މީސްމީޑިއާގައި އެހެން މީހުންގެ ސަމާލުކަން ހޯދަން ގިނަ ބަޔަކު އެކި ކަހަލަ މަސައްކަތްކޮށް އުޅެއެވެ. އެގޮތުން ހެއްވާ މަޖާ، މީހުން ބިރުގަންނަ ކަހަލަ ކަންކަން ކުރަމުން އަންނަ މީހުން މަދެއް ނޫނެވެ.

މިއީ ވެސް އެކަހަލަ ގޮތަކަށް މީހުންގެ ސަމާލުކަން ހޯދަން މީހުން ހައިރާން ކުރުވަން ވެގެން މީހަކު ކުރި ކަމެއްގެ ވާހަކައެވެ. އެހެން ނަމަވެސް އެކަން ނިމިގެން ދިޔައީ އޭނާ ބޮޑު ލަދެއްގައި ބެދިގެންނެވެ.

އެގޮތުން މީސްމީޑިއާގައި މިހާރު އާއްމުވެފައިވާ ވީޑިއޯއިން ފެނިގެން ދަނީ ސުޕަރމޭން ގޮތަށް ހެދުން އަޅައިގެން އުޅުނު މީހަކު މަގުމަތިން ދުއްވާފައި ދިޔަ ބަހެއް ހުއްޓުވަން ވެގެން އުޅެނިކޮށް އޭގައި ޖެހި ދުރަށްދާ މަންޒަރެވެ.

މި ހާދިސާގައި އޭނާއަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް ގިނަ ބައެއްގެ މަލާތާގެ ބަސް އޭނާއަށް ވަނީ ލިބިފައެވެ.

ބަހުގައި ޖެހިގެން އެއީ އެވަރު ކަމެއް ކަމަށް ނަހަދާ އޭނާ ހިފައިގެން ކުރިއަށް ހިނގައިގަތެވެ. އަދި "އޭނާއަކީ މިހާރު މޭން އޮފް ސްޓީލް ކަން އެނގިއްޖެ" ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ހާދިސާއާއި ގުޅިގެން އޭނާ ވަނީ ބަހުގެ ބުރަކިގެ މައްސަލަ ފުލުހުންނަށް ޖައްސާނެ ކަމަށް ބުނެފައެވެ. އަދި އޭނާ ގަބޫލު ކުރާ ގޮތުގައި އެއްޗެއްގައި ޖެހުމުގެ ކުރިން އެ ދުއްވާ އެއްޗެއް މަޑު ކުރެވޭނެ ވަރަށް ބުރަކި ހުންނަން ޖެހޭނެއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއީ އޭނާ ސުޕަރމޭން ކަމަށް ހެދިގެން އުޅުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ އެތައް އަހަރުތަކެއް ކުރިން ފަށައިގެން އޭނާ އަންނަނީ ސުޕަރމޭން ކަމަށް ދައުވާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލާދީނީ މޭން

    މި ގައުމުގަވެސް އުޅެނެ ތިކަހަލަ ބޯހަމަނުޖެހޭ ލާދީނީ މޭން އެއް

    10
    2
  2. Anonymous

    ރޯޔަލް ފެމެލީގެ ބުރޯ ވާހަކަ ދޯ ތިދައްކަނީ،