ސައުދި އަރަބިއްޔާ އަށް އުފަން އަންހެނަކާއި އޭނާގެ އަންހެން ދަރިފުޅާ އެއްކޮށް ބެޗްލާސް ޑިގްރީއަށް ކިޔަވާ ނިންމާލައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދެ މައިން އެކުގައި ބެޗްލާސް ޑިގްރީއަށް ކިޔަވާފައި ވަނީ ޝަގްރާ ޔުނިވާސިޓީންނެވެ.
އެ އަންހެން މީހާއަކީ ފަސް އަންހެން ކުދިންގެ މަންމައެކެވެ. އޭނާ އަށް މާމަ ކިޔާ ތިން ފިރިހެން ދަރިން ވެސް ތިބެއެވެ.
"އަހަރެން ޔުނިވާސިޓީއަށް ވަނީ، މާތީ ސާނަވީއަށް ތައުލީމް ހޯމް ސްޓަޑީ ސިސްޓަމްއިން ކިޔެވުމަށްފަހު، އޭގެެ އެއް އަހަރު ފަހުން. އަހަރެންގެ ހުރިހާ ދަރިންނާއި، ފިރިމިހާގެ ފަރާތުން ބޮޑު އެއްބާރުލުމެއް އަހަރެންނަށް ލިބިގެން ދިޔަ މިހާ ހިސާބަށް އައުމަށް"، އެއިދާހް އަލް ރަޝީދީ ބުނެފައި ވެއެވެ.
އޭނާ އެހާ ހިސާބަށް އައިސްފައި ވަނީ އެތައް ގޮންޖެހުންތަކަކާ ވެސް ކުރިމަތިލުމަށްފަހުއެވެ. ބެޗްލާސް ޑިގްރީއަށް ކިޔެވުމަކީ އޭނާގެ ހުވަފެނެކެވެ
ދަރިފުޅާއެކު މަންމަވެސް ޑިގްރީ ނިމުމުން، އޭނާގެ އެ ދަރިފުޅަށް ބުނެދޭން ނޭނގޭހާ އުފާވެރި އިހުސާސެއް ކުރެވުނު ކަމަށް ބުނެފައި ވެއެވެ.
"އަހަރެން ވަރަށް އުފާވޭ ފަހުރުވެރިވެ ވެެސް ވޭ މަންމައަށްޓަކައި، ކިޔެވުމަށްޓަކައި މަންމަ ހުރޭ އަހަރެންނާއި އެކު ހޭލާވެސް އަދި ކިޔަވަމުންދިޔައިރު، އެކަކު އަނެކަކަށް ހިތްވަރު ދިނުމާއި، ކިޔެވުމަށް ބާރު އެޅުމުގައިވެސް ދެ މީހުންވެސް އުޅޭ". އެއިދާހްގެ ދަރިފުޅު އަރީޖް ބުނެފައި ވެއެވެ.
އެއިދާހް އާއި އޭނާގެ ދަރިފުޅު ކިޔެވުމުގެ ކަންތައްތަކުގައި އުޅުނީ އެކުގައި ކަމަށް އެ މީހުން ބުނެފައި ވެއެވެ.
އެއިދާހް ޑިގްރީއަށް ކިޔަވާފައި ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިންނެވެ. އޭނާގެ ދަރިފުޅު ޑިގްރީ އަށް ކިޔަވާފައި ވަނީ ކިންޑާގާޓެން ދާއިރާއިންނެވެ.
ކިޔެވުމަށް ނިމުމެއް ނެތެވެ. "މަންމަގެ އުނގުން ފެށިގެން ކައްވަޅަށް ދާންދެން ޢިލްމު އުނގެނޭށެވެ"