މިފަހަރު ބައިސްކޯފުން ގެނެސްދޭ ތުންތުން މަތިން ޕްރޮގްރާމު ފަޅު ފިލުވައިދިނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ (އަޝްފާ) އާއި ފިލްމީ ދާއިރާގައި ފާހަގަ ކޮށްލެވޭ އެކްޓަރ އަދި ޑައިރެކްޓަރ އަލީ ސީޒަން (ސީޒަން) އެވެ. 'ޓްރުތް އޯ ޑެއާ' ގޭމާއި އެކު ކުރިއަށް ގެންދާ ތުންތުން މަތިން ޕްރޮގްރާމުގައި ހެއްވާ މަޖާ އެތައް ވާހަކައެއް ދެ ފަންނާނުން ހިއްސާކުރިއެވެ.

ޕްރޮގްރާމުގައި އެންމެ ފުރަތަމަ ދެ ފަންނާނުންނާއި ވެސް ކުރިމަތިވެގެން ދިޔަ ސުވާލަކީ 'އެންްމެ ފުރަތަމަ ދާއިރާއަށް ނިކުތް އިރާއި މިހާރާ އަޅާ ބަލާއިރު އެންމެ ބޮޑު ބަދަލަކަށް ފާހަގަ ކޮށްލާނީ ކޮންކަމެއް؟' މި ސުވާލެވެ. ޕްރޮގްރާމުގެ ހޯސްޓް ޝަހޫ ކުރި ސުވާލަށް ޖަވާބުދެމުން ސީޒަން ބުނީ އެންމެ ބޮޑު ބަދަލެއް އައި އެއްކަމަކީ ދާއިރާގައި ގެންގުޅޭ އާލާތްތައް ކަމަށެވެެ.

"ފިލްމީ ދާއިރާގެ އާޓިސްޓުންނަށް ބަލައިިފިއްޔާ ޑިސިޕްލިން އެއްވެސް ވަރަކަށް ނެތް" މި ޖުމްލައިގައި ސީޒަން ޑިސިޕްލިން މާނަކޮށްފައިވަނީ މަސައްކަތުގެ މައިދާނުގައި ކަމަށް ބުނަމުން ސީޒަން ބުނީ ދިވެހިންގެ ނުހުންނަ ކަމެއް ވަކި ފިލްމީ ދާއިރާގެ މީހުން ވެސް ނުހުންނާނެ ކަމަށެވެ.

ދިވެހިންގެ ވޯކް ޑިސިޕްލިން ނެތް ކަމަށް ބުނެ ސީޒަން ފާހަގަކުރީ މީހުންގެ އިހްތިރާމް އެންމެ ލިބެންޖެހޭ، ރައްޔިތުންނަށް މިސާލަކަށް ވާންޖެހޭ ގައުމު ހިންގަން ތިބޭ މީހުން އުޅެނީ އަބަދުވެސް ކޮންމެވެސް އަންހެން ކުއްޖެއްގެ މައްސަަލައިގައި (އަންހެން ކުއްޖަކާ ބެހިގެން ނުވަތަ ޖިންސީ ފުރައްސާރަ ކޮށްގެން) ފިލައިގެން ގައުމުން ބޭރުގައި ކަމަށެވެ. އެހެންވީމަ، ވަކި ފިލްމީ ދާއިރާއަކަށް މާތް މީހުން ނުނިކުންނާނެ ކަމަށް އޭނާ ބުންޏެވެ.

ލަވަކިޔުންތެރިޔާ އަޝްފާ އާއި ފިލްމީ ތަރި ސީޒަން

އަޝްފާ އެ ސުވާލަށް ޖަވާބުދެމުން ބުނީ ލަވަކިޔުމުގެ ދާއިރާއަށް އަލަށް ކުދިން ނިކުންނަން ފުރުސަތުލިބި، އައު ކުދިން ދާއިރާއަށް ނުކުތުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ.

މީގެ ކުރިން މިއުޒިކް އިންޑަސްޓްރީއިން އަޝްފާގެ މޫނު ބެލުންތެރިންނަށް ފެނިފައި ހުރި ކަމުގައި ވިޔަސް އޭނާ އަކީ ފިލްމީ ދާއިރާއަށް އަލަށް ނުކުތް ފަންނާނެކެވެ. އަޝްފާ ބުނީ ފިލްމީ ދާއިރާއިން 2016 ހިސާބުގައި ވެސް ފުރުސަތު ލިބުނު ކަމަށާއި، އޭރު އެކަމަށް ޝައުގުވެރިކަން ނެތީ ކަމަށެވެ. މިފަހުން ދާއިރާއިން ނުކުތީ އާ ކަމެއް ތަޖުރިބާ ކޮށްލަން ކަމަށާއި މި ކަމުގައި އަޝްފާގެ ފިރިމީހާގެ ހިތްވަރު ލިބުނު ކަމަށް ބުނެއެވެ.

