ދުނިޔެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައިގެން ގޮސް ކޮންމެ މީހަކު ސްމާޓް ޑައިވައިސްތަކަށް ބަރޯސާ ވާން މަޖުބޫރުވުމާއިއެކު ސްމާޓް ޑައިވަސްތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރާނެ ގޮތާއި ދެމީހަކު ދެމެދުގައި ދެކެވޭ ވާހަކަތައް ތިން ވަނަ ފަރާތަކަށް އަޑުނޭހޭނެ ނުވަތަ ނުބެލޭނެ ގޮތައް ކަންކަން ރާވައި އިންތިޒާމް ކުރާނެ ގޮތްތައް ކިޔައި ދެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކުން މީހުންގެ ޒާތީ މުއާމަލާތްތައް ރައްކާތެރިކޮށް ނުދޭކަމަށް އެމެރިކާގެ "ނިއުޔޯކް ޓައިމްސް" އިން ރިޕޯޓް ކޮށްފިއެވެ.

ނިއުޔޯކް ޓައިމްސް އިން ބުނީ އެންކްރިޕްޓްކޮށް "މައުލޫމާތު ސިއްރު ވާނެކަން ޔަގީން" ކޮށްދީފައިވާ އެތައް ބައެއްގެ ފޯނުން ޒާތީ މައުލޫމާތުތައް އެމެރިކާގެ އެފްބީއައި އިން ހޯދައި ފާއިތުވި ތިން އަހަރު ތެރޭގައި ދުނިޔޭގެ އެތައް ގައުމެއްގެ ސަލާމަތީ ހިދުމަތްތަކަށް ކުށްވެރިންގެ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. އެމައުލޫމާތުތަކަށް ބިނާކޮށް ބޮޑެތި ގިނަ ކުށްވެރިންތަކެއް ފާއިތުވި ތިން އަހަރުތެރޭގައި ދުނިޔޭގެ އެކި ގައުމުތަކުން ހައްޔަރު ވެސް ކުރެވިފައިވާ ކަމަށް އެފްބީއައި އިން ބުނެއެވެ.

އޮސްޓްރޭލިއާ އާއި ނިއުޒިލެންޑްގެ ސަރުކާރުން ވަނީ އެމެރިކާގެ އެފްބީއައި އިން ދިން މިފަދަ މައުލޫމާތުތަކަށް ބިނާކޮށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ މައުލޫމާތު ހޯމަ ދުވަހު ހާމަކޮށްފައެވެ. "އޮޕަރޭޝަން ޓްރޮޖަން ޝީލްޑް" ނަމުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 250 އަށް ވުރެ ގިނަ ކުށްވެރިން ހައްޔަރުކޮށް ގާނޫނާއި ހިލާފަށް ގެންގުޅެމުން ދިޔަ 100 އަށް ވުރެ ގިނަ ބަޑި ވަނީ އަތުލައިގެންފައެވެ. އަދި ގިނަ އަދަދެއްގެ އެހެނިހެން ހަތިޔާރާއި ގޮވާތަކެތި ވެސް ވަނީ އަތުލައިގެންފައެވެ.

އެމެރިކާ އިން ފޯރުކޮށްދިން މައުލޫމާތައް ބިނާކޮށް ޔޫރަޕްގެ ގައުމުތަކުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގެ މައުލޫމާތު މިހަފްތާ ނިމުމުގެ ކުރިން ހާމަކުރާނެ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާ އިން ވަނީ ސަލާމަތީ ބާރުތަކާއި ގުޅިގެން ބޮޑެތި ކުށްވެރިންގެ ފޯނުތަކަށް ނުވަތަ ކުށްވެރިންނާއި މުއާމަލާތް ކުރާ މީހުންގެ ފޯނުތަކަށް AN0M ނަމަކަށް ކިޔާ އެޕްލިކޭޝަނެއް އަޅާފައެވެ. ފޯނުގެ ހުރިހާ މައުލޫމާތުތަކެއް އެފްބީއައިގެ އަތްދަށަށް ދަނީ މިއެޕްލިކޭޝަން މެދުވެރިކޮށެވެ.

އެމެރިކާ އިން ފޯރުކޮށްދިން މައުލޫމާތައް ބިނާކޮށް އެތައް ކުށެއް ހިނގުމުގެ ކުރިން ހުއްޓުވިފައި ވެސް ވެއެވެ. މިސާލެއްގެ ގޮތުން އެއްމައްސަލައިގެ މައުލޫމާތު ހާމަކުރަމުން އޮސްޓްރޭލިއާ އިން ބުނީ އެއް އާއިލާއެއްގެ ފަސް މެންބަރުން މަރާލަން ރާވަމުން ދިޔަ މައްސަލައެއް އެފްބީއައި އިން ދިން މައުލޫމާތައް ބިނާކޮށް ހުއްޓުވުނު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކެސްބީ އައި

    ދެން ނަޝީދުގެ ބޮމުގެ ކަންތަކޯ؟

    13
  2. 🙄

    އެހެންވީމަ އަހަރެމެން ފޯނު ތަކުގެ މައުލޫމާތުވެސް އިނގޭނެ ދޯ 😶
    އ

    • އަލިބެ

      އިގޭނެ އެއްނޫން އެނގޭނެ

  3. ޒާ

    ނެޓްވަރކް އާގުޅިފައި ހުންނަނަމަ ސިއްރުވާނެ އެއއްކަމެއްވެސް ނެތް. އެކަން ނޭނގި ފޯނުގާ ފާޑުފަޑުގެ ފޮޓޯއަ މެސެޖް ބަހައްޓާ ފޮނުވާ ހަދާނީ މޮޔައއިން.