މައްސަރު ކަންތައް ނުވަތަ ޕީރިއަޑްވުމަކީ ކޮންމެ އަންހެނަކަށް ވެސް ކޮންމެ މަހަކު ކުރިމަތިވާ ކަމެކެވެ. އަދި މިކަމަކީ ވަކި ތަރުތީބަކުންވާ ކަމެކެވެ. ނަމަވެސް ބައެއް ފަހަރަށް ޕީރިއަޑްވާން އޮންނަ ތާރީޚަށް ބަދަލު އާދެއެވެ. ބައެއް ފަހަރަށް އަވަސްވެއެވެ. އަދި ބައެއް ފަހަރަށް ވަރަށް ލަސްވެއެވެ.

ވަކީން ޚާއްސަކޮށް ފުރަބަންދުގައި ގޭގައި ތިބެން ޖެހުމުން މި މައްސަލަ ކުރިމަތިވާ މިންވަރު އަވަސްވެއެވެ.

ގޭގައި ތިބެންޖެހުމުން ޕީރިއަޑްވުން ބަރާބަރަށް ނުވާ ބައެއް ސަބަބުތަކާއި އެކަމަށް އޮތް ހައްލު:

ބަރުދަން އިތުރުވުން

ގޭގައި ތިބެން ޖެހުމުން ފަލަވާ މައްސަލައަކީ އެންމެންނަށް ވެސް ކުރިމަތިވާ ކަމެކެވެ. ވަކީން ހާއްސަކޮށް އަންހެންނަށް މި މައްސަލަ ބޮޑެވެ. ހަށިގަނޑުގައި ސަރުބީ ޖެހުން އިތުރުވުމުން މައްސަރު ކަންތަކަށް އަސަރު ކުރެއެވެ.

އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ކެލޮރީސް ބޭނުން ކުރާ މިންވަރު މަދުކޮށް އަދި ހަފުތާއެއްގެ ތެރޭގައި ފަސް ގަޑިއިރު ގައިން ދާހިތްލާ ވަރަށް ކަސްރަތު ކޮށްލުމަކީ މިކަމަށް އޮތް ހައްލެވެ.

ނިދުމުގެ ތާވަލަށް އައިސްފައިވާ ބަދަލުތައް

ގޭގައި ތިބެން ޖެހުން ސްކްރީންތަކަށް ބެލުން ވަނީ އާއްމު ކަމަކަށް ވެފައެވެ. ސްކްރީންތަކަށް ބެލުން އިތުރުވާ ވަރަކަށް ނިންޖަށް އެކަމުގެ އަސަރު ކުރެއެވެ. އަދި ނިންޖަށް އަންނަ ބަދަލާއެކު ޕީރިއަޑްވުމަށް އަސަރު ކުރެއެވެ.

މިކަމަށް އޮތް ހައްލަކީ ސްކްރީންތައް ބެލުން މަދުންކޮށް ކަންކަމުގައި އަޑުއެހުމެވެ. އަދި ނިދުމުގެ 30 މިނިޓް ކުރިން އެއްގޮތަކަށް ވެސް ސްކްރީނަށް ނުބެލުމެވެ. ނިދަން ކަނޑައެޅިފައިވާ ވަގުތަށް ނިދުމެވެ.

ހާސްވުން އިތުރުވުން

މިފަދަ ދުވަސްވަރެއްގައި ހާއްސަވުމަކީ ކޮންމެ މީހަކަށް ވެސް ވެދާނެ ކަމެކެވެ. ކަންކަމާ ހާސްވެ މާބޮޑަށް ވިސްނަންވެއްޖެ ނަމަ ހަށިގަނޑުގައި ހުންނަ ކޯޓިސަލް އިތުރުވެ ހޯމޯންސްތަކަށް އަސަރު ކުރެއެވެ. އަދި ޕީރިއަޑްވުމަށް އަސަރު ކުރެއެވެ.

އެހެންކަމުން ހާސްކަމުން އެއް ފަރާތްވެ މޫޑު ރަނގަޅު ކުރުމަށް ޕްރޮޓީން މާއްދާ އިތުރު ކުރުމާއި ސެޗުރޭޓެޑް ފެޓްސް މަދުކުރުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް އިތުރު ކުރުން ރަނގަޅުވާނެއެވެ.

މީގެއިތުރުން ގޭގައި ތިބި ނަމަވެސް ގަވާއިދުން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޭނަ

    މިޔަކު ނެތެއްނު މައުލޫމާތެއް ހިމެނިފައެއް.

    12
    1