ދުނިޔޭގެ އެކި ހިސާބުތަކުގައި ގުދުރަތީ ރީތިކަން ދައްކުވައިދޭ އެތައް ރީތި ގޮނޑުދޮށްތަކެއް އޮވެއެވެ. .

ދުނިޔޭގެ ކަނޑުގެ ދުވަހާ ގުޅިގެން ތައްޔާރު ކޮށްފައިވާ ދުނިޔޭގެ އެންމެ ރީތި ގޮނޑުދޮށްތަކުގެ އަށް ގޮނޑުދޮށެއް މިވަނީ ފާހަގަ ކޮށްފައެވެ. މި ލިސްޓު ތައްޔާރު ކުރުމުގައި ބަލައިފައިވަނީ ގުދުރަތީ ގޮތުން ރީތި ގޮނޑުދޮށްތަކަށެވެ. މިގޮތުން މި ލިސްޓުގައި ހިމެނެނީ:

އިންޑިއާގެ ރަދްނަގަރް ގޮނޑުދޮށް

އިންޑިއާގެ ހެވްލޮކްގައި ހުންނަ މި ގޮނޑުދޮށަކީ މުޅި އޭޝިއާގައި ވެސް ފާހަގަ ކޮށްލެވޭ ތަނެކެވެ. ޑައިވް ކުރުމަށް ހާއްސަ ކުރެވިފައިވާ މި ތަނަކީ ގުދުރަތީ ރީތިކަން ދައްކުވައިދޭ ފުރިހަމަ ހެއްކެކެވެ.

ދިވެހިރާއްޖޭގެ ފުޅަދޫ ގޮނޑުދޮށް

ބ.އަތޮޅުގައި އޮންނަ މި ތަނަކީ ވަރަށް ހިތްގައިމު ދޮންވެލިގަނޑަކާއި މޫދެއް އެކުލެވޭ ގުދުރަތީ ރީތިކަން ދައްކުވައިދޭ ތަނެކެވެ.

ދެކުނު އެފްރިކާގެ ބޮލްޑަސް ގޮނޑުދޮށް

ޓޭބަލް މައުންޓެން ނެޝަނަލް ޕާކުގައިވާ މި ތަނަކީ ޕެންގުއިން އުޅޭ ތަނެކެވެ. މިތަނަށް ގިނަ ފަތުރުވެރިން ދަތުރު ކުރާ މައިގަނޑު އެއް ސަބަބަކީ މިތަނުގެ ގުދުރަތީ ރީތި ކަމެވެ.

މެކްސިކޯގެ ހިޑަން ބީޗް

ހޯލްއެއްގެ ތެރޭގައި ފޮރުވިފައިވާ މި ގޮނޑުދޮށަކީ ގުދުރަތީ ރީތިކަމާއި ތަފާތު އެތައް ކަމެއް ހިމެނޭ ތަނެކެވެ.

ރާއްޖޭގެ ކޮކޯ އައިލެންޑް

މި ހިތްގައިމު ގޮނޑުދޮށުގައި ހިނގާލާއިރު ގުދުރަތުގެ ރީތިކަން ދައްކުވައިދެއެވެ. މިއީ ގިނަ ބަޔަކު ޒިޔާރަތް ކޮށްލުމަށް ބޭނުންވެފައިވާ ތަނެކެވެ.

މީގެއިތުރުން ވެސް މި ލިސްޓުގައި ހިމެނެނީ އަރުބާގެ އީގަލް ބީޗާއި، ބްރެޒިލްގެ ސަންޗޯ ބޭއާއި ފިލިޕީންސްގެ ވައިޓް ބީޗެވެ. ނަމަވެސް މީގެއިތުރަށް ވެސް ހިތްގައިމު އެތައް ގޮނޑުދޮށްތަކެއް ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު