މިމަހުގެ ތިން ވަނަ ދުވަހު ށ.ފުނަދޫގައި ހިނގި ޖެޓްސްކީ އެކްސިޑެންޓްގައި ނިޔާވި ޝުނާން ޝަރީފް، 22 ބަންގި ގޮވާ އަޑުއިވޭ އޯޑިއޯއެއް މީސްމީޑިއާގައި އާއްމު ވެއްޖެއެވެ.

މިހާރު މީސްމީޑިއާގައި އާއްމުވެފައިވާ ޝުނާން ބަންގި ގޮވާ އަޑުއިވޭ އޯޑިއޯ އާއްމުވުމާއި އެކީ ގިނަ ބައެއްގެ ސަމާލު ކަމަށް އެކަން ވަނީ އައިސްފައެވެ.

އޯޑިއޯއިން ޝުނާންގެ އަޑުން ވަަރަށް ރީތިކޮށް ބަންގީގެ އަޑު އިވެއެވެ. އަދި އޭނާގެ އަޑުގެ ފުރިހަމަ ކަން އެ އޯޑިއޯ އަޑު އިވުނު ހުރިހާ ފަރާތްތަކަށްވެސް އަންނަނީ ފާހަގަ ކުރަމުންނެވެ.

ފުނަދޫ ކައުންސިލްގެ އަހްމަދު އިބްރާހިމްފުޅު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޝުނާނަކީ ފުނަދޫގެ މިސްކިތްތަކުގައި ވެސް ބަންގި ގޮވާފައިވާ ޒުވާނެއް ކަމަށެވެ. ސްކޫލްގައި އުޅުނު ދުވަސްވަރުން ފެށިގެން އޭނާ މިސްކިތްތަކުގައި ބަންގި ގޮވާފައިވާ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ޝުނާން ޝަރީފް ނިޔާވެފައިވަނީ ޒުވާނުންތަކެއް ޕިކްނިކް ގޮސް އުޅުމުގެ ތެރޭގައި ޖެޓްސްކީ ފަހަތުގައި ޖަހައިގެން ދުއްވަމުން ދިޔަ ސީބެޑެއްއި ތިއްބާ ވިއްސައިގެން ގޮސްގެންނެވެ. އެވަގުތު ސީބެޑްގައި ދެ މީހުން ތިބިއިރު، އެކަކު ވަނީ މޫދަށް ފުންމާލާފައެވެ. އޭގައި ދެން އިނީ ޝުނާނެވެ.

ޝުނާން ވިއްސައިގެން ގޮސް ޖެހުނީ ގޮނޑުދޮށުގައި ހުރި ހަޓެއްގެ ލަކުޑި ޕޯސްޓެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢބްދުއްﷲ

    ޖެޓްސްކީ އެކްސިޑެންޓްގައި ނިޔާވި ޒުވާނާގެ އަޑުން އިވޭ ބަންގިއަށް ސަމާލުކަން

    36 މިނެޓް ކުރިން ( ޖޫން 8, 2021 )

    މިބަންގި ޝެއަރ ކުރެއްވުން ވަރަށް ބޮޑައް އެދެން . إنشاء الله އެމަރްހޫމަށް ދެވޭޞަދަޤާ

    ތަކަށް ހައްދަވައި ދެއްވަވާ.

    70
    3
  2. ވައިކިންގ

    މާޝާ ﷲ. މި އީ އަޅުގަނޑު އަހާލަން ބޭނުންވާކަހަލަ ޚަބަރެއް. ކީރިތި ﷲ އެ ފުރާނަ އަށް ބަރަކާތަ ލައްވާށި. އާމީން.

    76
    1
  3. މިތުރާ

    ޝުނާންނު ގެފުރާނަ އަށް ސުވަރުގެ މިންވަރު ކުރަށްވާދޭ، އާމީން،،،.

    73
    1
  4. ޙަސަން

    މާތްﷲ ސުނާން ޝަރީފުގެ ފާފަ ފުއްސަވައި، ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. ޢާއިލާޔަށް ކެތްތެރިކަމާއި، ފުރިހަމަ ޞިއްޙަތާއި، ޢާފިޔަތު ދެއްވާށި. އާމީން

    72
    1
  5. Ñ

    masha allah

    42
    1
  6. މޯހަން

    މާތްﷲ ސުނާން ޝަރީފުގެ ފާފަ ފުއްސަވައި، ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. ޢާއިލާޔަށް ކެތްތެރިކަމާއި، ފުރިހަމަ ޞިއްޙަތާއި، ޢާފިޔަތު ދެއްވާށި. އާމީން

    29
  7. އަޙެއް

    ތި ބަންގީގެ އަޑުއަހާލަން ވަރަށަ ބޭނުން..މި ހަބަރުގައި ބަންގި ހިމަނާލަދެއްވާ!

    11
  8. ސީނު

    ބަންގޮގޮވާ މީހުންނަކީ ނަރަކައިން ސަލާމަތްވެގެންވާ ބައެއްކަމުގައި ބުނެވޭ....މާތްﷲ ޝުނާން ޝަރީފް އަށް ސުވަރުގޭގެ އެންމެ މަތީދަރަޖަ މިންވަރު ކުރައްވާށި އާމީން

    10