ފުރިހަމަ ސިއްހަތެއްގައި ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ވަކިން ހާއްސަކޮށް މިފަދަ ބަލިމަޑުކަން އިންތިހާއަށް ގޮސްފައިވާ ދުވަސްވަރެއްގައި ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

އެގޮތުން ކެއުމަށްފަހު ކޮށްގެން ނުވާނެ ކަންތައްތަކެއް ހުރެއެވެ. ނަމަވެސް މި ކަންތައްތަކަކީ ގިނަ ބަޔަކަށް ފަރުވާ ކުޑަކޮށްލެވޭ ކަންތައްތަކެވެ.

ކެއުމަށްފަހު ކުރަން ރަނގަޅުނޫން ފަސް ކަމެއް

ހޫނު ސައި ނުވަތަ ކޮފީ ބުއިން

މިއީ ކައި ނިންމުމަށްފަހު ގިނަ ބަޔަކު ކުރާ ކަމެއް ނަމަވެސް މިއީ ރަނގަޅު ކަމެއް ނޫނެވެ. މިކަމުގެ ސަބަބުން ކާނާއިން ހަށިގަނޑަށް ލިއްބައިދޭ ދަގަނޑުގެ ބައި ހުއްޓުވާލައެވެ. އެހެންކަމުން ހޫނު ސައި ނުވަތަ ކޮފީ ބޯންވާނީ ކެއުމުގެ ގަޑިއެއްހާއިރު ފަހުންނެވެ.

މޭވާ ކެއުން

މޭވާ ކެއުމަކީ ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް ކެއުމަށް ފަހު ވަގުތުން މޭވާގެ ބާވަތްތައް ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ. މިކަމުގެ ސަބަބުން ހަޖަމު ކުރުމުގައި މައްސަލަ ޖެހެއެވެ.

ކަސްރަތުކުރުން

ކަސްރަތު ކުރުމަކީ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ކުރުން އެންމެ މުހިންމު އެއް ކަންތައް ނަމަވެސް ކައި ނިންމާ ގޮތަށް ކަސްރަތު ކުރުމަކީ އެކަމުން ހަށިގަނޑަށް ގެއްލުންވާ ކަމެކެވެ. ކައި ނިންމާގޮތަށް ކަސްރަތު ކުރާނަމަ ބަނޑަށް އުދަނގޫވުމާއި ޑިޕްރެޝަނަށް މަގުފަހިވެއެވެ.

ފެންވެރުން

ކައި ނިންމާ ގޮތަށް ފެންވެރުމުން ހަޖަމު ކުރުން ލަސްކުރެއެވެ. ފެންވެރުމުން ހަޖަމުވުމުގެ ބަދަލުގައި ބަނޑުގެ ވަށައިގެންވާ ގުނަވަންތަކަށް ލޭ ދައުރު ކުރެއެވެ.

ނިދުން

ކައި ނިންމާ ގޮތަށް ނިދުމަކީ ހަޖަމުކުރުމުގެ މުޅި ނިޒާމަށް ބަދަލު ގެންނަ ކަމެކެވެ. މޭ އެންދުމާއި ހިތުގެ މައްސަލަތަކާއި ކުރިމަތިލާން ޖެހެއެވެ.

މިކަންކަމަކީ ކެއުމަށްފަހު ކުރަން ބޭނުންވާ ކަންތައްތައް ނަމަވެސް ކައިގޮތަށް މިކަންތައްތައް ނުކުރާށެވެ. އެންމެ މަދުވެގެން ގަޑިއެއްހާއިރު މަޑުކޮށްލާފައި މިކަންތައްތައް ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު