އެޕަލް އިން އައިއޯއެސް 15 ނެރެފިއެވެ.

މި އަޕްޑޭޓަކީ އެޕަލްގެ ކަސްޓަމަރުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އައި އަޕްޑޭޓަކަށް ވާ އިރު މި އަޕްޑޭޓުގައި ޝައުގުވެރިވާ ވަރަށް ގިނަ ކަންކަން ފުރިހަމަކުރެވިފައި ވެއެވެ.

އައިއޯސް 15 ގައި ހިމެނޭ ބައެއް ކަންކަން:

ފޭސްޓައިމް ކުރާ އިރު ވީޑިއޯ ކޮލެޓީ އާއި އޯޑިއޯ ކޮލެޓީ ވަނީ ކުރިއަށްވުރެ ރަނގަޅު ކޮށްފައެވެ. އަދި ފުރަތަމަ ފަހަރަށް އެންޑްރޮއިޑް އަދި ވިންޑޯސް ފޯނުތައް ބޭނުންކުރާ ފަރާތްތަކަށް ފޭސްޓައިމް ކުރެވޭ ގޮތް ވެސް ވަނީ ހަދައިފައެވެ. ފޭސްޓައިމް ކުރާ ވަގުތު ވީޑިއޯތައް ބެލުމަށާއި ލަވަ އަޑުއަހާލެވުމުގެ އިތުރުން ފިލްމުވެސް ބެލޭނެއެވެ.

އެޕަލް ވޮޗް ބޭނުންކޮށްގެން އައިފޯން ބޭނުންކުރާ ފަރާތުގެ ސިއްހީ ހާލަތު ވަޒަންކޮށް އެއްކުރާ ޑާޓާ ޑޮކްޓަރާއި ހިއްސާކުރެވޭގޮތް ވެސް އެޕަލް އިން ވަނީ ތައާރަފް ކޮށްފައެވެ. އަދި ލޭގައި ކޮލެސްޓްރޯލް ހުރިވަރު ގަޑީގެ އެހީގައި ދެނެގަނެވޭ ގޮތް މިހާރު ވަނީ އެޕަލް އިން ހަދައިފައެވެ.

ފަހުގެ އަޕްޑޭޓުގައި އައިޕެޑްތަކަށް ވެސް އިތުރު ފުރުހަމަކަމެއް ގެންނާނެ ފީޗާސްތަކެއް ވަނީ އިތުރު ކޮށްފައެވެ. އެގޮތުން ބަސް ބަދަލުކުރުމަށް އާ ޓްރާސްލޭޓް އެޕްލިކޭޝަނެއް އިތުރުކޮށްފައިވާ އިރު އައިޕެޑްގެ ނޯޓްސް އިން އިތުރު ބޭނުންތައް ކުރެވޭގޮތް ވަނީ ހަދައިފައެވެ.

މެސެޖް އެޕް އަދި އައިމެސެޖް ސާވިސް އިން ފަހުގެ އަޕްޑޭޓާއެކު ފަސޭހައިން ފޮޓޯތައް، ވީޑިއޯ އަދި އާޓިކަލްތައް ހޯދޭނެއެވެ.

ފޮޓޯ ނެގުމުން ފޮޓޯގައި ހުންނަ ލިޔުންތައް ފޯނަށް ކޮޕީ ކުރެވޭ ގޮތް ވަނީ ހަދައިފައެވެ.

އެޕަލްގެ ފަހުގެ އަޕްޑޭޓާ އެކީ އެޕަލްގެ ކަސްޓަމަރުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނޭ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު