އެކަކާ ވައްތަރު އެތައް ބަޔަކު އުޅޭ ވާހަކައަކީ ވަރަށް ގިނައިން އަޑު އިވޭ ވާހަކައެކެވެ. އަދި ތިމާ އާއި ވައްތަރު މީހެއް ފެނޭތޯ ވެސް ބައެއް މީހުން މަސައްކަތް ކުރެއެވެ.

އެގޮތުން ބޮލީވުޑު ފަންނާނުންނާ ވައްތަރު މީހުން ހޯދުމަށް އެމީހުންގެ ސަޕޯޓަރުން އަބަދުވެސް އުޅެއެވެ. ބޮލީވުޑު ފަންނާނުންނާއި ވައްތަރު އެތައް ބައެއްގެ ވާހަކަ ވަނީ މީގެ ކުރިން ވެސް ދެކެވިފައެވެ.

މީސް މީޑިއާ އިންފުލުއެންސަރ އިބްރާހިމް ޤަދުރީގެ ފޮޓޯތަކުން އޭނާއަކީ ބޮލީވުޑުގެ ކިންގް ޝާހުރުކް ޚާން ތޯ ވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެއީ ދެ މީހުންގެ ވައްތަރު ކަމުންނެވެ.

އިބްރާހިމްގެ އިންސްޓަގުރާމު އެކައުންޓުގައި ހިއްސާ ކޮށްފައިވާ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.

އިބްރާހިމަކީ ހަމައެކަނި ޝާހުރުކް ޚާނާއި ވައްތަރު މީހެއް ނޫނެވެ. ޝާަހުރުކް ޚާންގެ އެކްޓިންއާއި، އިސްތަށިގަނޑާއި ހެދުން އެޅުން ފަދަ އެތައް ކަމެއް ވެސް ވަރަށް އެއްގޮތެވެ. މީގެއިތުރުން އިބްރާހިމަކީ ޝާހުރުކް ޚާންގެ އެންމެ ބޮޑު ސަޕޯޓަރު ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޝާހުރުކް ޚާންގެ އެކްޓިން އާއި ވާހަކަ ދެއްކުމުގައި ޝާހްރުކް ޚާން ގެންގުޅޭ އަޑާއި ސްޓައިލް ވެސް އިބްރާހިމް ނަކަލު ކުރެއެވެ. ޝާހުރުކް ޚާނާއި ވައްތަރު ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް އެކަމަށް ފާޑުކިޔައި ބަޔަކު ވެސް އުޅެއެވެ.

ފިލުމު އިންޑަސްޓްރީގައި ވެސް ވައްތަރު ފަންނާނުން އުޅެއެވެ. ކެޓްރީނާ ކެއިފްއާއި ޒަރީން ޚާން، އަދި އައިޝްވާރިޔާ ރާއީއާއި ސްނޭހާ އުލާލް އޭގެ ތެރޭގައި ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ ޝަކުވާ ބޯޓު

    ޝީއުނާ މިހާރު ވ ރަނގަޅު، މޮޅެތި ބަސްބަސް ބޭނުންކުރާކަން ފާހަނގަވޭ.

    ޝާނި ވ ކަޑަ ވެއްޖެ މިހާރު. ޢިއްޔެވެސް ހަބަރެކޭ ކިޔާފައި އޮތީ ބޭސް ސިޓީއެއް ލިޔެފައި.

    ޢޯކޭ. ޢުމްމްމްވަ