އަބީޝޭކް ވަރްމާގެ ފިލްމު "ކަލަންކް" ގެ މަންޒަރެއް ކުޅެން އުޅުމުގެ ތެރޭގައި ބޮލީވުޑްގެ ކުޅަދާނަ ބަތަލާ އަލިއާ ބަޓްއަށް އަނިޔާ ވެއްޖެއެވެ.

މިހާދިސާގައި އަނިޔާވެފައިވަނީ އާލިއާގެ ފަޔަށެވެ. އޭނާގެ ފަޔަށް އަނިޔާވެފައިވަނީ ފިލްމުގެ މަންޒަރެއް ކުޅުމަށްޓަކައި ސިނޑިއަކަށް އެރިވަގުތު ސިނޑިން ކައްސާލުމުންނެވެ.

މި ހާދިސާގައި އަލިޔާގެ ފަޔަށް ސީރިއަސް އަނިޔާއެއްވެފައި ނުވާއިރު ވަރަށް އަވަހަށް އެނބުރި ފިލްމުގެ ޝޫޓިންގައި ބައިވެރިވެވޭނެ ކަމަށް އަލިޔާ ބެލި ޑޮކްޓަރުންނާއި ހަވާލާދީ "ކަލަންކް"ގެ ޑައިރެކްޓަރ އަބީޝޭކް ވަރްމާ ވަނީ ބުނެފައެވެ.

އަންނަ އަހަރު އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އިންޑިއާގައި ރިލީސް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ މަޝްހޫރު ޕްރިޑިޔުސަރު ކަރަން ޖޯހަރު ޕްރޮޑިޔުސް ކުރާ ފިލްމެކެވެ. އަލިއާ އާއި އެކު މި ފިލްމުން ވަރުން ދަވާން އާއި ސަންޖޭ ޑަޓް އަދި މަދޫރީ ފަދަ އެތައް މަޝްހޫރު ފަންނާނުންނެއް ފެނިގެން ދާއިރު، ފިލްމުގެ ޝޫޓިން މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

އުމުރުން 25 އަހަރުގެ އަލިއާ އެންމެ ފަހުން ކުޅެފައިވަނީ މެގްނާ ގުލްޒާރު ޑައިރެކްޓްކުރި ފިލްމް "ރާޒީ"އެވެ. އަލިއާ އަކީ "ސުޓޫޑަންޓް އޮފް ދަ ޔިއަރ" އާއި "ޓޫ ސްޓޭޓްސް" ފަދަ އެތަކެއް މަޝްހޫރު ފިލްމެއްގެ ލީޑު ރަޮލުތަކުން ފެނިގެން ގޮސްފައިވާ ތަރިއެކެވެ.