އިންޑިޔާގެ ލަކްނޯގައި ސިފައިންގެ މީހަކު ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިމައްސަލަ ފެންމަތި ވެފައިވަނީ ލަކްނޯގެ ބާރިލީގެ ކުޑަ އަވަށެއްގައެވެ. އިންޑިޔާގެ ނޫސްތަކުން ބުނާ ގޮތުގައި ސިފައިންގެ މިމީހާ ރޭޕް ކޮށްފައިވަނީ އުމުރުން 15 އަހަރުގެ ކުއްޖެކެވެ. އަދި ސިފައިންގެ މީހާގެ އުމުރަކީ 25 އަހަރެވެ.

މިކުއްޖާގެ އާއިލާއާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ މިކުއްޖާާ ރޭޕްކޮށްފައިވަނީ ދަނޑުގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށާއި ރޭޕް ކުރީ ގަދަކަމުން ކަމަށެވެ. މިކުއްޖާގެ އާއިލާއިން ބުނެފައިވަނީ މިކުއްޖާ ގެޔަށް ނައިސްގެން ކުއްޖާ ހޯދަން ދިޔައިރު، މިފިރިހެން މީހާ ދަނޑުން ނިކުތްތަން ފެނުނު ކަމަށާއި ކުއްޖާ ފެނުނީ ދަނޑުގެ ކަނެއްގައި ރޯން އިންދާ ކަމަށެވެ.

މިމައްސަލަ މިހާރު ފުލުހުން ބަލަމުން ދާއިރު، ފުލުހުން މިމީހާ ހައްޔަރު ކުރުމަށް އެމީހާ އުޅޭ ގެޔަށް ދިޔައިރު، މިމީހާވަނީ އަވަށުން ފިލާފައި ކަމަށް ނޫސްތަކުން ފުލުހުންނާއި ހަވާލީ ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަސްރު

    ޜޭޕްސްތާން

    • ޛަނަނނަ

      ޜޭޕިއާ

  2. ޢާންމު

    ތިޔާއީ އާންމުކަމެއް މުޅިދުނިޔޭގައިވެސް

    ތިޔަވައްތަރުގެ ސިންގާތައް ބައިވަރު