ބައެއް ދުވަސް ދުވަހު މުޅި ދުވަހު އެއްކޮށް މަސައްކަތް ކުރަން ޖެހޭ ފަހަރު ފަހަރު އާދެއެވެ. އެހެން ނަމަވެސް މިފަދަ ދުވަސްތަކުގެ ސަބަބުން ޖެހިގެން އަންނަ ދުވަހު މަސައްކަތަށް އަންނަން ބޭނުން ނުވާ ފަހަރުވެސް ދެއެވެ. އަދި މިގޮތަށް އަންނަން ބޭނުން ނުވެގެން ބަހަނާތައް ދައްކައި މޮޅެތި ސްޓަންޓްތައް ވެސް ޖައްސައެވެ.

މިއީ ވެސް އެފަދަ ސްޓަންޓެއް ޖެއްސި މީހެކެވެ. އޭނާ ބޭނުންވީ ވެރިމީހާ ކުރިމަތީގައި އޭނާ އުޅެނީ ބަލިވެކަން ހާމަކޮށް، އެ ދުވަހު މަސައްކަތަށް ނުނިކުމެ އުޅޭށެވެ.

އެގޮތުން އެކަން ހާސިލު ކުރުމަށް އޭނާ ކަންތައް ކުރިގޮތުގެ ވީީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ މަންޒަރު ފެންނަ ވީޑިއޯ ޓްވިޓާގައި އާއްމުވެފައިވާއިރު، އެތައް ބަޔަކު އެ ވީޑިއޯ އާއި ގުޅިގެން އެކި ކަހަލަ ވާހަކަދައްކާފައެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ ސުޕާމާކެޓެެއްގައި މަސައްކަތް ކުރާ މީހަކު ކައުންޓަރުގައި އިނދެ އަންހެނަކާއި ވާހަކަދައްކާ ތަނެވެ. އެއީ އޭނާގެ މެނޭޖަރެވެ.

https://twitter.com/ElpedroThe2nd/status/1400552995738226689?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1400552995738226689%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatimes.com%2Ftrending%2Fwtf%2Fman-pretends-to-faint-at-work-so-he-can-go-out-541998.html

ދެން ފެނިގެން ދަނީ އޭނާގެ އެކްޓް ކުރުމުގެ ހުނަރު ދައްކާލާތަނެވެ. ފުރަތަމަ ފެނިގެން ދަނީ އޭނާ ބޯ އަނބުރައިގެން އުޅޭ ގޮތަށް އުޅޭ މަންޒަރެވެ. އެގޮތުން އޭނާ އަތް ބޯ ކައިރިއަށް ގެންގޮސް ހެދިއެވެ. ދެން އިރުކޮޅަކުން ފެންނަނީ އޭނާ ހޭނެތޭ ކަމަށް ހެދިގެން ވެއްޓޭ މަންޒަރެވެ.

އެ ވީޑިއޯ ދައުރުވުމާއެކު އެތައް ބައެއްގެ ސަމާލުކަން އެ ވީޑިއޯއަށް ލިބިގެން ދިޔައެވެ. ބައެއް މީހުން ބުނެފައިވާގޮތުގައި، އެއީ ހަމަ ވަރަށް ބޮޑަށް ފޭކެއްކަން އެނގޭ ކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު