ކޮވިޑް-19ގެ ބަލި މަޑު ކަމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ގޭގައި ތިބެން ޖެހިފައެވެ. އެކަމުގެ ސަބަބުން ފޫހި ވެގެން ހެއްވާ މަޖާކަން ގިނަ ބަޔަކު ކުރަމުން އާދެއެވެ. އެހެން ނަމަވެސް އެފަދަ ކަންކަން ކުރާ މީހުންގެ ތެރެއިން މީހުންގެ ސަލާމުކަން ލިބިފައިވަނީ މަދު ބަޔަކަށެވެ.

އޭގެ ތެރެއިން އެފަދަ ކަންކަން އެންމެ ގިނައިން ކުރަމުން އަންނަ އެއް ބަޔަކީ އިންޑިއާގެ މީހުންނެވެ.

މިގޮތުން މަހިންދްރާ ގްރޫޕުގެ ޗެއަރމަން ޓުވިޓާގައި ހިއްސާ ކޮށްފައިވާ އެ ވީޑީއޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

އެވީޑިއޯއިން ފެނިގެން ދަނީ ފިރިހެނަކު ދޮރެއްގެ ކުރިމަތީ ގޮނޑި އަޅައިގެން އިށީނދެގެން ފަށެއްގައި ހިފައިގެން ހުންނަ މަންޒަރެވެ. އެ ފަށަށް ބަލާއިރު، އެ ފަށް ހުރީ ދޮރުގެ ތަޅުގެ ތެރެއިން ފޮނުވައި އޭގެ ކޮޅުގައި 'ޕެޑްލޮކް" ނުވަތަ ތަޅެއް ހަރުކޮށްފައެވެ. އަދި އޭނާ ހުރީ އެ ފަށަށް ދަމައި ތިރި ކޮށްކޮށްނެވެ.

އެވަގުތު އޭނާ ކީއްކުރަނީތޯ ސުވާލު ކުރުމުން ޖަވާބުގައި "ލޮކްޑައުން" އޭނާ ބުނެއެވެ.

މިއީ ކިހިނެއްވާ ކަން ފުރަތަމަ ގިނަ ބަޔަކަށް ނޭނގެއެވެ. އެހެން ނަމަވެސް "ލޮކްޑައުން" އޭނާ އެ ބުނަނީ ތަޅު ތިރި ކުރާ ވަގުތަށް ކަން އެނގުމާއި އެކީ ގިނަ ބަޔަކަށް އެކަން ވަނީ މަޖާވެފައެވެ.

މިއާއި އެކީ މުޅި މީސްމީޑިއާގައި އެ ވީޑީއޯ މަޝްހޫރުވެފައިވެއެވެ. އެގޮތުން 24 ގަޑިއިރު ތެރޭ 82،000 އަށްވުރެ ގިނަ މީހަކު ވަނީ މި ވީޑިއޯ ބަލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މަ ކުރިން ތި ކަން މަގޭ ދަރި ނުކައިގެން ހެއްވާލަން!!!!

  2. މީ

    😁