ދުނިޔޭގެ ރިކޯޑު ފޮތުން ކޮންމެ އަހަރަކު ވެސް އެތައް ބަޔަކު ޖާގަ ހޯދައެވެ. ތަފާތު ކުޅަދާނަ އެތައް ކަމެއް ކޮށްލާ އަދި ބައެއް ފަރާތްތައް އުފެދުމުގައި ލައްވާފައިވާ އާދަޔާ ހިލާފު ކަމަކުން ވެސް ރިކޯޑު ފޮތުން ޖާދަ ހޯދާފައި އެބަ ހުއްޓެވެ. އެގޮތުން މި ބަލާލަނީ ދުނިޔޭގެ އެންމެ އެސްފިޔަ ދިގު އަންހެން މީހާ އަށެވެ.

ދުނިޔޭގެ އެންމެ އެސްފިޔަ ދިގު އަންހެން މީހާ
ފޮޓޯ: ގޫގުލް

ދުނިޔޭގެ އެންމެ އެސްފިޔަ ދިގު އަންހެން މީހާއަކީ ޗައިނާ އަށް އުފަން ޔޫ ޖިއަންޒިޔާއެވެ. ދުނިޔޭގެ އެންމެ އެސްފިޔަ ދިގު މީހާގެ ރެކޯޑު އޭނާ ހަދާފައި ވަނީ ޖޫން 28، 2016 ގައެވެ. މިއަދާ ހަމައަށް އޭނާ ވަނީ އެ ރެކޯޑު ދަމަހައްޓައިފައެވެ.

އެންމެ ފުރަތަމަ ޔޫ ޖިއަންޒިޔާ ރެކޯޑު ފޮތުން ޖާގަ ހޯދިއިރު އޭނާގެ އެސްފިޔައިގެ ދިގުމިނުގައި ހުރީ 12.4 ސެންޓިމީޓަރ(4.88 އިންޗި) އެވެ.

ފާއިތުވި އަހަރުތަކުގައި ޔޫ ޖިއަންޒިޔާގެ އެސްފިޔަ ހުއްޓުމެއްނެތި ދިގުވަމުން ގޮސް މި އަހަރުގެ މެއި 20 ވަނަ ދުވަހު އޭނާގެ އެސްފިޔައިގެ ދިގުމިން ބެލިއިރު އެސްފިޔައިގައި 20.5 ސެންޓިމީޓަރު (8.0 އިންޗި) ހުއްޓެވެ.

ޔޫ ޖިއަންޒިޔާ ބުނެފައިވާ ގޮތުގައި އޭނާގެ އެސްފިޔަ ދިގުވާން ފެށިކަން ފުރަތަމަ ފާހަގަ ކުރެވުނީ 2015 ވަނަ އަހަރުއެވެ.

އާދަޔާ ހިލާފަށް އެސްފިޔަ ދިގުވާތީ ޔޫ ޖިއަންޒިޔާ ވަނީ ޑޮކްޓަރަށްވެސް ދައްކައިފައެވެ. ނަމަވެސް އޭނާގެ އެސްފިޔަ ދިގުވާ ސަބަބެއް ޑޮކްޓަރަށްވެސް ކިޔައި ނުދެވުނު ކަމަށް ޔޫ ޖިއަންޒިޔާ ބުންޏެވެ.