މީގެ 10 އަހަރު ކުރިން 2011 ވަނަ އަހަރު ބޮލީވުޑު ފިލުމް އިންޑަސްޓްރީ އަށް ތައާރަފްވި ބަތަލާ ޕްރިނީތީ ޗޯޕްރާ ފިލުމެއްގެ ޝޫޓިންއަކަށް ދެ ދުވަސްވަންދެން ފެންނުވަރާ ހުރިކަމަށް ބުނެފިއެވެ.

އަރްޖުން ކަޕުރާ އެކު މި އަހަރު ޕަރިނީތީ ކުޅެފައިވާ ފިލުމު ''ސަންދީޕް އޯރް ޕިންކީ ފަރާރް'' ގެ ސީންއެއް ކުޅުމަށް ދެ ދުވަސް އެއްކޮށް ފެން ނުވަރާ ހުރިކަމަށް އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ފަރުބަދައެއްގެ މަތީގައި ހުރި ކުޑަ ޖިފުޓި ގަނޑެއްގައި ބައިގެންދާ މަންޒަރު ދައްކުވައިދިނުމަށާއި އެ ފިލުމުގައި ޕްރީނީތީ އަދާކޮށްފައިވާ ކެރެކްޓަރ ރަނގަޅަށް އެންމެ ފުރިހަމަ ގޮތުގައި ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް މިއީ ޕްރަތީނީތީ ކޮށްފައިވާ ކަމެކެވެ.

''މުޅި އެ ސީން އެއްކޮށް އެ ޖިފުޓިގަނޑުގައި ނަގާފައިވަނީ ދެތިން ދުވަހުން. އެކްޓަރެއްގެ ހައިސިއްޔަތުން މި ސީން ފުރިހަމައަށް ގެނެސްދިނުމަށް އަހަރެން ހުރީ ފެން ވެސް ނުވަރާ. މިހެން ބުނުމުން މިކަމާ މެދު ބެލުންތެރިން ދެކޭނެ ގޮތެއް ނޭނގެ. އެކަމަކު ވެސް މި ސީން ނިމެންދެން އަހަރެން އުޅުނީ ފެން ނުވަރާ'' އިންޓަވިއުގައި ޕްރިނީތީ ބުނެފައިވެއެވެ.

''ޝޫޓިން ކުރިއަށް ދިޔަ ތަނަކީ ވަރަށް ހަޑި ތަނެއް. ޝޫޓިން ނިންމާފައި ގެއަށް އަންނައިރު އަހަރެންގެ ގައިގައި ހުންނަނީ ޗަކަ. ބޮލުގެ އިސްތަށިގަނޑު ހުންނަނީ ހިރަފުހުން ހުދުވެފަ. އަހަރެން ނިދަނީ ވެސް އެ ހުރިގޮތަށް. އަދި އަނެއް ދުވަހު ޝޫޓިންއަށް އެނބުރި ދަނީ ވެސް އެގޮތަށް'' ޕްރިނީތީ ބުންޏެވެ.

ޕަރިނީތީ މިގޮތަށް ކަންތައް ކޮށްދީފައިވަނީ މޭކަޕް ބޭނުން ނުކޮށް އެ ކެރެކްޓަ ރަނގަޅަށް ދައްކައިދިނުމަށް ކަމަށް ވެސް ބުނެފައިވެއެވެ. މި ފިލުމު ރިލީޒް ކޮށްފައި ވަނީ މިދިޔަ މާޗް މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަންނި

    ގައިން ވަރަށް މީރުވަސް ދުވާނެ އެހެންވިއްޔާ.

    16
    3
  2. ޔ

    އިންޑިޔާ މީހުން ކޮންއިރަކުތަމާވަރަކަށް ފެންވަރާއުޅުނީ

    10
    1
  3. ޕިޗް

    ތީ އެއްވެސް އެއްވެސް ކަމެއް ނޫން، މަގޭ ކޮއްކޮ ފެން ނުވަރާ ހުންނާނެ ހަފްތާއެއް ވަންދެން ވެސް.