ޗޮކްލެޓް ކެއުމަކީ މީހާ ފަލަވެ ހަށިގަނޑު ބަރުކޮށްދޭ އެއްޗެއް ކަމަށް ވަރަށް ގިނައިން އަޑުއިވެއެވެ.
ނަމަވެސް ފަހުގެ ދިރާސާ ތަކުން ދައްކާ ގޮތުގައި ޗޮކްލެޓް ކެއުމުން ބަރުދަން ލުއިކޮށްދެއެވެ.
ނިޔުޓްރިޝަނަލް ބަޔޮކެމިސްޓްރީގެ ޖާނަލްއެއްގައި ޝާއިޢު ކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި ޗޮކުލެޓް ތައްޔާރު ކުރުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތް ކަމަށްވާ ކޮކޯ ޕައުޑަ އަކީ ޑައިޓްގައި ހިމެނުމަށް މުހިންމު ބާވަތެކެވެ. މީގެ ސަބަބުން ޑީއެންއޭ ހަލާކުވުން ދަށްކޮށްދީ އަދި ލިވާގައި ސަރުބީ އުފައްދައިދޭ މިންވަރު ވެސް ދަށްކޮށްދެއެވެ.
ކޮކޯއަކީ އޭގެ ޒާތުގައި އެތައް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ. ކޮކޯގައި ފައިބަރ، ދަގަނޑުގެ ބައި، ދިފާޢީ ނިޒާމް ވަރުގަދަ ކޮށްދިނުމަށް ބޭނުންވާ ކެމިކަލް ހިމެނެއެވެ. މިކަމުގެ ސަބަބުން ހަނދާން ނެތުމުގެ ބައްޔާއި، ކެންސަރާއި ހިތުގެ ބަލިތަކާއި ހަކުރު ބަލިން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދޭ ކަމަށް ޕެންސެލްވޭނިޔާ ސްޓޭޓް ޔުނިވަރސިޓީގެ ޕްރޮފެސަރ ޖޯޝުއާ ލެމްބާޓް ބުނެފައިވެއެވެ.
އިންސާނުންގެ ހަށިގަނޑުގައި ޖަހާ ސަރުބީ އާއި ކޮކޯއާ ގުޅޭ އިތުރު ހޯދުންތަކެއް ހޯދުމަށް ޖޯޝުއާ ބޭނުންވިއެވެ. މި ދިރާސާ ކުރުމަށް ލިވާ އަށް ބަލި ޖެހިފައިވާ މީދަލަކަށް 80 މިލިގުރާމް ކޮކޯ ޕައުޑަރ ދިނެވެ. މި ދިރާސާއިން ހޯދުނު ގޮތުގައި މި މީދަލުގެ 21 އިންސައްތަ ސަރުބީ މަދުކޮށްދީފައިވެއެވެ.
ލިވާގެ މައްސަލަ ޖެހޭ ފަރާތްތަކުން ކޮކޯ ޕައުޑަރ ބޭނުން ކުރުމުން ސަރުބީ މަދުކޮށްދޭ ކަމަށާއި ހަށިގަނޑުގައި ހަރުނުލާ ސަރުބީތައް ހަށިގަނޑުން ނިކުތުމަށް އެހީތެރިވެދޭ ކަމަށް ވެސް މި ދިރާސާގައި ވެއެވެ.
ނަމަވެސް މާގިނައިން ކޮކޯ ޕައުޑަރ ބޭނުން ނުކުރުމަށް ވެސް ޖޯޝުއާ އިލްތިމާސް ކޮށްފައިވެއެވެ.
ޗޮކްލެޓް ގެ ފައިދާ ލިބެނީ %75 ކޮކޯ ހުންނަ ޗޮކްލެޓުންނެވެ. ނުވަތަ %75 އަށް ވުރެ މަތިން ކޮޮކޯ ހުންނަ ޗޮކްލެޓުންނެވެ. އަދި ކޮކޯ ގެ ފައިދާ ހޯދުމަށް ޗޮކްލެޓް ކާންވަނީ-ވެސް ދުވާލަކަށް ވަރަށް ކުޑަކުޑަ އެތިކޮޅެކެވެެ. ދުވާލަކަށް އެއް އިންޗި އިންޗީ ގެ އެތިކޮޅަކަށް ވުރެ ގިނައިން ކައިފިނަމަ، ރަނގަޅެއް ނޫނެވެ. އަދި ގެއްލުން ވެސް ލިބެއެވެ. ދުވާލަކު މިވަރަށް ޗޮކްލެޓް ކެއުމަކީ ބަރުދަން ލުއި ކުރުމުގެ އިތުރުން ހަނދާން ގަދަ ކުރުމާއި، ސިކުނޑީގެ ވެސް ބޭހެކެވެ.
ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)
ބުނެއެއް ނުދޭތަ ކޮކޯޕައުޑަރ ދުވާލަކު ބޭނުން ކުރަންވީ ވަރެއް. ޑރ. ރާމީ ހަސަން މަނިކު ބުނެދީ ބަލަ.
ދުވާލަކު ބޭނުން ކުރާނީ ބޮޑުސަމުސަލުގެ އެކެއް ނުވަތަ ދެ ސަމުސާ. ތާފަނާ ފެނުގައި ގިރުން ރަނގަޅެއެވެ. ބައެއް ބޭފުޅުންނަށް ނެސްޕްރޭ، ކޯސްޓް-ކިރު، އެންކަރ ފަދަ ދަޅުކިރު އަޅައިގެން ގިރީމާ ވެސް ރަނގަޅެވެ. ބޯން ރަނގަޅީ ހެނދުނު ބްރެކްފަސްޓް ގަޑީ ގައެވެ. ކޮކޯ ޕައުޑަރ ގަންނައިރު އޭގައި ވީހާ ވެސް ގިނަ ޕަސަންޓޭޖް އެއްގެ ކޮކޯ ހުރޭތޯ ބަލަންވާނެއެވެ. ރަނގަޅީ، ޝުގަރ (ހަކުރު) އާއި އެހެން އެއްވެސް އެއްޗެއް ނާާޅާ ހަދާފައިހުރި % 100 ގެ ކޮކޯ ޕައުޑަރ އެވެ. ހެޔޮއެދެން!
ވީމާ ސިކުނޑި ރަގަޅުވޭތޯ މަގޭ ބޯބާލާފައި ބޮލުގައި ޗޮކްލެޓް ވެށިއްޔާ ރަގަޅުވާނެތޯ!
ހެއްހެއްހެއް......