ދެކުނު ކޮރެއާގެ ޑްރާމާތަކަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހެން ވެސް ވަރަށް ފޯރިއާއެކު މީހުން ބަލަމުންދާ ޑްރާމާއެކެވެ. ކޭޑުރާމާގެ ޖާދޫގައި ޖެހިފައިވާ ފަރާތްތަކަށް މި މަސް ވެގެންދާނީ ވަރަށް ފާހަގަ ކޮށްލެވޭ މަހަކަށެވެ. މި މަހު ނެރުމަށް ހަމަޖެހިފައިވާ ރީތި އެތައް ޑްރާމާއެއްގެ ސަބަބުންނެވެ.

މި މަހު ނެރުމަށް ހަމަޖެހިފައިވާ ބައެއް ޑްރާމާތަކަކީ:

ޕެންޓް ހައުސް 3: ވަރ އިން ލައިފް

އޯހް ޔޫން ހީއާއި ޗިއޯން ސިއޯ ޖިން ފެނިގެންދާ މި ޑްރާމާގެ ތިން ވަނަ ބަޔަކީ އެތައް ބަޔަކު އިންތިޒާރު ކުރަމުންދާ ޑްރާމާއެކެވެ. މި ޑްރާމާ ނެރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ.

ނެކްސްޑް ޑޯ ވިތު ޖޭ

ދެ ޑައިރެކްޓަރުން ކަމުގައިވާ ލީ ވޫ ބިން އާއި ލީ ތައެ ކިޔޮންގް އާއި އިންފުލުއެންޒަރއެއް ކަމުގައިވާ ސިއޯ ޔެ ޖީގެ ތިނެސްކަން ލޯބީގެ ވާހަކަ ކިޔައިދޭ މި ޑުރާމާ ނެރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

އެޓް އަ ޑިސްޓެންސް، ސްޕްރިންގް އިސް ގުރީން

ޖޫން 14 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ މި ޑްރާމާއިން ފެނިގެންދާނީ ޔިއޯ ޖުންއާއި ކިމް ވޮ ބިންއެވެ. މި ޑްރާމާއަކީ ކޮލެޖު ޑްރާމާއެކެވެ.

މަންތުލީ މެގަޒިން ހޯމް

އަމިއްލަ ގެއެއް ގަތުމުގެ ހުވަފެންތައް ދެކެމުން އަންނަ ނާ ޔަންގް ވޮންއާއި މެގަޒިންއެއްގެ ސީއީއޯ ކަމަށްވާ ޔޫ ޖާ ސަންގްގެ ލޯބީގެ ހަޔާތް ދައްކުވައިދޭ މި ޑްރާމާ ނެރުމަށް ހަމަޖެހިފައިވަނީ ޖޫން 16 ވަނަ ދުވަހުއެވެ.

ހޮސްޕިޓަލް ޕްލޭ ލިސްޓް 2:

ޖޫން 17 ވަނަ ދުވަހު ނެރޭ ހޮސްޕިޓަލް ޕްލޭ ލިސްޓުގެ ދެވަނަ ބައިގައި ދައްކުވައިދޭނީ އުލްޖީ ހޮސްޕިޓަލްގެ ފޮރުވިފައިވާ ކަންތައްތަކެވެ.

މީގެއިތުރުން ވެސް ޖަޖްމެންޓް އަވަރ، ނެވަރދަލެސް، ނޯ ވަން ބަޓް އަ މެޑަމް، ދި ވިޗްސް ޑިނާރ ފަދަ ރީތި އެތައް ޑްރާމާއެއް ޖޫން މަހުގައި ބަލާލަން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު