ދުނިޔެ އަށް މަޝްހޫރު ލަވަ ކިޔާ ބޭންޑެއް ކަމުގައިވާ ދެކުނު ކޮރެޔާގެ ބެންގްޓަން ބޯއީސް ނުވަތަ ބީޓީއެސްގެ މެމްބަރެއް ކަމުގައިވާ ޖަންގް ހޮސެއެކް ނުވަތަ ސްޓޭޖް މަތީ ނަމުން ނަމަ ޖޭ-ހޮޕްގެ ފަރާތުން 10 ދަރިވަރަކަށް ސްކޯލާޝޮޕެއް އެވޯޑު ކޮށްފިއެވެ.
ޖޫން އަށް ވަނަ ދުވަހު ވޫސޫ ޑޮންގިން ހޯލުގައި ބޭއްވި މި ރައްސްމިޔާތުގައި ޖިއޮންނަމް ގާލްސް ކޮމާޝިއަލް ހައި ސުކޫލުގެ ދަރިވަރުންގެ ތެރެއިން ކިޔެވުމަށް އެންމެ ރަނގަޅު އަދި އަހުލާގީ ގޮތުން ވެސް އެންމެ ރަނގަޅު 10 ދަރިވަރުންނަށް 90،000 ޑޮލަރު ހަދިޔާ ކޮށްފައިވެއެވެ.
ޖޭ-ހޮޕް ހުށަހަޅާ މި ސްކޯލާޝިޕް މިހާތަނަށް ޖުމުލަ 30 ދަރިވަރަކަށް ލިބިފައިވެއެވެ. 90،000 ޑޮލަރުގެ މި ސްކޯލާޝިިޕް ބޭނުންވެގެން ކިޔެވުމަށް މަސައްކަތް ކުރާ ދަރިވަރުން ވެސް ވަރަށް ދެކުނު ކޮރެޔާގައި ވަރަށް ގިނައެވެ.
މި އަހަރު މި ސްކޯލާޝިޕް ލިބުނު ދަރިވަރެއް ކަމުގައިވާ ސަން ޔެ ވޮން ބުނެފައިވަނީ ޖޭ-ހޮޕްގެ ފަރާތުން ސްކޯލާޝިޕެއް ލިބުމަކީ އޭނާ ވަރަށް ފަހުރުވެރިވާ ކަމެއް ކަމުގައެވެ.
ޖިއޮންނަމް ގާލްސް ކޮމާޝިއަލް ހައި ސުކޫލުގެ ޕްރިންސިޕަލް ޖޭ-ހޮޕްއަށް ޝުކުރު އަދާކޮށް ބުނެފައިވަނީ ތަޢުލީމު ހާސިލު ކުރުމަށް ބޭނުންވާ ދަރިވަރުންނަށް އަބަދުވެސް އެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ޖޭ-ހޮޕްއަކީ ފައިސާގެ ގޮތުން އެހީތެރިވުމުގައި ފާހަގަ ކޮށްލެވޭ ފަންނާނެކެވެ. ދެކުނު ކޮރެޔާގެ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ވެސް ޖޭ-ހޮޕް ވަނީ 90،000 ޑޮލަރު ކުޑަކުދިންނަށް އެހީވުމަށް ހަދިޔާ ކޮށްފައެވެ. މީގެއިތުރުން ކޮވިޑުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ވެސް ވަނީ 628،061.84 ޑޮލަރު ހަދިޔާ ކޮށްފައިވެއެވެ.
ހޯޕް އިޒް ލާވް
ވަރަށް ފުރިހަމަ ހަބަރެއް. ޖޭހޯޕް ހަމަ ބެސްޓް! 💜
އިސްލާމް ދީނުގައި ލަވަކިޔުމުގައި ޖާގައެއް ނެތް... އެކަމަކު ވެސް ރަގަޅު ކަމެއް އެކުރީ... 😧
މިއުޒިކްގެ ވަކިވައްތަރެއް ނޫންތޯ ހަރާމް ވަނީ؟؟ އަހަރުމެންގެ ދީނުގައި ކަންއޮތްގޮތް ރަގަޅަށް ނޭންގޭ ކަންތައްތަކުގައި ކޮމެންޓް ނުކުރުން ރަގަޅު.
💜💛
💜💜💜💜💜💜💜