ކުރީޒަމާނުގައި ދިރިއުޅުނު ރަސްރަސްކަލުން ގިނަ އަދަދެއްގެ ކަނބަލުންނާއި ކައިވެނި ކުރެއްވިކަމަށް ބުނެއުޅެއެވެ. ނަމަވެސް، 21 ވަނަ ގަރުނުގައި އެތައް ބަޔަކާ ކައިވެނިކޮށްގެން އުޅުން އާންމެއް ނޫނެެވެ.
އެހެން ނަމަވެސް މިއީ އެފަދަ ވާހަކައެވެ. މިއީ 37 ވަނަ ކައިވެންޏެއް ކުރި މީހެއްގެ ވާހަކައެވެ.
މީސް މީޑިއާގައި މީހަކު ވީޑިއޯ އާއްމުކޮށް ބުނެފައި ވަނީ، ދުވަސްވީ ފިރިހެނަކު އޭނާގެ 28 އަނބިންނާއި، 135 ދަރިން އަދި 126 ކާފަދަރިންގެ ކުރިމަތީގައި ކައިވެނި ކުރަނީ ކަމަށެވެ.
45 ސިކުންތުގެ މި ވީޑިއޯއަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، އެ ވީޑިއޯ މީސް މީޑިއާއަށް ދޫކޮށްލައިފައިވަނީ އިންޑިއާގެ އައިޕީއެސް އޮފިސަރ ރުޕިން ޝަރްމާއެވެ. ވީޑިއޯ ހިއްސާކުރަމުން ޝަރްމާ ބުނެފައިވަނީ މިއީ އެންމެ ހިތްވަރުގަދަ މީހާ ކަމަށެވެ.
"އޭނާ ކައިވެނި ކުރީ 28 އަނބިންނާއި، 135 ދަރިންގެ އިތުރުން 126 ކާފަދަރިންގެ ކުރިމަތީގައި". އޭނާ ބުނެފައިވެއެވެ.
BRAVEST MAN..... LIVING
37th marriage in front of 28 wives, 135 children and 126 grandchildren.👇👇 pic.twitter.com/DGyx4wBkHY
— Rupin Sharma IPS (@rupin1992) June 6, 2021
މި ވީޑިއޯ ނަގާފައިވަނީ ކޮންއިރަކުކަމެއް ނުވަތަ ހާދިސާ ހިނގާފައިވަނީ ކޮންއިރަކު ކަމެއް ސާފެއް ނުވެއެވެ.
ވީޑިއޯއަށް ކޮމެންޓުކޮށް މީހަކު ބުނެފައިވަނީ ތިއީ ލެއްވި ނަސީބެއް ކަމަށާއި، އޭނާ އުޅެނީ އެންމެ މީހަކު ގޮވައިގެން ވެސް ނޫޅެވިގެން ކަމަށެވެ. އަދި ހަމަ އެހެން މީހަކު ވީޑިއޯއަށް ކޮމެންޓުކޮށް ބުނެފައިވަނީ އޭނާ މިއުޅެނީ އެންމެ ކައިވެންޏެއް ކުރާނެހާ ވެސް ހިތްވަރު ނެތް ކަމަށެވެ.
މި މީހާ 37 ކައިވެނި ކުރުމަކީ މޮޅު ކަމެއްގެ ގޮތުގައި އޭނާ ސިފަކޮށްފައި ވެއެވެ. ގިނަ ބަޔަކު ކޮމެންޓުކޮށް އެމީހެއްގެ ހިޔާލު ފާޅުކޮށްފައިވެއެވެ.
މި މީހާ ހުރިހާ އަނބިން ގޮވައިގެން ދިރިއުޅެނީ ކިހިނެއް ކަމާއި މެދު ބައެއް މީހުން ސުވާލު އުފައްދާފައިވެެއެވެ.
މިއީ ކޮން އިރެއްގެ ކޮންތަނެއްގައި ނަގާފައިވާ ވީޑިއޯއެއް ކަން މީސް މީޑިއާގައި ބުނެފައެއް ނުވެއެވެ.
