މޫދަށް އެރުމަކީ ނުވަތަ މޫދުގައި ފަތާަލުމަކީ ވަރަށް ގިނަ ބަޔަކު ކުރަން ބޭނުންވާނެ ކަމެކެވެ. ވަކީން ހާއްސަކޮށް ފުރަބަންދުގައި ގޭގައި ތިބެ ފޫހިވުމުން ނުވަތަ ސިކުނޑި ހަމަޖައްސާލުމަށްޓަކައި މިއީ ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާނެ ކަމެކެވެ.

އެގޮތުން އެމެރިކާގެ އުމުރުން ނުވަ އަހަރާއި ހަތަރު އަހަރުގެ ދެބެއިންނަކީ ވެސް މޫދަށް އެރި ފަތާލުމަށް އެތައް އިންތިޒާރެއް ކުރަމުންއައި ދެބެއިންނެވެ.

އެކަން ކުރުމަށް މި މީހުން ބޮޑު ޕްލޭނެއް ފެށިއެވެ. އަދި އެކަމަށް ދަތުރު ރާވާލިއެވެ.

އެގޮތުން މަންމައާއި ބައްޕަ ނިދާފައި އޮތް ވަގުތުގައި މެންދަމު ތިނެއް ޖަހާކަށްހާއިރު ހޭލައިގެން މައިންބަފައިންގެ ކާރުގެ ތަޅުދަނޑި ނަގައިގެން މިސްރާބު ޖެހީ ކެލިފޯނިއާއަށެވެ. ހަމައެކަނި ފަތާލުމަށްޓަކައި މޫދަށް އެރިލުމުގެ ބޭނުމުގައެވެ.

ނަމަވެސް މި ކުދިންނަށް ގެއިން ނިކުމުގެ ދުއްވާލެވުނީ ހަތް ކިލޯމީޓަރު ދުރަށެވެ. ކުރިމަތިން އައި ކާރަކުން ސަލާމަތްވުމަށް އެއްފަރާތަށް ކާރު ޖައްސާލުމުން ޓުރަކެއްގައި ޖެހި އެކްސިޑެންޓްވީއެވެ.

އެމެރިކާގެ ފުލުހުން ބުނެފައިވާގޮތުގައި، މިއަދު ހެނދުނު އެކްސިޑެންޓެއްވި ކަމުގެ ޚަބަރު ލިބުނު ކަމަށާއި މި އެކްސިޑެންޓް ހިނގި ކާރު ދުއްވަން އިނީ ނުވަ އަހަރުގެ އަންހެން ކުއްޖެއް ކަމަށާއުމ ދެން އިނީ އުމުރުން 4 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.

އެކްސިޑެންޓްވި ނަމަވެސް މި ދެކުދިންނަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށާއި ދެކުދިން ވެސް ތިބީ ސީޓް ބެލްޓް އަޅައިގެން ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި ދެކުދިން ފުލުހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ އެކުދިން ދަތުރު ފެށީ ކެލިފޯނިއާއަށް ކަމަށާއި، އެ ދަަތުރަކީ އެ ކުދިން މޫދަށް އެރި ފަތާލަން ބޭނުންވާތީ ކުރަން ފެށި ކަމަށެވެ. މިކުދިންގެ މައިންބަފައިންނަށް މިކަން އެނގުމުން ކުއްލި ސިހުމެއް ލިބުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު