ގޮވާ ޒާތުގެ އެއްޗެހި ވަޅުލެވިފައި ހުންނަ ތަންތަން ހޯދުމުގައި ރަން މެޑަލް ހާސިލްކޮށްފައިވާ މަގަވާ ނަމަކަށް ކިޔާ މީދާ އޭނާގެ ވަޒީފާއިން ވަކިވެއްޖެއެވެ.

މަގަވާ ވަޒީފާގައި ހޭދަ ކުރި ފަސް އަހަރު ދުވަހުގެ މުއްދަތުގައި ބިމުއަޑީގައި ހަރު ކުރެވިފައިވާ 71 ތަނަކުން ގޮވާ ތަކެއްޗާ އަދި މީގެ އިތުރުންވެސް ކެމްބޯޑިއާގެ އެކި ހިސާބުތަކުން ގޮވާފާޑުގެ ގިނަ އެއްޗެހި ވަނީ ހޯދާފައެވެ.

މި މީދާ ބެލެހެއްޓުމުގެ ކަންތައް ކުރަމުންދާ މަލެން ބުނެފައިވަނީ އެފްރިކާ އަށް ނިސްބަތްވާ އުމުރުން ހަތް އަހަރުގެ މަަގަވާގެ މިހާރު މަަސައްކަތް އުމުރުން ދުވަސް ވަމުން ދިއުމާއި ގުޅިގެން ވަރަށް ލަސްކަމަށެވެ. އަދި އޭނާ މަގަވާގެ ބޭނުން ތަކަށް އިހްތިރާމު ކުރާ ކަމުގައެވެ.

މަގަވާ އަށް ތަމްރީން ދެވިފައިވަނީ ބެލްޖިއަމްގައި ރަޖިސްޓަރ ކުރެވިފައިވާ ހިލޭސާބަހަށް މަަސައްކަތް ކުރާ އަޕޮޕޯ ހީރޯ ރެޓްގެ ނަމުން ނަން ދެވިފައިވާ ޓެންޒޭނިއާގައި ޖަނަވާރުން ގެންގުޅޭތަނަކުންނެވެ.

1990 ވަނަ އަހަރުން ފެށިގެން މިތަނަކީ ގޮވާ ޒާތުގެ އެއްޗެހި ހޯދުމުގެ މަަސައްކަތް ކުރަމުން ދާ ތަނެކެވެ. މި ތަނުން ޖަނަވާރުތަކަށް ސެޓްފިކެޓް ދެނީ އެއް އަހަރުގެ ތަމްރީން ފުރިހަމަ ވުމުންނެވެ.

މަގަވާގެ ކަންތައްތައް ބަލަހައްޓަމުން ގެންދާ މަލެން ބުނެފައިވަނީ މަގަވާ ކުރާ މަަސައްކަތުގައި ވައްޓާ ނުލެވޭނެ ކަމަށާއި އަދި މަގަވާ އާއި އެކީ އޭނާ ވަރަށް މަސައްކަތް ކުރާ ހިތްވާ ކަމަށެވެ. އަދި އިތުރަށް މަލެން ބުނެފައިވަނީ މަގަވާ ކިތަންމެ ކުޑަ ކަމުގައި ވީ ނަމަވެސް އޭނާ އެތައް ބައެއްގެ ފުރާނަ ސަލާމަތް ކޮށް ދީފައިވާ ކަމަށެވެ.

ނިމިގެން ދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގައި މަގަވާ އަށް ވަނީ ފުރާނަތައް ސަލާމަތް ކުރުމުގައި އެންމެ ފުރިހަމައަށް މަގާމް އަދާ ކުރުމުގެ ގޮތުން ރަން މެޑަލް ވެސް ލިިބިފައެވެ. މިއީ ވޭތުވެދިޔަ 77 އަހަރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް މީދަލަކަށް ޝަރަފުގެ މެޑަލް ދެވުނު ފުރަތަމަ ފަހަރުވެސް މެއެވެ.

މި މީދަލުގެ ބަރުދަނުގައި 1.2 ކިލޯ އަދި ދިގު މިނުގައި 70 ސެންޓިމީޓަރ ހުރެއެވެ.

މަގަވާ ގައިގައި 20 މިނެޓް ތެރޭގައި ޓެނިސް ކޯޓެއް ބަލާ ޗެކް ކުރުމުގެ ގާބިލު ކަން ހުރެއެވެ. އަޕޮޕޯ ބުނާ ގޮތުގައި މިވަރުގެ ތަނެއް އިންސާނަކަށް ރަނގަޅަށް ބެލޭނީ ހަތަރު ދުވަހުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރެފްރީ

    އެސޮރުގެންނަންވީ
    އަންނިގެ ކަން ކަންބަލަހައްޓަން

    53
    4
  2. ބުއްޅަބެ

    ރާއްޖޭގައި ވެސް އުޅޭނެ އަމިއްލަ އަށް ވަޒީފާ އިން ވަކިވި ރައީސް އެއް

    24
    2