ހާލި ނިލެއު. މީހުނާ އިންނަ ހިތް ވިއަސް ބޮޑުވަރު. ހަމަ އިންނަންޖެހޭނީ އެކަކާ ކަޑަވިޔަސް
މިއީ ޖާހިލު ޒަމާނުގައި ކަންއޮންނަ ގޮތް. އިސްލާމްދީން ބާއްވާލެއްވުމަށް ފަހު މާތް ﷲ މިކަން ލިމިޓް ކުރެއްވެވީ ފިރިހެނުންނަށް ކައިވެނި ކުރެވޭނީ އެންމެ ގިނަވެގެން ހަތަރު އަބިންނާއިކަމާ އަދި އެކަނބަލުންނާއި މެދު ޢަދުލުވެރިކޮށް ކަންތައް ނުކުރެވޭނެ ނަމަ އަދި ޢަދުލުވެރިކަމާއި އެކީ އަބިންނާއި ދޭތެރޭ ކަންތައް ނުކުރެވޭނެ ކަމަށް ވެސް މާތް ﷲ ކީރިތި ޤުރްއާނުގައި އަންގަވާފައިވޭ. އެހެންކަމަށްވާނަމަ، އެސަބަބަށްޓަކައި މާތް ﷲ ބޮޑަށް ބާރުއަޅުއްވާފައި ވަނީ އިސްލާމްދީނުގައި އެކަކާއި ކައިވެނި ކޮއްގެން އުޅުމަށް.
ތިވީޑިއޯއިން ހަބަރުގައި ބުނެފައިވާ އެއްވެސް އެއްޗެއް ސާބިތެއް ނުވޭ. އެއްވެސް ހެއްކެތް ގަރީނާއެއް ނެތް ޓްވިޓަރ ޕޯސްޓުތަކަށް ދިވެހި ނޫސްތަކުގައި ހަބަރު ލިޔަނީ ކުރާނެ ކަމެއް ނެތިގެންތަ؟ މިއަށްވުރެން ރަނގަޅުވާނެ ނޫސްވެރިކަން ހުއްޓާލާފައި ފިހާރައެއްގެ ސޭޓަކަށް ގޮސް އިނަސް. މުޖުތަމަޢުއަށާއި ތިމާއަށް ފައިދާހުރި ކަމެއް ކުރެވުނު ކަމަކަށްވާނެ.
ޢިސްލާމް ދީނުގެ މާތް ކަން.މިވަރުން ވެސް މި މީސް މީހުންނަކަށް ނޭގޭނެ
އިސްލާމްދީންގައި 4 އަބިންނާއި އެއްފަހަރާ ކައިވެނިކޮށްގެން އުޅެވޭނީ
ކޮން ފޮތެއްގެ އޮތް ގޮތެއް މީ.. ގައިމު މަށަށް އިނގިގެން މީ އިސްލާމް ދީނުގަ އޮންނަނީ 4 އަނބިން
ހަޔާތް ކުޑަ މީހެއް ދޯ
މުޑުދާރުކަން.
ތިސޮރަށް ކެތްވޭތަ؟ ބަ އެ އްމީހުންނަށް 1 އަންބިިން ނާ އެކީ ނޫޅެވޭކަމަށްވަނީ، ތިވާނީ ނުފޫޒު ގަދަމީހަކަށް 🤣
ކޮން އިރެއްގެ ކޮންތަނެއްގައި ނަގާފައިވާ ވީޑިއޯއެއް ކަންނޭގޭ އިރު ކިހިނެއްތަ ކިތައްވަނަ ކައިވެނިކަން އެގުނީ؟
ޖިންސީގުޅުމުން އަރާ ބައްޔެއް ވިއްޔާ ޖެހިފަ ހުންނާނީ މީނައަށް.
ޓުވިޓާ ފބ ގަ ހުންނަ ސާބިތުނުވާ ހަބަރު ޓަޢިޓަލް ގަ ނުޖަހާށެވެ. ރއްޔިތުންނަށް އޮޅޭނެއެވެ
ކިހިނެއް އެނގެނީ މިއީ 4 ވަނަ ނުވަތަ 1 ވަނަ ކައިވެނި ކަމެއް. ސާބިތު ނުވާ ހަބަރު ނުޖަހާ
ގާސިމަށް ވުރެންވެސް ކަންތައްފަލަ ދޯ🤣😂🤣😂