ކުރީޒަމާނުގައި ދިރިއުޅުނު ރަސްރަސްކަލުން ގިނަ އަދަދެއްގެ ކަނބަލުންނާއި ކައިވެނި ކުރެއްވިކަމަށް ބުނެއުޅެއެވެ. ނަމަވެސް، 21 ވަނަ ގަރުނުގައި އެތައް ބަޔަކާ ކައިވެނިކޮށްގެން އުޅުން އާންމެއް ނޫނެެވެ.

އެހެން ނަމަވެސް މިއީ އެފަދަ ވާހަކައެވެ. މިއީ 37 ވަނަ ކައިވެންޏެއް ކުރި މީހެއްގެ ވާހަކައެވެ.

މީސް މީޑިއާގައި މީހަކު ވީޑިއޯ އާއްމުކޮށް ބުނެފައި ވަނީ، ދުވަސްވީ ފިރިހެނަކު އޭނާގެ 28 އަނބިންނާއި، 135 ދަރިން އަދި 126 ކާފަދަރިންގެ ކުރިމަތީގައި ކައިވެނި ކުރަނީ ކަމަށެވެ.

45 ސިކުންތުގެ މި ވީޑިއޯއަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، އެ ވީޑިއޯ މީސް މީޑިއާއަށް ދޫކޮށްލައިފައިވަނީ އިންޑިއާގެ އައިޕީއެސް އޮފިސަރ ރުޕިން ޝަރްމާއެވެ. ވީޑިއޯ ހިއްސާކުރަމުން ޝަރްމާ ބުނެފައިވަނީ މިއީ އެންމެ ހިތްވަރުގަދަ މީހާ ކަމަށެވެ.

"އޭނާ ކައިވެނި ކުރީ 28 އަނބިންނާއި، 135 ދަރިންގެ އިތުރުން 126 ކާފަދަރިންގެ ކުރިމަތީގައި". އޭނާ ބުނެފައިވެއެވެ.

މި ވީޑިއޯ ނަގާފައިވަނީ ކޮންއިރަކުކަމެއް ނުވަތަ ހާދިސާ ހިނގާފައިވަނީ ކޮންއިރަކު ކަމެއް ސާފެއް ނުވެއެވެ.

ވީޑިއޯއަށް ކޮމެންޓުކޮށް މީހަކު ބުނެފައިވަނީ ތިއީ ލެއްވި ނަސީބެއް ކަމަށާއި، އޭނާ އުޅެނީ އެންމެ މީހަކު ގޮވައިގެން ވެސް ނޫޅެވިގެން ކަމަށެވެ. އަދި ހަމަ އެހެން މީހަކު ވީޑިއޯއަށް ކޮމެންޓުކޮށް ބުނެފައިވަނީ އޭނާ މިއުޅެނީ އެންމެ ކައިވެންޏެއް ކުރާނެހާ ވެސް ހިތްވަރު ނެތް ކަމަށެވެ.

މި މީހާ 37 ކައިވެނި ކުރުމަކީ މޮޅު ކަމެއްގެ ގޮތުގައި އޭނާ ސިފަކޮށްފައި ވެއެވެ. ގިނަ ބަޔަކު ކޮމެންޓުކޮށް އެމީހެއްގެ ހިޔާލު ފާޅުކޮށްފައިވެއެވެ.

މި މީހާ ހުރިހާ އަނބިން ގޮވައިގެން ދިރިއުޅެނީ ކިހިނެއް ކަމާއި މެދު ބައެއް މީހުން ސުވާލު އުފައްދާފައިވެެއެވެ.

މިއީ ކޮން އިރެއްގެ ކޮންތަނެއްގައި ނަގާފައިވާ ވީޑިއޯއެއް ކަން މީސް މީޑިއާގައި ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ޥޭލު

  ހާލި ނިލެއު. މީހުނާ އިންނަ ހިތް ވިއަސް ބޮޑުވަރު. ހަމަ އިންނަންޖެހޭނީ އެކަކާ ކަޑަވިޔަސް

  12
  13
 2. ޒިންމާކުޑަ

  ތިވީޑިއޯއިން ހަބަރުގައި ބުނެފައިވާ އެއްވެސް އެއްޗެއް ސާބިތެއް ނުވޭ. އެއްވެސް ހެއްކެތް ގަރީނާއެއް ނެތް ޓްވިޓަރ ޕޯސްޓުތަކަށް ދިވެހި ނޫސްތަކުގައި ހަބަރު ލިޔަނީ ކުރާނެ ކަމެއް ނެތިގެންތަ؟ މިއަށްވުރެން ރަނގަޅުވާނެ ނޫސްވެރިކަން ހުއްޓާލާފައި ފިހާރައެއްގެ ސޭޓަކަށް ގޮސް އިނަސް. މުޖުތަމަޢުއަށާއި ތިމާއަށް ފައިދާހުރި ކަމެއް ކުރެވުނު ކަމަކަށްވާނެ.

  52
  3
 3. ޜަޟީ

  ޢިސްލާމް ދީނުގެ މާތް ކަން.މިވަރުން ވެސް މި މީސް މީހުންނަކަށް ނޭގޭނެ

  26
  10
  • ށަވިޔަނި

   އިސްލާމްދީންގައި 4 އަބިންނާއި އެއްފަހަރާ ކައިވެނިކޮށްގެން އުޅެވޭނީ

   20
  • މުރުތައްދު

   ކޮން ފޮތެއްގެ އޮތް ގޮތެއް މީ.. ގައިމު މަށަށް އިނގިގެން މީ އިސްލާމް ދީނުގަ އޮންނަނީ 4 އަނބިން

   18
 4. ޗިން ޗިން

  ހަޔާތް ކުޑަ މީހެއް ދޯ

  12
  1
 5. ޗެ

  މުޑުދާރުކަން.

  8
  1
 6. މިތުރާ

  ތިސޮރަށް ކެތްވޭތަ؟ ބަ އެ އްމީހުންނަށް 1 އަންބިިން ނާ އެކީ ނޫޅެވޭކަމަށްވަނީ، ތިވާނީ ނުފޫޒު ގަދަމީހަކަށް 🤣

 7. އަހަރެން

  ކޮން އިރެއްގެ ކޮންތަނެއްގައި ނަގާފައިވާ ވީޑިއޯއެއް ކަންނޭގޭ އިރު ކިހިނެއްތަ ކިތައްވަނަ ކައިވެނިކަން އެގުނީ؟

  9
  1
 8. ހޫ

  ޖިންސީގުޅުމުން އަރާ ބައްޔެއް ވިއްޔާ ޖެހިފަ ހުންނާނީ މީނައަށް.

  4
  1
 9. ސާބިތުނުވާ ހަބަރު

  ޓުވިޓާ ފބ ގަ ހުންނަ ސާބިތުނުވާ ހަބަރު ޓަޢިޓަލް ގަ ނުޖަހާށެވެ. ރއްޔިތުންނަށް އޮޅޭނެއެވެ

 10. ޙުވާ

  ކިހިނެއް އެނގެނީ މިއީ 4 ވަނަ ނުވަތަ 1 ވަނަ ކައިވެނި ކަމެއް. ސާބިތު ނުވާ ހަބަރު ނުޖަހާ

 11. ރާނިޔާ ނަހުލާ ނަސީދާ ރަބިއްޔާ

  ގާސިމަށް ވުރެންވެސް ކަންތައްފަލަ ދޯ🤣😂🤣😂