބަޔަކު ވަނީ އޭނާ ކޮށްފައިވަނީ ރަނގަޅު ކަމެއް ކަމަށް ބުނެފައެވެ. އަނެއް ބަޔަކު ބުނެފައިވަނީ އިންޑިއާއަކީ ލޯބިވެރިން ގިނަ ތަނެއް ކަމުން އެފަދަ ކޮންމެ ކަމެއް ވެސް ކޮށްފާނެ ކަމަށެވެ. އަދި އެފަދަ މަންޒަރުތައް ފެންނާނީ ހަމަ އެކަނި އިންޑިއާގައި ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޗީޑި

  2. ސަމްކުޅިބޭ

    އިންޑިޔާއަށްވުރެ މިރާއްޖޭގައި ތިޔަކަހަލަ ކަންތައް މާގިނަ. މިތާނގާ ފަޅާނާރަނީ އެކަން ކުރާލެއް މޮޅުކަމުން. ވަގުއަނބިކައިރިއަށް ދަނީ ކަޅުހެދުން އަޅާ ބޮޑު ބުރުގާ އަޅާގެން. ދޮންކަޅުވެސް ނޭގޭގޮތަށް. ބައެއް އަނބީން ވަގު ފިރިން ގެއަށް ގެންނަނީ މިގޮތަށް. ފިރިމީހާ އޮފީހަށް ދިއައިމާ ގެއަށް އެއަންނަނީ ވަގުފިރި ކަޅުހެދުމުގައި ބޮޑު ބުރުގާ އަޅައިގެން. މީމިހާރުވެސް ހިނގާ ކަންތައް،