އިންޑިޔާގެ ގުޖުރާތުގައި އޭނާގެ އަންހެން ދަރިފުޅާއި ދަރިފުޅުގެ ފިރިމީހާ ވެގެން އުމުރުން ދޮށީ އުމުރުގެ މީހަކަށް އަނިޔާކޮށް ގެއިން ނެރެލައިފިއެވެ.

މަންމައަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށްފައިވާއިރު، އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިމައްސަލަ ބެލުމަށްޓަމައި ގުޖުރާތުގެ އެއަވަށަށް ފުލުހުންވަނީ ގޮސްފައެވެ.

މިމައްސަލަ މިހާރު އިތުރަށް ތަޙްޤީޤު ކުރަމުން ދާއިރު ފުލުހުން ބުނެފައިވަނީ މިމައްސަލައިގައި މިދެމީހުން ދިފާޢުގައި ބުނެފައިވަނީ މިދެމީހުން އެމީހުންގެ މަންމައަށް އަނިޔާ ކުރީ ނޫން ކަމަށާއި މަސައްކަތް ކުރީ އަމިއްލަ ނަފްސު ދިފާޢު ކުރުމަށް ކަމަށެވެ.

" ފުލުހުންގެ ތަޙްޤީޤަށް މިމީހުން ބުނެފައިވަނީ މަންމަ އަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށާއި މަސައްކަތް ކުރީ މަންމަ ތޫނު އެއްޗަކުން ހަމަލާދޭން އުޅެން ފެށުމުން ދިފާޢުގައި ކަމަށް " ފުލުހުން އިންޑިޔާގެ ނޫހަކަށްދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މިމައްސަލަ މިހާރު އިތުރަށް ތަޙްޤީޤް ކުރަމުން އަންނަ ކަމަށާއި މައްސަލައިގައި ޝާމިލުވާ އެންމެން ހައްޔަރުކޮށް ޤާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާއަންދާ ގާނޫނު އޮންނަ ގައުމެއް

    އަންދާ ގާނޫނު

  2. ޙަގސގ

    ސުރުޙީ ވަރަށް އޮޑް ކިޔާލާ އިރު

  3. އަހުމަދު ހުސައިން އަލީ

    ރޭޕްސްތާނަކީ މިހާރު ޖަރީމާ ރާއްޖެ. އަންނިގެ ކެންޕޭން ޝިޢާރުގެ ވިސްނުން އައީ މޯދީ ގާތުން

  4. މަ

    ސޭޑް