ކޮމެންޓްސް:

މީސް މީޑިއާ ޕްލެޓްފޯމް ތަކުގައި ދެ ފަންނާނުން ވެސް ޕޯސްޓު ކޮށްފައިވާ އެއްޗެއްސަށް މީހުން ކޮށްފައިވާ ކޮމެންޓު ކިޔައި، އެ ކޮމެންޓަކާއި ދޭތެރޭ ފަންނާނުން ދެކޭގޮތް އޮޅުންފިލުވާފައިވެއެވެ. އެގޮތުން ސީޒަންގެ ޕޯސްޓަކަށް ކޮށްފައިވާ ކޮމެންޓެއްގައި މީހަކު ބުނަނީ 'އަމިއްލައަކަށް މީހުންގެ ސަމާލުކަން ހޯދަން ޖަހައިގެން އުޅޭ ޕޯސްޓެއްތަ މީ" މިހެންނެވެ. ސީޒަން މި ކޮމެންޓާއި ގުޅުވައިގެން ބުނީ އޭގަ އެމީހާއަށް ނޭނގި އޮތް ކަމަކީ ދިވެހިންގެ ސަމާލުކަން ހޯދަން ވަކި އެއްޗެެއް ޖަހަން ނުޖެހޭ ކަމެވެ.

'ދެތިކިޕީ' ޖަހާލިޔަސް ދިވެހިންގެ ސަމާލުން ލިބޭނެ ކަމާއި އެވަރުގެ ފޭނުން ތިބި ކަމަށް ސީޒަން ބުނެފައި ވެއެވެ.

ހަމަ އެފަދައިން އަޝްފާގެ ޕޯސްޓަކަށް ކޮމެންޓުކޮށް މީހަކު ބުނެފައިވަނީ 'ހިއެއް ނުވޭ! މިއޮތް ޒަމާންވީ އިރުވެސް ޝިރާނީ ފަހަތައް ޖައްސާ ނުލެވުނު އެއްވެސް ސްޓާރަކަށް. ވީއިރު، އަޝްފާއަކަށް ހިއެއް ނުވޭ ތިކަން ވާނެ ހެންނެއް. ދެން ބަލަން ތިބެމާ ދޯ! ހިތްތަކުގެ ރާނީ. ޝިރާނީ" މިފަދައިންނެވެ. މިއަށް އަޝްފާ ދިން ޖަވާބު ކުރެވެ. އަޝްފާ ބުނީ އެ ކޮމެންޓުގައި ބުނެފައިވަނީ ރަނގަޅު ވާހަކައެއް ކަމަށެވެ.

އެ ކޮމެެންޓާއި ވިއްދައި ސީޒަން ބުނީ ޝިރާނީ އާއި އަޅުވާފަ އަަޝްފާގެ ނަން ބޭނުން ކޮށްފައި އެވަނީ ކޮންމެވެސް ވަރެއްގެ ޝައްކެއް ނުވަތަ ޔަގީން ކަމެއް ހިތުގައި އޮތީމަ ކަމަށެވެ.

ޓްރުތް އޯ ޑެއާ:

ތުންތުން މަތިން ޕްރޮގްރާމުގައި ޓްރުތް އޯ ޑެއާ ސުވާލުގައި ސީޒަންއަށް ކުރިމަތިވި ސުވާލަކަށް ލޯބީގެ ގޮތުން ގުޅުނީ އިންޑަސްޓްރީގެ ކިތައް މީހުންނާކަން ބަޔާންކޮށްދޭން ޖެހުނެވެ. އެ ސުވާލަށް ޖަވާބުދެމުން ސީޒަން ބުނީ އިންޑަސްޓްރީގެ އެއްވެސް މީހަކާ އޭނާ ލޯބީގެ ގޮތުން ގުޅިފައިނުވާ ކަމަށެވެ. އެ ގޭމުގެ ގަވާއިދުގައިވާ ގޮތުން ދޮގު ބުނެފިނަމަ، ނުވަތަ ސުވާލަށް ޖަވާބުދޭން ބޭނުން ނުވާނަމަ 'ޑެއާ' ނަގަން ޖެހެއެވެ. ސީޒަންގެ އެ ޖަވާބު ޕްރޮގްރާމް ހޯސްޓަށް ގަބޫލުނުކުރެވިގެން ސީޒަންއަށް ޑެއާ ނަގަން މަޖުބޫރުވިއެވެ. އެ ޖަވާބަކީ އާންމުންގެ ތެރެއިން ވެސް ގިނަ ބަޔަކަށް ގަބޫލު ނުކުރެވޭނެ ޖަވާބެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަމީތާބް ބައްޗަން

    މަ ' ފުލް ސްޓޮޕް ' އެކަނި ޖަހާލާފައި ޕޯސްޓްކޮށް ލިޔަސް މިލިއަނުން ލައިކްސް ލިބޭ 😂

    17
  2. މިތުރާ

    މިމ މީހުންނަށްުރެ ރަންގަޅުވާނެ ޑިސިޕުލިން ރަގަޅުވާނެ މަގު މަތީގަ ވާނުވާގަ އުޅޭ ބުރޯ މެންވެސް،،،،،ކަލޭ މެންގެ ލަދުހަޔާތް ބަލާނެ ބަޔަކު ނެތް

    12
    1
  3. ަގިނަވާހަކަ

    މީވަރައް ގިނަވާހިކަ؟

  4. ދެންލަލަލާ

    ސީޒަން ހަދާނުން ބައެއް މަދުވީ ކަންނޭނގޭ