އެމެރިކާގެ ކެލިފާނިއާގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ޑޮކްޓަރަކު ބަލިމީހަކު ކައިރީ "ތިއޮތީ މަރުވެފައިތޯ" ސުވާލު ކުރުމުން ޑޮކްޓަރުގެ ވަޒީފާ ގެއްލިއްޖެއެވެ.

ޑރ.ބެއިތު، އެތުލީޓެއް ކަމަށްވާ އުމުރުން 20 އަހަރުގެ ސަމުއެލް އާއި ކުރި ސުވާލުގެ މައްސަލަ ބޮޑުވީ އެމަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވުމުންނެވެ.

ޕާސްކެޓް ކުޅެން އުޅެނިކޮށް އަނިޔާވި ޒުވާނާ ކައިރީ ޑރ.ބެއިތު ފުރަތަމަ ބުނީ އެތެރެއަށް ނޭވާ ލާށެވެ. ނޭވާ ނުލެވުމުން ޑޮކްޓަރު ބުނީ "ވޯވ. ކަލޭ މަރުވާނެ. ކަލޭ ތިއޮތީ މަރުވެފައިތަ؟"

ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ހާލު ސީރިއަސްވި ނަމަވެސް ފަހުން ވަނީ ރަނގަޅު ވެފައެވެ.

ޒުވާނާ އަށް ފަރުވާ ދިން ހޮސްޕިޓަލުން ބުނީ ބެއިތު ވަޒީފާ އިން ވަކިކުރީ ބަލި މީހުންނާއި މުހާތަބު ކުރަން ޖެހޭ މިންގަނޑަށް ޑޮކްޓަރު ތަބާނުވުމުން ކަމަށެވެ.

މިމައްސަލައިގައި ޑރ.ބެއިތު އަށް އިތުރު އަދަބެއް ވެސް އައުން އެކަށީގެންވެއެވެ. އެއީ ޑޮކްޓަރުންގެ ކަންތައްތައް ބަލަހައްޓާ ކޮމެޓީ އަކުން ވެސް މިމައްސަލަ ބަލަމުން ގެންދާތީއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ޑޮކްޓަރުކަން ކުރުމުގެ ލައިސަންސް ވެސް ވަކި މުއްދަތަކަށް ސަސްޕެންޑް ކުރުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޭވައްލާ

    ރާއްޖޭގެކުރިމިނަލްކޯޓުންކުރާކަހަލަހުކުމެއް އުތަ ؟