ކައިވެނި ކުރާނެ މީހުން ހޯދަން އިޝްތިހާރުތައް ނޫސްތަކުގައި ޖަހާ ހަދައެވެ. އަދި މިގޮތަށް ދިމާވާ މީހުންނާއި ކައިވެނިވެސް ކޮށްވެސް ހަދައެވެ.

މިއީވެސް އެގޮތަަށް ކޮށްފައިވާ އިޝްތިހާރެކެވެ. އެ އިޝްތިހާރުކޮށްފައި ވަނީ ޖޫން ހަތަރު ވަނަ ދުވަހު އެވެ.

އެ އިޝްތިހާރަކީ ކައިވެނި ކުރާނެ ފިރިހެނަކު ހޯދަން އަންހެނަކު ކޮށްފައިވާ އިއުލާނެކެވެ. އެ އިއުލާނުގައި ބުނެފައި ވަނީ، އޭނާއަކީ އަމިއްލަ މަސައްކަތުން ކައިގެން ބޮއެގެން އުޅޭ މީހެއް ކަމަށެވެ. އަދި އޭނާއަކީ ކްރިސްޓިއަން މީހެއް ކަމަށާއި، އޭނާ ބޭނުންވަނީ އެ ދީނަށް ތަބާވާ މީހެއް ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

އެ އިޝްތިހާރުގައި ގިނަބަޔަކަށް ބޮޑަށް ފާހަގަވެގެން ދިޔައީ އޭޭގައި ވެކްސިން ޖަހައިގެން ހުރި މީހަކު ހޯދަން ބޭނުންވާ ކަަމަށް ބުނެފައިވުމުންނެވެ. އޭނާ ބުނެފައިވާގޮތުގައި އެ މީހެއްގެ އުމުރުން ވާން ހެހެނީ 28-30 އަހާރައި ދެމެެދު އެވެ. އަދި އެމީހާއަކީ އަމިއްލައަށް އުޅޭވޭ، ކެއްތެރި އަދި ކޮވިޝީލްޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހަކަށް ވާން ޖެހޭނެއެވެ،

އޭގައި ބުނެފައި ވަނީ، އޭނައަކީ ކޮވިޝީލްޑްގެ ދެ ވެކްސިން ޖަހާފައިވާ މީހެއް ކަމަށެވެ. އަދި ހޯދަން ބޭނުންވަނީ އޭނާ ގޮތަށް ވެކްސިން ޖަހާފައިވާ މީހެއް ކަމަށް ބުނެފައި ވެއެވެ.

މި ކައިވެނީގެ އިޝްތިހާރު މިހާރު މީސް މީޑިއާގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އެގޮތަށް ބައެއް މީހުން ޓްވީޓްކޮށް ބުނެފައި ވަނީ މިއީ އާ އާއްމު ހާލަތަށް ތައްޔާރުވާ ގޮތްތޯ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަގޭ ޚިޔާލު

    ރައްކާވެ ތިބިއްޔާ ދަތުރެވެ.

    18
    1
  2. ކުޑަހުސޭނު

    މިރާއްޖޭގަ ކައިވެނިކުރަން ބޭނުންވާމީހާ ގައިގަ ހުންނަން ޖެހޭ ޝަރުތަކަށް އޮންނާނީ މުޅިންވެސް މާލެ މާލެ މާލެ މާލެ....