ރަޝިއާގެ ޖަލުތަކުގެ ގާޑުންގެ ގޮތުގައި ތިބޭ އަންހެނުންގެ މެދުގައި ކޮންމެ އަހަރަކު ވެސް ރީތީގެ ރާނީން ހޮވުމުގެ މުބާރާތެއް ކުރިއަށް ގެންދެއެވެ. މިއީ ރަޝިއާގެ ހުރިހާ ސަރަހައްދެއްގައި ހުންނަ ޖަލުތަކުގެ ގާޑުން ބައިވެރިކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

ރަޝިއާގެ ފެޑްރަލް ޕެނިޓެންޝަރީ ސާވިސް އިން ވަނީ މިސް ޕީނަލް ސިސްޓަމް ކޮންޓެސްޓްގައި ބައިވެރިވާ އެންމެ ރީތި 12 ގާޑުން މިހާރު ހޮވާފައެވެ. މުބާރާތުގެ ފައިނަލް ބުރުގައި ބައިވެރިވާ 12 ގާޑުން ހޮވާފައި ވަނީ 100 ވަރަކަށް ގާޑުންގެ މެދުގައި ބޭއްވުނު ލޯކަލް މުބާރާތުގެ ތެރެއިންނެވެ.

މިހާރު ވަނީ އެންމެ ރީތި ގާޑަކު ހޮވަން އާއްމުން ވޯޓް ދިނުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިވޯޓްލުން މިމަހުގެ 07 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. ވޯޓް ލުމުގެ ފުރުސަތު ހުޅުވަލާފައި ވަނީ އޮންލައިންކޮށެވެ. އެހެންކަމުން ވޯޓް ލުމަށް ކޮންމެހެން ރަޝިއާ މީހަކަށް ވާކަށް ނުޖެހެއެވެ.

ރީތި ގާޑަކު ހޮވުމަށް ވޯޓް ލާނެ ލިންކް

ރަޝިއާގެ ޖަލުތަކުގައި މަސައްކަތް ކުރާ ގާޑުންގެ ތެރެއިން އެންމެ ރީތި ގާޑަކު ހޮވުމުގެ މުބާރާތުގެ ޚަބަރު އާއްމުވުމާއިއެކު އެތައް ބަޔަކު ދަނީ އެމީހުން ޖަލަށް ދާން ބޭނުންވާ ކަމަށް ބުނެ މީސް މީޑިއާގައި ތަފާތު ކޮމެންޓްތައް ކުރަމުންނެވެ. އެކޮމެންޓްތަކަށް ޖަވާބުދާރީވަރުން ރަޝިއާގެ ފެޑްރަލް ޕެނިޓެންޝަރީން ބުނީ މިއީ ޖަލަށް މީހުން ދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެއް ނޫން ކަމަށެވެ. މިއީ ގާޑުންނަށް އިތުރު ފުރުސަތުތައް ތަނަވަސްކޮށްދޭން ބާއްވާ މުބާރާތެއް ކަމަށް އެއިދާރާ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ތިވީގޮތުން ރާއްޖޭގަވެސް ތިކަން ފަށާފާނެ.

    15
    1
  2. ޑައިވަރޭ

    ޔާމީނާއި އަދީބު ރަށިޔާ ޖަލައްބަދަލު ކުރަން ޕީޕީ ކުދިން ގޮވާނެ މިފަހަރު

    5
    11