ކޮވިޑް-19 ގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ މި ދުވަސްވަރު އެ ބަލިޖެހިގެން މައިންބަފައިން ވަކިވުމުން ދަރިން ބިކަވެގެންދާ މައްސަލައަކީ އިންޑިއާގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.

މިއީވެސް އެފަދަ ހިތްދަތި ވާހަކައެކެވެ. އިންޑިއާގެ އުއްތަ ޕްރަދޭޝްގައި އާއިލާއެއްގެ ބޮޑަށް ތިބި ހަތަރު މީހުން ކޮވިޑްގައި މަރުވުމުން އެ އާއިލާގައި ބާކީ ތިބި ތިން ކުދިންގެ ހަޔާތް ވަނީ އަނދިރިވެފައެވެ.

އެ އާއިލާގައި ހިމެނޭ މަންމައާއި ބައްޕައާއި ކާފައާއި އަދި މާމަ ވެސް ކޮވިޑްގައި މަރުވީއެވެ. އެ މީހުންގެ ދަރިންގެ ތެރެއިން ބޮޑަށް ހުރި ދަރިފުޅު އުމުރު 13 އަހަރުގެ ސަމަރުޕިތުއެވެ. އޭނާ މިހާރު އެ ހުރީ ދެ ކޮއްކޮއިން ބެލެހެއްޓުމުގެ ޒިންމާއާއި ހަވާލުވެންނެވެ

ލިސާދު އަވަށުގެ އުމުރުން 12 އަހަރުގެ މީނާއާއި އުމުރުން 11 އަހަރުގެ ޝަންކަރުގެ އެކަނިވެރި ދިރިއުޅުމަށް ކުޑަ ވެސް އުއްމީދެއް ހޯދައިދެނީ އެކުދިންގެ އުމުރުން 13 އަހަރުގެ ބޭބެ ސަމަރުޕިތުއެވެ.

ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުވައިދޭ މި ތިން ބެއިން ވެސް ދިރިއުޅުމެން ދާނީ އެކުދިންގެ އަމިއްލަ ގޭގައެވެ. ނަމަވެސް ރިޕޯޓް ތަކުން ބުނާގޮތުގައި މި ކުދިންގެ އާއިލާގެ ފަރާތުން ކޮންމެވެސް ވަރަކަށް އެކުދިންގެ ހާލު ބަލާނެ ކަމަށް އެއްބަސްވެފައިވެއެވެ.

މިފަދަ ހިތްދަތި ވަގުތެއްގައި ވެސް އުމުރުން 13 އަހަރުގެ ސަމަރުޕިތު ބުނެފައިވަނީ އޭނާގެ ކޮއްކޮމެންނަށްޓަކައި އޭނާ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެކުދިންނަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރާނެ ކަމާށް ބުނެފައި ވެއެވެ.

''މިއީ އަހަރެމެންނަށް މުސީބާތުގެ ވަގުތެއް. ނަމަވެސް އަހަރެމެން އެކުގައި އެކަމާ ކުރިމަތިލާނަން. އަހަރެންގެ ކޮއްކޮމެންގެ ކިޔެވުން ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމަށް އަހަރެން މަސައްކަތް ކުރާނަން. ވަރަށް ބުރަކޮށް މަސައްކަތްކޮށް ކޮއްކޮމެން ބަލާނަން'' އުމުރުން 13 އަހަރުގެ ސަމަރުޕިތު ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަނީ

    ތި ދެކުދިން ރާއްޖެ ގެނެސް، އިސްލާމްދީނައް ވައްދާ، ރާއްޖޭ އައިޑީ ކާޑެއްދީ، އެކުދިން ބަލައި ބޮޑުކުރުން ރަނގަޅު..

    11
    1
  2. Anonymous

    ނަޝީދައް ހުރިހާ ކަމެއްވެސް މިގައުމުގަ ވާނީ.