ބޮލީވުޑުގެ އެކްޓަރު ސުޝާންތު ސިންގް ރާޖުޕޫތު މަރުވުމާ ގުޅިގެން ބޮލީވުޑު ފަންނާނުން މަސްތުވާތަކެތި ބޭނުން ކުރާ މައްސަލަ ފެންމަތިވެފައިވެއެވެ. މި މައްސަލައާ ގުޅިގެން ކުށްވެރިވެފައިވާ ގިނަ ފަަރާތްތަކަކާ ސުވާލުކޮށް ބައެއް ފަރާތްތައް ހައްޔަރުކޮށްފައިވެއެވެ.

ސުޝާންތުގެ މަރާ ގުޅިގެން ހައްޔަރު ކުރި އޭނާގެ ކުރީގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯތީގެ މުޅިން ތަފާތު އައު ބަޔާނެއް މިވަނީ ފެންމަތިވެފައެވެ. މި ބަޔާނުގައި އޭނާ ބުނެފައިވަނީ 2017 ވަނަ އަހަރު ރިއާ އާއި ސާރާއަކީ ވަރަށް ގާތް ދެ ރަހުމަތްތެރިން ކަމަށާއި ރިއާއަށް ''މަރުވާނާ އާއި ވޮޑްކާ'' ތަޢާރަފް ކޮށްދިނީ ސާރާ ޢަލީ ޚާން ކަމަށެވެ.

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށް ސާރާ އާއި ސުޝާންތު ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށް ތަހުގީގުން އެނގިފައިވެއެވެ. އަދި 2018 ވަނަ އަހަރު ތައިލެންޑަށް ދިޔަ ކަމަށާއި މި ދަތުރުގައި 70 ލައްކަ ރުޕީސް ސުޝާންތުގެ ރަހުމަތްތެރިންނަށް ހަރަދު ކޮށްފައިވެއެވެ. އަދި މި ދަތުރުގައި ސާރާ ޢަލީ ޚާން ބައިވެރިވި ކަމަށް ވެސް ރިއާ ބުނެފައިވެއެވެ.

ފިލުމު ކެޑަނާތުގެ ޝޫޓިންގައި އެ ފިލުމުގެ ގިނަ މުވައްޒަފުންތަކެއް ވެސް މަސްތުވާތަކެތި ބޭނުން ކޮށްފައިވެއެވެ. އަދި ''މަރުވާނާ އާއި ވޮޑްކާ'' ސުޝާންތަށް ވެސް ތައާރަފް ކޮށްދިނީ މި ދަތުރުގައި ސާރާ އަލީ ޚާން ކަމަށް ރިއާ ޗަކްރަބޯތީ ބުނެފައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލާގައި ބައިކުލާ ޖަލުގައި ތިންމަސް ދުވަސް ރިއާ ހޭދަކުރުމަށް ފަހު އޭނާ ވަނީ ޖަލުން ނެރެފައެވެ. ނަމަވެސް އޭނާގެ ބޭބެ ޝޮވިކް ދަނީ އަދި ވެސް ޖަލުގައި ދުވަސްތައް ގުނަމުންނެވެ. އެކަމަކު ސާރާ ޢަލީ ޚާން ދަނީ އުޅެނީ ޗުއްޓީ ހޭދަކުރުމާއި އޭނާގެ ފިލުމުތަކުގެ މަސައްކަތްތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު