އިންޑޮނޭޝިއާގެ ބުރުގާ އެޅި ތިން މެމްބަރުން ހިމެނޭ ހެވީ މެޓަލް ބޭންޑު (ވީއޯބީ) މިއުޒިކް ދާއިރާގައި ފިޔަ ޖަހަން ފަށައިފިއެވެ.

މި ބޭންޑަށް ލިބެމުންދާ ތަރުހީބާއި މަގްބޫލުކުރަން މިއުޒިކްގެ ދުނިޔޭގައި އަންނަނީ އިތުރުވަމުންނެވެ. މިއުޒިކް ދާއިރާގައި ކުރިއަރާފައިވާ ބައެއް ފަންނުވެރިން ވެސް ވަނީ ވީއޯބީގެ ފޭނުންނަށް ވެފައެވެ.

2014 ވަނަ އަހަރުން ފެށިގެން އެކި މިއުޒިކް އިވެންޓުތަކުގައި ލަވަ ހުށަހަޅައިދެމުން މިއުޒިކްގެ ދުނިޔޭގައި މަގްބޫލު ބޭންޑަކަށް ވެފައިވާއިރު ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް އެމީހުން ބުނެއެވެ. ހުޅަނގު ޖާވާ ޕްރޮވިންސްގައި އުޅެބޮޑުވި މި ތިންކުދިންގެ ބޭންޑަށް އާއިލާ އާއި އަވައްޓެރިންގެ ފަރާތުން މާ ބޯޑު ތަރުހީބަކާއި ހިތްވަރެއް ލިބިފައިނުވާ ކަމަށް ބުނެއެވެ.

"މެޓަލް މިއުޒިކްގެ ސަބަބުން އަހަންނަށް ބޮލުތެރޭގައި ހުންނަ އެތައް ވާހަކައެއް ބޭރުކޮށްލެވޭ. އަދި އަހަރެން ސްޓޭޖުގައި ހުންނަ އިރު، މީހުން ހިތަށް އަރާނެ އެއްވެސް އެއްޗަކަށް ނުބަލާ އަހަންނަށް ލިބިފައިވާ ހުނަރު ދައްކާލެވޭ" ބޭންޑްގެ 19 އަހަރުގެ ބޭސިސްޓް ވިދީ ރަހްމަވަތީ ބުނެއެވެ. އުޅެބޮޑުވި މުޖުތަމައުން ބޭނުންވި ގޮތަށް ބޭންޑުގެ ތިން މެމްބަރުން ކަންތައް ކުރިނަމަ ސުކޫލު ނިންމާ ގޮތަށް އެމީހުން ތިބޭނީ ކައިވެނި ކޮށްގެން ކަމަށް ބުނެއެެެވެ.

20 އަހަރުގެ ލަވަންކިޔުންތެރިޔާ އަދި ލީޑް ގިޓަރިސްޓް ފިރުދާ މާޝިޔާ ބުނީ އޭނާގެ އާއިލާއިން ކިޔެވުމަށް މާބޮޑު އެއްބާރުލުމެއް ނުދޭ ކަމަށެވެ. އަންހެން ކުއްޖެއް ވިއްޔާ ސުކޫލު ނިންމާފަ މީހަކާ އިނުމަށް ފަހު ކިޔެވި އެއްޗެއްގެ ބޭނުން ނުކުރެވި، ކުރަން ޖެހޭނެ ކަމަކީ ކެއްކުމާއި ފޮޅާ ސާފުކުރުން ކަމަށް ބުނެ އޭނާގެ އާއިލާއިން ބާރުއެޅީ އެކަމަށް ކަމުގައި ބުނެއެވެ.

އާއިލާ އާއި އަވައްޓެރިންގެ ފާޑުކިޔުންތަކާއި އެކުވެސް މިހާރު ތިބި ހިސާބަށް އާދެވުމަކީ ލިބުނު ކާމިޔާބީއެއް ކަމުގައި އެ ބޭންޑުން ދެކެއެވެ. ކޮވިޑް އާއި ގުޅިގެން ގިނަ ބަޔަަކު އެއްތަންވެ ޝޯތައް ކުރިޔަށް ނުގެންދެވޭނެތީ ވީއޯބީ އިން ކޮންސާޓުތައް ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިން ކޮށެވެ. އަދި އެ މަންޒަރުތައް ބެލުމަށް ފަހު ރޮކް ބޭންޑް ނިރުވާނާގެ ބޭސިސްޓް ކްރިސްޓް ނޮވޯސެލިކް އަދި ރޭގްގެ ގިޓަރިސްޓް ޓޮމް މޯރެލޯއަށް ވަނީ މި ތިން މެމްބަރުންގެ ލަވަތައް ކަމުގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބިލީސް

    އިންޑޮނޭޝިއާ މީ ވަރަށް މަޖާ ވައްތަރުގެ މުސްލިމުން އުޅޭ ތަނެއް. އެއްދުވަހު މުސްލިމްވާނެ އަނެއްދުވަހު ހިންދޫވާނެ. އޭގެއަނެއްދުވަހު ފެންނާނީ ޗަރޗް ތެރޭން. އަހަރެންގެ އުއްމީދަކީ ދިވެހި ޤައުމުން އެމަންޒަރު ނުފެނުން.

    2
    1