ރާއްޖޭގައި ވަރި ވަރަށް ގިނައެވެ. އެކަމުގެ ޒިންމާ ބޮޑަށް ނަގަން ޖެހޭނީ ފިރިންކަމަށް ނުވަތަ އަނބިން ކަމަކަށް ވެސް ނުބުނެވޭނެއެވެ. ވަރި އާއި ހަމައަށް ދާން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ދެމީހުން ކުރެ އެކަކު ކައިވެނިން ބޭރުން އެހެން މީހަކާއި ގުޅުން ބޭއްވުމެވެ. ގިނައިން މިފަދަ އަމަލުތައް ހިންގަނީ ފިރިހެނުން ކަމަށް ނުވަތަ އަންހެނުން ކަމަށް ވެސް ނިންމޭކަށް ނެތެވެ. އެއީ އެފަދަ ފުރިހަމަ ދިރާސާ އެއް ނުކުރެވޭނެތީއެވެ.

ނަމަވެސް މިފަހަރުގެ މައުލޫއަކީ އަނބިމީހާ ސިއްރު ލޯބިވެރިޔަކު ގެންގުޅެނީ ކީއްވެ ހެއްޔެވެ؟ ނުވަތަ އަނބިމީހާ އޭނާގެ ފިރިމީހާ އަށް ބޭވަފާތެރިވާން މެދުވެރިވަނީ ކޮން ސަބަބެއް ހެއްޔެވެ؟

އެމެރިކާގެ އިންޑިއާނާ ޔުނިވަސިޓީ އިން ކޮށްފައިވާ ދިރާސާ އަކުން ދައްކާ ގޮތުުގައި 55 އިންސައްތަ އަންހެނުން އެމީހުންގެ ހަޔާތުގެ ބައިވެރިޔާ އާއި އެކު އުޅެމުން ސިއްރުން އެހެން މީހަކާއި ކޮންމެވެސް ކަހަލަ ގުޅުމެއް ބާއްވައެވެ.

މިލިޔުމުގައި މިބަލާލަނީ އަންހެނަކު ބޭވަތެރިވާ ސަބަބުތަކަށް ނުވަތަ އޭނާ ބޭވަފާތެރިވަމުންދާ ކަން އެނގޭނެ ހެކިތަކަށެވެ.

އަންހެނެއްގެ އުމުރު

ތަޖުރިބާކާރުން ބުނާ ގޮތުގައި އަންހެނަކު އޭނާގެ އުމުރުން 35 ވަރަކަށް އަހަރުގައި ބޭވަތެރިވުން ވަރަށް ގާތެވެ. ހާއްސަކޮށް އޭނާގެ ކައިވެންޏަށް އޭރު ހައެއްކަ އަހަރު ވެފައި، އޭނާގެ އަމަލުތަކާއި މެދު ޝައްކު ކުރެވޭ ނަމަ އިތުރަށް ތިޝައްކުތައް ޔަގީން ކުރާށެވެ.

ވަޒީފާގައި އުޅޭ އަންހެނުން

ގޭގައި ތިބޭ އަންހެނުންނަށް ވުރެ ކޮންމެވެސް ވަޒީފާއެއްގައި އުޅޭ އަންހެނުން ބޭވަފާތެރިވުން ގިނައެވެ. މިފަދަ އަންހެނުން ލޯބީގެ ގުޅުމެއް ގިނައިން ބާއްވަނީ އެމީހުން މަސައްކަތް ކުރާ ތަނުގެ މުވައްޒަފަކާއި ނުވަތަ މަސައްކަތުގެ މާހައުލުން ދިމާވާ މީހަކާއި އެވެ. އެހެންކަމުން އަނބިމީހާ އުޅެނީ އޮފީހެއްގައި ކަމަށް ވެފައި އޭނާ އާއި މެދު ޝައްކު ކުރެވޭ ކަންތައްތަކެއް ފެންނަނަމަ އެކަން އިތުރަށް ބަލާށެވެ.

މުސާރަ ބޮޑު އަންހެނުން

ވަޒީފާގައި އުޅޭ ހުރިހާ އަންހެނުންނަކީ އެމީހުންގެ ފިރިންނަށް ބޭވަތެރިވާނެ މީހުންނެއް ނޫނެވެ. ނަމަވެސް އަންހެން މީހާގެ މުސާރަ އަކީ ވަކި ދިރިއުޅުމެއް އުޅެވޭ ވަރުގެ ބޮޑު މުސާރައެއް ކަމަށް ވެފައި މާލީ އެއްވެސް ކަމެއްގައި ފިރިމީހާ އަށް ބަރޯސާ ވާން ނުޖެހޭނަމަ އޭނާ ބޭވަފާތެރިވުމުގެ ފުރުސަތު ބޮޑެވެ.

ކުރިން ކައިވެންޏެއް ކޮށްފައިވުން

އޭނާ ތިބާ އާއި ކައިވެނި ކުރުމުގެ ކުރިން އިތުރު ކައިވެންޏެއް ކޮށްފައި ވުމަކީ އޭނާ މިހާރު ވެސް ބޭވަފާތެރިވެދާނެ ސަބަބެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އޭނާގެ މައިންބަފައިން

އޭނާގެ މައިންބަފައިންގެ ތެރެއިން މަންމަ ނުވަތަ ބައްޕަ އަކީ ވެސް ސިއްރު ލޯބިވެރިން ގެންގުޅޭ ނުވަތަ ގެންގުޅެފައިވާ މީހެއް ނަމަ އޭނާ ވެސް އެމަގުން ހިނގުން އެކަށީގެންވެއެވެ.

