ޖިންނިނަކީ އުޅޭ އެއްޗެކެވެ. އެ އެއްޗެހި ފެންނަ މީހުން މަދެއް ނޫނެވެ. އާއްމުކޮށް އެ އެއްޗެހި ފެންނަނީ ރޭގަނޑުގެ ވަގުތުތަކުގައި ހަމަ ލޮލަށް ނަމަވެސް، ނެގި ވީޑިޔޯއަކަށް ޖިންނިއެއް އަރައިގެން އެ ވާހަކަދައްކަމުންދާ އަންހެނާއަކީ މިއީއެވެ.

ލުއިސް ލެންޓަން ނަމަކަށް ކިޔާ މި އަންހެން މީހާއަށް ޖިންނި ފެނިފައި ވަނީ އޭނާގެ ދަރިފުޅު ބައިސްކަލް ދުއްވަމުންދާތަން ނަގަންވެގެން ކުރި ވީޑިޔޯއަކުންނެވެ. އެ ވީޑިޔޯއިން ފެންނަ ގޮތުގައި ޖިންނި ހުރީ ދުވަސްވީ ގެއެއްގެ ބެލްކަންޏާއި ދިމާލުން ބޭރަށް ބަލަހައްޓައިގެންނެވެ.

ދުވަސްވީ އެގެއަކީވެސް ވަރަށް ދުވަސްވަންދެެން މީހުން ނޫޅޭ ގެއެއް ކަމަށް ވެއެވެ. އެގޭގެ ބޭރުގައި ލުއިސްގެ ދަރިފުޅު ބައިސްކަލު ދުއްވަމުންދިޔައީ އެތަނަކީ ދަރިފުޅަށް އެންމެ ފަސޭހައިން ބައިސްކަލް ދުއްވޭނެ ތަންކަމަށް ލުއިސްއަށް ހީވުމުންނެވެ.

ލުއިސް އެތަނަށް ގޮސްފައި ވަނީ އޭނާގެ ބައިވެރިޔާވެސް އެކީގައެވެ. އެ ވީޑިޔޯ ނެގި ވަގުތު އޭނާގެ ބައިވެރިޔާ ދިޔައީ ކާރު ޕާކު ކުރަން ކަމަށް ވެއެވެ.

އޭނާ އެ ވީޑިޔޯ ނެގުމަށްފަހު އެ ވީޑިޔޯ ބަލާފައި ވަނީ ފަހުންނެވެ. ލުއިސް ބުނީ، އެ ވީޑިޔޯ ބަލަމުން ދަނިކޮށް އޭނާގެ ލޮލުގައި އަޅައި ގަތީ ބެލްްކަނި ކައިރީގައި އިންސާނެއް ގޮތަށް ހުރި އެއްޗެއް ކަމަށެވެ. ލުއިސް ބުނީ، އެ މަންޒަރު ފެނިފައި ދެ މީހުންނަށްވެސް ލިބުނީ ހައިރާން ކަމެެއް ކަމަށެވެ. އަދި އެތަންކޮޅު އެ މީހުން ސްކްރީންޝޮޓްވެސް ނެގިއެވެ.

އެ މީހުން ބެލި ބެލުމުން އެނގުނުގޮތުގައި، އެއީ އަންހެނެެކެވެ.

މި ދެ މީހުން އެކަން އެ ހިސާބުގެ ކައުންސިލްގެ ސަމާލުކަމަށް ގެނައެވެ. އެ ކައުންސިލުން ބުނިގޮތުގައި، އެތަނަށް މީހުންނަށް ނުވަދެވޭނެއެވެ. އެތަން ބެލެެހެއްޓުމަށް ސެކިޔުރިޓީ ގާޑަކު ހުރެއެވެ. އެތަނަށް ވަންނަނީ ހަމައެކަނި އޭނާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖިންނި

    ސެކިއުރިޓީ ގޮލާ ކޮފީއެއް ހިފައިގެން އެހުރީ.

  2. ބޮޑުމެހި

    އަނެއްކާ އަނެއް ވާހަކަ ލިޔުނިއްޔެ ދޯ ބިރުގަންނަވަން!

    • މަންޖެ

      ތިހާ ބިރުގަންނަ މީހުން ނުކިޔަންވީނު!

  3. ނިބިޙޫރް

    ވައިވެގެން ކޮފީއެއް ބޯން ތަނެއްގަ ނުހުރެވޭ، މޮޅު ސްޓޯރީއެއް ނުފަޅާނެކަމަކަށް..