އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކެލްގެ ދެވަނަ ދަރިފުޅުގެ ނަމަކަށް ލިލީބެޓް ކިޔާފައި ވަނީ ރާނީ އެލިޒަބަތުގެ ހުއްދަ އާއިއެކުގައި ކަމަށް "ޕޭޖް ސިކްސް" އިން ބުނެފިއެވެ.

ހެރީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ހުރިހާ އިމްތިޔާޒުތަކެއް 2020 ވަނަ އަހަރު ދޫކޮށް އެމެރިކާ އަށް ދިރިއުޅުން ބަދަލު ކުރުމުގެ ސަބަބުންނާއި އަދި މިއަހަރުގެ ކުރީކޮޅު ދިން އިންޓަވިއުގެ ސަބަބުން ހެރީ އާއި ޝާހީ އާއިލާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.

ރާނީ އެލިޒަބަތައް އާއިލާގެ ވަރަށް ހާއްސަ މެންބަރުން މުހާތަބު ކުރައްވާ ނަމެއް ކަމަށްވާ ލިލީބެޓް ހެރީގެ ދަރިފުޅަށް ދިން ނަމަވެސް އެހީ ރާނީ އެލިޒަބަތައް އިހްތިރާމް ކުޑަވެގެން ދާނެކަމެއް ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

ނަމަވެސް "ޕޭޖް ސިކްސް" ގައި ބުނެފައި ވަނީ ހެރީ ވަނީ ދަރިފުޅަށް ނަން ކިއުމުގެ ކުރިން އެކަމުގެ ހުއްދައަށް ރާނީ އެލިޒަބަތު އަރިހުން އެދިފައެވެ. ރާނީ އެލިޒަބަތު ވަނީ ވަރަށް އުފަލާއިއެކު ހެރީގެ ދަރިފުޅަށް ލިލީބެޓްގެ ނަން ދިނުމާއިމެދު އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ހެރީ އާއި މޭގަންގެ ދަރިފުޅަށް ކިޔާފައި ވަނީ ލިލީބެޓް ޑަޔާނާއެވެ. އާއްމުނަމެއްގެ ގޮތުގައި ދަރިފުޅާއި މުހާތަބު ކުރާނީ ލިލީގެ ނަމުންނެވެ. މަރުވެފައިވާ ހެރީގެ މަންމަ ޑަޔާނާ އަށް ހާއްސަކޮށް ދަރިފުޅުގެ ނަން ކިޔުމުން ގިނަ ބަޔަކު އަންނަނީ ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި އެކަން ފާހަގަ ކުރަމުންނެވެ.

ހެރީގެ ދަރިފުޅަށް ރާނީ އެލިޒަބަތުގެ ހާއްސަ ނަމެއް ކިޔާފައި ވާއިރު ޝާހީ އާއިލާ ދޫކޮށް ހެރީ އާއި މޭގަން އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރި ފަހުން ވެސް ގަވައިދުން ރާނީ އެލިޒަބަތު ހެރީއަށް ގުޅުއްވާ ހާލު އޮޅުންފިލުވާ ކަމަށް ހެރީ އާއި މޭގަން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަނެއް

    ޝާހީ އޭ މިކިޔާ އާއިލާގެ މެމްބަރުންނަކީ ހާދަބޮޑު އަޅުވެތިކަމެއްގަ ދިރިއުޅޭ ބައެކޭ. ބޭނުން އެއްޗެއް ނުކެވޭ. ކާން ޖެހެނީ ވަކި ކަނޑައެޅިފަ އޮންނައެއްޗެއް. ލާން ޖެހެނީ ވަކި ހެދުމެއް. ދަރިންނަށް ނަން ކިޔެނީ ރާނީގެ ހުއްދަލިބިގެން.

    9
    2
  2. ރިޔާޒުބެ

    އިންޑިޔާގެ އަޅުވެތިކަމަ އްވުރެ ރާނީގެ އަޅުވެތިކަންވެސް މާރަނގަޅު.