އޭނާ އަށް އުފަލެއް ނެތުން

އޭނާ އަށް ތިބާގެ ފަރާތުން އުފަލާއި ހިތްހަމަޖެހުން ނުލިބޭނަމަ އަދި އެހެން މީހަކާއި ގުޅުން ބަދަހިކޮށް މުއާމަލާތް ކުރުމުގެ ފުރުސަތު އޭނާ އަށް ފަހިވެފައި އޮންނަނަމަ ބޭވަފާތެރިވުން ވަރަށް ގާތެވެ.

ދީނީ ކަންކަމަށް ސަމާލުކަން ނުދިނުން

ދިރާސާތަކުން ދައްކާ ގޮތުގައި ދީނީ ފަރުޟުތަކާއި ސުންނަތްތަކަށް އެކަށީގެންވާ ގޮތެއްގައި އަމަލު ނުކުރާ މީހުން ކައިވެނިން ބޭރުން އެހެން މީހުންނާއި ގުޅުން ބޭއްވުން އިތުރެވެ.

މާބޮޑަށް ރީތި ވުން

އޭނާ އަކީ އުމުރަށް ވުރެ ޒުވާން ކަމަށް ދައްކާ ނުވަތަ ކައިވެންޏެއް ކޮށްގެން އުޅޭއިރު ވެސް އެހެން ފިރިހެނުންގެ ނަޒަރުން ކައްސާލާފައި ނުވާ އަންހެނަކަށް ވާނަމަ އޭނާ އެހެން މަގަކުން ހިނގުން ވަރަށް ގާތެވެ.

އޭނާ އަކީ މުއްސަނދިކަމަށް ލޯބި ކުރާ މީހެއް

ބައެއް މީހުންނަކީ ވަރަށް މުއްސަނދި އަރާމު ދިރިއުޅުމެއް އުޅެން ބޭނުންވާ މީހުންނެވެ. ދިރިއުޅުމަށް މާބޮޑު މަސައްކަތެއް ނުކޮށް ފައިސާ ބޭނުންވާ މީހުންނެވެ. އެފަދަ ކަމެއް ތިބާގެ ފަރާތުން ނުވާނަމަ އޭނާ އެހެން މަގެއް ހޯދުން ގާތެވެ.

ނިންމާލުން

މީގެ އިތުރުން ވެސް ވަރަށް ގިނަ ކަންކަން އަނބިމީހާ ބޭވަފާތެރި ވުމަށް މެދުވެރިވެދާނެއެވެ. ކޮންމެ ކަމެއް ހަޔާތުގައި ދިމާވި ނަމަވެސް އެކަން ދެއްކުމަށް ފަހު ސިއްރު ލޯބިވެރިޔަކު ގެންގުޅުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ތިބާ އަށް ތިބާގެ ހަޔާތުގެ ބައިވެރިޔާ އާއި އެކު އުޅެވެން ނެތް ނަމަ އޮތް ގޮތަކީ ވަކިވުމެވެ. އެއީ ސިއްރުން ލޯބިވެރިޔަކު ގެންގުޅެން ޖެހޭ ސަބަބެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ނަބާ

  އަންހެނުން ސިއްރު ލޯބިވެރިން ގެންގުޅެނީ ﷲ އަށް ބިރުވެތި ނުވާތީ!! އަމުދުން ކައިވެނިކޮށްގެން އުޅޭ އަންހެނުން “ ސިއްރުން” ލޯބިވެރިން ގެނގުޅުމަކީ ހުތުރުކަންބޮޑު ، ބޮޑުވެގެންވާ ފާފައެއް!! ފިރިމީހާއަށް ސިއްރުން ލޯބިވެރިން ގެންގުޅުނަސް ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް އެއްވެސް ކަމެއް ސިއްރެއް ނުކުރެވޭނެ!! ވީ އިރު އެފަދަ ކަންތައް އެކުރަނީ އީމާންތެރިކަން ކުޑަ ޖާހިލު އަންހެނުން! އެފަދަ އަންހެނުންނަށް ތެދުމަގު ދައްކަވާށި ! އާމީން

  48
  2
 2. ދަސްކުރޭ

  ގޮތްކުޑަކަމުން

  32
  2
 3. ޙަލީ

  ތިދިރާސާ އަށް 100 ޕަސެންޓް ތާއީދު ، މިރާއްޖޭގައިވެސް ހަމަ ދިމާވަނީ ތިފަދަ ކަންތައް ،މަދުންނަމަވެސް ފިރިހެނުންވެސް ގޯސްހަދާ

  31
  2
 4. ުހެހެ

  ތެންކްސް ނައު އައިމް އިންސެކިޔުއާ

  23
  2
  • ލޮލް

   ހަހަހަ ތޭންކްސް ފޯރ ނަތިން

 5. ކޭ

  ޝާނީ އަނެއްކަ ފެށީދޯ 😒

 6. Anonymous

  ޖަވާބަކީ ﷲ އަށްޓަކާ ލޯބިވަނީ ކިހިނަކުންކަން ނޭނގޭތީޔޭ.
  ދެމަފިރިންގެ ދެމެދުގާ އޮންނަ ލޯތްބަކީވެސް ﷲ އަށް ޓަކާ ވާންޖެހޭ ލޯތްބެ އް. އެހެން ވި އްޔާ ދެމަފިރިން އެކަކު އަނެކަކުގެ ޙަ އްޤުތަށް އަދާކުރާނެ. ޒަވާޖީ ހަޔާތުގެ ގުޅުމުގެ ތެރޭގާ އަލް އިސްލާމް ގެ އުސޫލްތަށް ތަންފީޒުކުރާނެ. ނުކޮ އްފި އްޔާ ﷲއ ގެ ޢަޒާބު ހުރިކަން އެފަދަ މީހުން ދަންނާނެ.

  8
  2