އެޕަލް އިން ދެން ނެރޭ އައިޕެޑް ވަޔަލެސްކޮށް ޗާޖު ކުރެވޭނެ ކަމަށް ބްލޫންބާގް އިން ބުނެފި އެވެ.

ބްލޫމްބާގް އިން ހާމުކުރާގޮތުގައި އެޕަލް އިން ދެން ނެރޭ އައިޕެޑް ޕްރޯ ވަޔާލެސްކޮށް ޗާޖުކުރެވޭގޮތް ހަދަން އެޕަލް އިން މިހާރު މަސައްކަތް ކުރަމުން އެބަދެ އެވެ. މިއީ އައިޕެޑް އަށް ލިބިގެންދާނެ އިތުރު ފުރިހަމަކަމެއްގެ ގޮތުގައި ގިނަބަޔަކު ދެކެ އެވެ.

އެޕަލް އައިޕެޑް ޕްރޯ ވަޔަލެސް ކުރުމުގެ އިތުރުން އައިޕެޑްގެ ފަހަތް ބިއްލޫރިއަށް ބަދަލުކުރާނެ ކަމަށް ބްލޫމްވާގް ގައި ވަނީ ރިޕޯޓް ކޮށްފައެވެ. މިހާތަނަށް އެޕަލް އިން ނެރެފައިވާ ހުރިހާ އައިޕެޑެއްގެ ފަހަތްވެސް ހަދާފައި ހުންނަނީ އެލުމިނިއަމް އިންނެވެ.

ޓެކް ހަބަރުތައް ލީކްކުރާ ބައެއް ފަރާތްތަކުން ބުނާގޮތުގައި އެޕަލް އިން ދަނީ އައިޕެޑް ޕްރޯގައި މެގްނެޓިކް ޗާޖިން ސިސްޓަމް އެއް ޓެސްޓުކުރަމުންނެވެ. މިއީ އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން 12 ގައިވެސް ހިމެނޭ ވައްތަރާ އެއްކަހަލަ ޗާޖިން ސިސްޓަމެކެވެ.

އެޕަލް އިން އެންމެ ފަހުން ނެރެފައި ވަނީ އެމް1 އައިޕެޑް ޕްރޯ އެވެ. އޭގައި މިނީ ލެޑް ޑިސްޕްލެއި އެއް ހިމެނެއެވެ. ވަޔަލެސް ޗާޖިން ކުރެވޭ އައިޕެޑް ބާޒާރަށް ނެރެވޭނީ އަންނަ އަހަރުގެ ތެރޭގައި ކަމަށް ބެލެވެ އެވެ.

ބްލޫމްބާގްގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އައިޕެޑް ޕްރޯގައި ހޯމް ބަޓަން ނަގާފައި ޓެސްޓުކުރަން ފަށާފައިވާއިރު އަލަށް ނެރޭ އައިޕެޓް އަންލޮކް ކުރެވޭނީ ފިންގަޕްރިންގެ ބަދަލުގައި ފޭސް އައިޑީ އިން އެކަންޏެވެ.

އެޕަލް އިން އެ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތައް މިއަހަރު ދެން ނެރޭނެ ތާރީހަކީ ސެޕްޓެމްބަރު މަސް ކަމަށް ވެއެވެ.