ޕާކިސްތާންގެ އެންމެ މަޝްހޫރު އެއް މިއުޒީޝަން ކަމަށްވާ ފަރްހާދް ހުމަޔުން މަރުވެއްޖެއެވެ. އޭނާ މަރުވެފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އެކަން އޭނާގެ ބޭންޑުން ވަނީ މީސް މީޑިއާގައި މެދުވެރިކޮށް އާއްމުކޮށްފައެވެ.

އޭނާއަކީ އެތައް ބައެއްގެ ސަމާލުކަން ލިބިގެން ދިޔަ މުއިޒީޝަނެކެވެ. އޭނާ އަކީ ލަވަ ކިޔުންތެރިއެކެވެ. ޑްރަމަރެކެވެ. އަދި ވީޑިއޯ އާޓިސްޓެއްގެ ގޮތުގައި އާއި ރެކޯޑާ، ޕްރޮޑިއުޝަރެއްގެ ގޮތުގައިވެސް އޭނާ މަސައްކަތް ކޮށްފައި ވެއެވެ.

އޭނާ އަކީ އޯވާލޯޑް ބޭންޑްގައި 2003ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުންދިޔަ ފަންނާނެކެވެ. އޭނާއަކީ އެތައް އެވޯޑެއްވެސް ހާސިލްކޮށްފައިވާ ފަންނާނެއެވެ. ހާއްސަކޮށް އޭނާގެ އޯޑިއޯތަކާއި، ވީޑިއޯ މަސައްކަތްތަކަށް އެވޯޑް ހާސިލް ކޮށްފައި ވެއެވެ.

ފަރްހާދަކީ ޖޭޒީއަށް ނިސްބަތްވާ މީހެކެވެ. އޭނާގެ މަންމަ ނަވިޑް ޝާހްޒާދްއަކީ މަޝްހޫރު އެކްޓްރެސްއެކެވެ. އަދި ތައުލީމީ ދާއިރާގައި ފާހަގަކޮށްލެވޭ މީހެކެވެ.

އޭނާގެ ކުއްލި މަރާއެކު އެތައް ބަޔަކު ދަނީ ހިތާމަ ފާޅު ކުރަމުންނެވެ. ހާއްސަކޮށް އޭނާއާ އެކުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި އޭނާގެ ފޭނުން ދަނީއެކަމާއި ހިތާމަ ފާޅުކޮށް ވާހަކަދައްކަމުންނެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޖަހައްނަމައިގަ ދެން މިއުޒިކް ކުޅޭ

    1
    1
  2. ފީފާ

    މަރުވަފައި ތިބޭމީހުންނަށް ހެޔޮބަހެއް ނޫނީ ހެޔޮދުޢަާ ކުރައްވާ
    ސަބަބަކީމަރުވުމުގެ ކުރިން ފުރިހަމަ ތައުބާ އަކުން ތައުބާ ނުވާކަމެއް ކިހިނެއް އިގޭނީ